Live 6,019 stories Updated Jan 11, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

އޮޕަރޭޝަން އަލިމަގު: މަސްތުވާތަކެތި އެތެރެކުރާ ނެޓްވަރކެއް ހުއްޓުވުމަށް ގއ. އަތޮޅުގައި ފުލުހުން ހަރަކާތްތެރިވަނީ

މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކޮށްގެން ހޯދާ ފައިސާ ލޯންޑަރ ކުރާ ނެޓްވަރކެއް ހުއްޓުވުމަށް އޮޕަރޭޝަން އަލިމަގު ގއ. އަތޮޅުގައި ފަށައިފި އެވެ.

ރާއްޖޭގެ މުސްތަގުބަލަށް ރައީސް އަށް ލިބިދީފައިވާ ބާރުތައް އަދިވެސް ކުޑަ ކުރަން ޖެހޭ: އަލީ ހުސެއިން

ދިވެހިރާއްޖޭގެ މުސްތަގުބަލަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދީފައިވާ ބާރުތައް އަދިވެސް ކުޑަ ކުރަން ޖެހޭ ކަމަށް މަޝްހޫރު ގާނޫނީ ވަކީލް އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު އަތުލި ދެ ޒުވާނުން 30 ދުވަހަށް ބަންދު

ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު މިދިޔަ އާދީއްތަ ދުވަހު ހައްޔަރުކުރި ދެ ޒުވާނުންގެ ބަންދަށް އިތުރު 30 ދުވަސް ޖަހައިފި އެވެ.

ކައުންސިލް އިންތިޚާބު ޕީއެންސީ އަށް ލިބިއްޖެ ނަމަ ރައްޔިތުންގެ ހައްގުގައި ވާހަކަ ދައްކާނެ އިންތިޚާބީ މީހެއް ނުހުންނާނެ: ކުޅުދުއްފުށީ މޭޔަރު އާތިފް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރު ހިންގާ ޕީއެންސީ އިން ބޭނުންވާ ގޮތަށް އެ ޕާޓީ އަށް މެޖޯރިޓީ ލިބޭ ގޮތަށް ކައުންސިލް ގޮނޑިތައް ދީފި ނަމަ އެ ރަށެއްގެ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރާނެ އިންތިޚާބީ އެއްވެސް މީހަކު ނުހުންނާނެ ކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް …

ރަށްރަށުގެ ތަރައްގީއަށް ސަރުކާރު ކެންޑިޑޭޓުންނަށް ވޯޓު ދޭކަށް ނުޖެހޭ: ނިޔާޒު

ރަށްރަށުގެ ތަރައްގީއަށް ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ ކުރީގެ މެންބަރު އަދި ލާމަރުކަޒީ ކޮމެޓީގެ ކުރީގެ މުގައްރިރު އަލީ ނިޔާޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން ކައުންސިލްތަކުގެ މަސައްކަތްތަކަށް ހުރަސް އަޅައި، ހުއްޓުވާކަން ވަރަށް ސާފު ކޮށް، ކިތާބީ ހެއްކާ އެކު ފެންނަން އެބަހުރި: ކުޅުދުއްފުށީ މޭޔަރު އާތިފް

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ފަށާފައިވާ އެހެން ނަމަވެސް މި ސަރުކާރުން އެ މަޝްރޫއުތަކަށް ހުރަސްއަޅައި ހުއްޓުވާފައިވާ މަޝްރޫއުތަކުގެ ލިސްޓެއް އެ ސިޓީ ގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.

ދުންފުހުގެ ސަބަބުން ދުރު ފެންނަ މިންވަރު ދަށްވެ، ވައިގެ ދަތުރުފަތުރުގެ އުސޫލުތަކަށް ބަދަލު ގެނެސްފި

ދުންފުހުގެ ސަބަބުން ދުރު ފެންނަ މިންވަރު ދަށްވެފައިވާތީ މަތިންދާ ބޯޓު ދަތުރު ކުރުމުގައި ޢަމަލުކުރާ އުސޫލަށް ބަދަލު ގެނެސްފައިވާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލް އިން ބުނެފި އެވެ.

ގަލޮޅު ރައްޔިތުންނަށް އުފާވެރި ޚަބަރެއް، ގިނަ ވަސީލަތްތަކާ އެކު ސިޓީ ކައުންސިލުން ތަރައްގީ ކުރި "ގަލޮޅު ޕާކް" އަށް އަންގާރަ ދުވަހުން ފެށިގެން ވަދެވޭނެ

މާލެ ސިޓީ ކައުންސިލްގެ ބަޖެޓުން 2.5 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތަރައްގީ ކުރި 'ގަލޮޅު ޕާކް' ފެށޭ ހަފްތާގެ އަންގާރަ ދުވަހު އާއްމުންނަށް ބޭނުންކުރެވޭ ގޮތަށް ހުޅުވާލާނެ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ގާނޫނުގައި ވާ ގޮތުން ކައުންސިލުން ހުއްދަ ނުދިނަސް ސަރުކާރުން ބޭނުންވާ ކަމެއް ކުރެވޭ؟ ދެން ކައުންސިލުން ބިން ނުދީގެން މަޝްރޫއު ނުހިންގޭ ކަމަށް ވިދާޅުވެ މުއިއްޒު މި ދެއްކެވީ ކޮން ވާހަކަ އެއް؟

ކައުންސިލު ގެ އިހުތިސާސް ގައި ހިމެނޭ ބިމެއް ނުވަތަ ތަނެއްގައި އެ ކައުންސިލެއް ގެ ހުއްދައާ ނުލާ ވެސް ސަރުކާރަށް ހިންގަން ބޭނުންވާ މަޝްރޫއު އެއް ނުވަތަ ކަމެއް ހިންގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް މި ސަރުކާރުން ބަދަލު ގެނައި ނަމަވެސް ރަށްރަށުގެ މަޝްރޫއުތައް ނުފެށި ވަނީ ކައުންސިލްތަކާ ހުރެ ކަމަށް ވިދާޅުވެ …

އައު ޕޭފްރޭމް ވަރކް: މުސާރައިގެ އޮނިގަނޑަށް އަލަށް ގެނައި ބަދަލާއި އެކު މުސާރަ ބޮޑު ކުރި ނަމަވެސް, އެ ކަމުގެ ފައިދާ ސިއްހީ ދާއިރާގެ ބައެއް މުވައްޒަފުންނަކަށް ނުލިބޭ

އައު ޕޭފްރޭމް ވަރކް އާއި ގުޅިގެން ސިއްހީ ހިދުމަތްތެރިންގެ ކަންބޮޑުވުންތައް ހައްލުކުރުމަށް މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލް ޔޫނިއަން އިން ނޭޝަނަލް ޕޭކޮމިޝަން އަށް ސިޓި އެއް ފޮނުވައިފި އެވެ.

Loading fresh headlines…