ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އެމްޑީގެ ޕްރައިމަރީގެ ވޯޓު ފޮށިތައް ބަހައްޓާނެ ތަންތަން އިއުލާންކޮށްފި އެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުމުގައި މާލޭގެ ދާއިރާތަކަށް ޚާއްސަކޮށްގެން ވޯޓު ފޮށި ބަހައްޓާ ތަންތަން

ވޯޓު ފޮށިތައް ބަހައްޓަން ހަމަޖެހިފައިވާ ގޮތަށް ބަލާ އިރު ޖުމްލަ ބަހައްޓަން ހަމަޖެހިފައި ވަނީ 65 ވޯޓު ފޮށްޓެވެ. އަތޮޅުތަކަށް 14 ފޮށި އަދި  މާލޭގެ ދާއިރާތަކަށް ޚާއްސަކޮށްގެން މާލޭގައި 17 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ. މާލެއިން ބޭރުގައި 34 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ.

ކައުންސިލް އިންތިޚާބުގެ އެމްޑީޕީގެ ޕްރައިމަރީގައި މާލޭގައި އަތޮޅުތަކަށް ޚާއްސަކޮށްގެން ބަހައްޓާ ވޯޓުފޮށިތައް

މާލޭގައި ބަހައްޓާ ވޯޓު ފޮށީގެ ތެރޭގައި ހިމެނެނީ މަޖީދިއްޔާ ސްކޫލްގައި 4 ވޯޓު ފޮށި، ގަލޮޅު މަދަރުސާގައި 2 ވޯޓު ފޮށި، އިސްކަންދަރުގައި 3 ވޯޓު ފޮށި، ހިރިޔާ ސްކޫލްގައި 4 ވޯޓު ފޮށި، މުހިއްޔުއްދީން ސްކޫލްގައި 1 ވޯޓު ފޮށި، ގާޒީ ސްކޫލްގައި 2 ވޯޓު ފޮށި އަދި ކާމިލް ދީދީ ސްކޫލްގައި 1 ވޯޓު ފޮށްޓެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީގައި އަތޮޅު ތެރޭގައި ބަހައްޓާ ވޯޓު ފޮށިތައް
ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީގައި އަތޮޅު ތެރޭގައި ބަހައްޓާ ވޯޓު ފޮށިތައް
ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުމުގައި މާލޭގެ ދާއިރާތަކަށް ޚާއްސަކޮށްގެން ވޯޓު ފޮށި ބަހައްޓާ ތަންތަން

ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުމުގައި މާލޭގެ ދާއިރާތަކަށް ޚާއްސަކޮށްގެން ވޯޓު ފޮށި ބަހައްޓާ ތަންތަން

މާލޭގައި އަތޮޅުތަކުގެ މީހުންނަށް ޚާއްސަކޮށްގެން ބަހައްޓާ 14 ވޯޓު ފޮށި ހުންނާނީ ކަލާފާނު ސްކޫލްގަ އެވެ.

ކައުންސިލް އިންތިޚާބުގެ އެމްޑީޕީގެ ޕްރައިމަރީގައި މާލޭގައި އަތޮޅުތަކަށް ޚާއްސަކޮށްގެން ބަހައްޓާ ވޯޓުފޮށިތައް

ކައުންސިލް އިންތިޚާބުގެ އެމްޑީޕީގެ ޕްރައިމަރީގައި މާލޭގައި އަތޮޅުތަކަށް ޚާއްސަކޮށްގެން ބަހައްޓާ ވޯޓުފޮށިތައް

މީގެ އިތުރުން އަތޮޅުތަކުގައި ބަހައްޓާ ވޯޓު ފޮށިތަކުގެ ތެރެއިން އެންމެ ގިނަ ވޯޓު ފޮށިތައް ބެހެއްޓުމަށް ހަމަޖެހިފައި ވަނީ ގދ.އަތޮޅު ތައުލީމީ މަރުކަޒުގަ އެވެ. އެއީ ތިނަދޫގެ ދާއިރާތަކަށް ޚާއްސަ ވޯޓު ފޮށިތަކެވެ. މީގެ އިތުރުން ބޮޑެތި އާބާދީ ހުރި ތަންތަަނަށް ބަލާ ނަމަ ލ.ގަމު ދާއިރާގައި 3 ވޯޓު ފޮށި ބަހައްޓަ އެވެ. އައްޑޫ ސިޓީގައި 2 ވޯޓު ފޮށި، ސ. ހުޅުދޫގައި އެއް ވޯޓު ފޮށި ބަހައްޓާ އރިު ފުވައްމުލައް ސިޓީގައި 1 ވޯޓު ފޮށި، ގދ. އަދި ގއ.ގައި 2 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީގައި އަތޮޅު ތެރޭގައި ބަހައްޓާ ވޯޓު ފޮށިތައް

ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީގައި އަތޮޅު ތެރޭގައި ބަހައްޓާ ވޯޓު ފޮށިތައް

އެމްޑީޕީ ލޯކަލް ކައުންސިލް އަދި ޑަބްލިއުޑީސީގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ދާނީ ޖެނުއަރީ 16 ވާ ހުކުދު ދުވަހުގެ މެންދުރު ފަހު 2:30 އިން ރޭގަނޑު 08:00 އަށެވެ.

ކުރިއަށް އޮތް ކައުންސިލު އަދި ޑަބްލިޔުޑީސީ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންގެ ގޮތުގައ އިންތިޚާބުގައި ވާދަ ކުރުމަށް ކައުންސިލް އިންތިޚާބަށް 510 އަށް ވުރެ ގިނަ ކެނޑިޑޭޓުން، ޑަބްލިއުޑީސީ އަށް 190 އަށް ވުރެ ގިނަ ކެނޑިޑޭޓުން ހުށަހަޅާފައިވެ އެވެ.