Live 6,008 stories Updated Sep 26, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

މި ސަރުކާރުން ބަނޑިދޫގައި ކުރިއަށްގެންދަން ފެށި ގިނަ މަޝްރޫއުތައް ވަނީ ހުއްޓިފައި، އެ މަޝްރޫއުތަކާ ގުޅޭ އެއްވެސް މައުލޫމާތެއް ނުލިބޭ: ކައުންސިލްގެ ނައިބު ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދ. ބަނޑިދޫގައި ކުރިއަށްގެންދަން ފެށި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާ ކަމަށާއި، އެ މަޝްރޫއުތަކާ ގުޅޭ އެއްވެސް މައުލޫމާތެއް ކައުންސިލަށް ލިބެމުން ނުދާ ކަމަށް އެ ރަށު ކައުންސިލްގެ ނައިބު ރައީސް އަހުމަދު އީސަ ވިދާޅުވެއްޖެ އެވެ.

މި ސަރުކާރުން ރާއްޖޭގައި އޮތް އެންމެ ބޮޑު ރަށުގެ މެދުތެރެއިން ޒަޔަނިސްޓުންނަށް ޖާގަ ދިނުމުގެ މަސައްކަތް ދަނީ ކުރަމުން: އަލީ ހުސެއިން

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގައި އޮތް އެންމެ ބޮޑު ރަށުގެ މެދުތެރެއިން ޒަޔަނިސްޓުންނަށް ޖާގަ ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މިކަން ދިވެހި ރައްޔިތުން ހުއްޓުވަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެ…

ރަސްމާލެ މަޝްރޫއާ ގުޅިގެން ހައުސިންގ މިނިސްޓަރު މުއްތަލިބުގެ އެކައުންޓުތަކާއި މާލީ މުއާމަލާތްތައް ތަހުގީގުކޮށް ބަލަންޖެހޭ: ޒަރިޔަންދު

ރަސްމާލެ މަޝްރޫއާ ގުޅިގެން ހައުސިންގ މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބުގެ ފައިސާގެ އެކައުންޓުތަކާއި މާލީ މުއާމަލާތްތައް ތަހުގީގުކޮށް ބަލަންޖެހޭ ކަމަށް މާލީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެއް ކަމުގައިވާ އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ އެވެ.

މެޑަމް ސާޖިދާގެ އާއިލާގެ ބޭފުޅަކު ރާއްޖެޓީވީގެ މުވައްޒަފުންނަށް ހަމަލާދޭން އުޅުނު މައްސަލަ ހުށަހަޅަން ދިއުމުން ފުލުހުން އެ މައްސަލަ ބަލައިނުގަނެ ފޮނުވާލައިފި

ދ. މީދޫގައި ރާއްޖެޓީވީގެ ޓީމުން ޕްރޮގްރާމެއް ޝޫޓްކުރަމުން ދަނިކޮށް، އެ ޓީމަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލަ ރަސްމީކޮށް ފުލުހުންނަށް ހުށަހަޅަން ދިއުމުން، ރަސްމީ ދުވަހެއްގެ ރަސްމީ ގަޑީގައި އައުމަށް ފުލުހުންގެ ރިސެޕްޝަނުން އަންގައިފި އެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ސަރުކާރުން އެއްވެސް ސޮވްރިން ގެރެންޓީއެއް އަދި ޓެކްސް ލުޔެއް ނުދޭ، ބިން ދެނީ ހަމައެކަނި ކުއްޔަށް: ރައީސް މުއިއްޒު

ރަސްމާލެ ތަރައްޤީ ކުރުމުގެ ބިޔަ މަޝްރޫއަކީ ސަރުކާރުން އެއްވެސް ސޮވްރިން ގެރެންޓީއެއް ދީގެން، ނުވަތަ ލޯނެއް ނަގައިގެން އަދި ޓެކްސް ކޮންސެޝަނެއް ނުވަތަ ޑިއުޓީ އެކްސެޕްޝަނެއް ދީގެން ހިންގާ މަޝްރޫއެއް ނޫން ކަމަށާއި، އެތަނުން ބިން ދޫކުރަނީ ހަމައެކަނި ކުއްޔަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވ…

ފަލާހު ރައީސް ޔާމީނަށް: ތިކަހަލަ ޤައުމުގެ ޚަޒާނާ ކާލައިގެން ހުރި މީހަކަށް ދެން ވެރިކަމުގެ ވަސްވެސް ދުވާ ހިސާބަކަށް ނާދެވޭނެ!

ޤައުމުގެ ހަޒާނާ ކާލައިގެން ހުރި މީހަކަށް ދެން މި ޤައުމުގެ ވެރިކަމުގެ ވަސްވެސް ދުވާ ހިސާބަކަށް ނާދެވޭނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އަށް ވަރަށް ބޮޑަ…

ރަސްމާލެ މަޝްރޫއު އާއި ގުޅޭ ލިޔެކިޔުންތަކެއް ގެއްލިގެން ފުލުހުން ގެ ފޮރެންސިކް ޓީމެއް ހައުސިންގ މިނިސްޓްރީ އަށް!

ރަސްމާލެ މަޝްރޫއާ ގުޅޭ މުހިންމު ލިޔެކިޔުންތަކެއް ގެއްލިގެން އުޅޭ މައްސަލައެއްގައި، ފުލުހުންގެ ފޮރެންސިކް ޓީމަކުން މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އަށް ވަދެ ތަހުގީގެއް ހިންގި ކަން ހާމަ ވެއްޖެ އެވެ.

ރަސްމާލެ މަޝްރޫއާ ގުޅިގެން ރައީސް މުއިއްޒު އަށް ޖިނާއީ ދައުވާކުރަން ޖެހޭ: އަލީ ހުސައިން

ރަސްމާލެ މަޝްރޫއުގެ ދަށުން ބިން ކުއްޔަށް ދިނުމާއި ވިއްކުމާ ގުޅޭގޮތުން މި ސަރުކާރުން ނިންމާފައިވާ ނިންމުންތަކަކީ ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ކަމަށާއި، މި މައްސަލައިގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ޖިނާއީ ދައުވާ ކުރަންޖެހޭ ކަމަށް ކުރީގެ މަޖިލިސް މެންބަރު އަދި ޤާނޫނީ ވަކީލު އަލީ ހުސަ…

ހުކުރު ދުވަހުގެރޭ ވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވޭ، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވާން ޖެހޭ: މެޓް

ހުކުރު ދުވަހުގެރޭ ވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފި އެވެ.

މީދޫ އިން ރައީސްގެ އަނބިކަނބަލުން ސާޖިދާގެ ބޮޑުބޭބެ އާއި ޕީއެންސީގެ ބަޔަކު ރާއްޖެޓީވީގެ ޓީމަށް ހަމަލާދޭން މަސައްކަތްކޮށް، މާރާމާރީ ހިންގައިފި

ރާއްޖެޓިވީގެ ޓީމު، ދ. މީދޫގައި "ހާލު ކިހިނެއް" ޕްރޮގްރާމް ޝޫޓް ކުރަމުން ދަނިކޮށް، ރައީސް ޑރ. މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ބޮޑު ބޭބެ، އަބްދުﷲ ލަތީފް އާއި ޕީއެންސީގެ ބަޔަކު އައިސް މާރާމާރީ ހިންގައިފި އެވެ.

މޫސުމީ ބަދަލުތަކަށް ހޭނުމަށް ބޭނުންވާ ފައިސާގެ ބޮޑު މިންވަރެއް ހަމަޖައްސައިދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ގޮވާލައްވައިފި

ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައަށް އޮތް ހައްލަކީ ފަހަތަށް ޖެހުން ނޫން ކަމަށާއި، މޫސުމީ ބަދަލުތަކަށް ހޭނުމަށް ބޭނުންވާ ފައިސާގެ ބޮޑު މިންވަރެއް ހަމަޖައްސައިދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް ގޮވާލައްވައިފި އެވެ.

Loading fresh headlines…