Live 6,008 stories Updated Oct 8, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

މީދޫގެ މަސް ޖެޓީ: މިސަރުކާރުން ކައުންސިލް އިންތިޚާބުގެ ދެވަނަ ބުރާ ދިމާކޮށްވީ ވައުދެއް، މިހާތަނަށް އަމަލީ އެއްވެސް މަސައްކަތެއް ކޮށްފައިނުވޭ!

ދ. މީދޫގައި އަޅައިދޭނެ ކަމަށް ސަރުކާރުން ބުނި މަސް ޖެޓީގެ އެއްވެސް އަމަލީ މަސައްކަތެއް މިހާތަނަށް ކުރެވިފައި ނުވާތީ، އެ ރަށު ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ޑރ. އަޒްމިރާލްދާ، މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރައްވާފައިވާ ކަމަށް ބެލެވެން ނެތް ކަމަށް ބުނެ މައްސަލަ ފައިލްކޮށްފި

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރެއްވި ކަމަށް ތުހުމަތުކޮށް ހުށަހެޅުނު މައްސަލައިގައި ޖިނާއީ ކުށުގެ އަމަލެއް ހިނގާފައިވާ ކަމަށް ބެލެވެން ނެތް ކަމަށް ފުލުހުން ބުނެފި އެވެ.

އެމްޑީޕީއަށް އެންމެ ބޭނުންޖެހިފައިވާ ވަގުތުތަކުގައި އަބަދުވެސް ހުރީ ޕާޓީއާ އެކު: ފައިސަލް

އެމްޑީޕީއަށް ރައްޔިތުންނަށްޓަކައި ކޮށްދެވުނު އެންމެ މުހިންމު މަސައްކަތަކީ ގާނޫނުއަސާސީ އިސްލާހު ކުރުމުގެ މަސައްކަތް ކަމަށާއި، ޕާޓީއަށް އެންމެ ބޭނުންޖެހިފައިވާ ވަގުތުތަކުގައި އަބަދުވެސް ހުންނެވީ ޕާޓީއާ އެކުގައި ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

މާލެއާއި ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ދުވާ މީހުން އިތުރުވެ އާންމުންގެ ކަންބޮޑުވުން

މާލެ އާއި ހުޅުމާލޭގެ ބާރުބޮޑު މަގުތަކުގައި ދުވެ ކަސްރަތުކުރާ މީހުންގެ އަދަދު ފަހަކަށް އައިސް ބޮޑުތަނުން އިތުރުވަމުންދާތީ، އެކަމުގެ ސަބަބުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ އާންމުންގެ ކަންބޮޑުވުން އިންތިހާއަށް އިތުރުވެއްޖެ އެވެ. ޚާއްސަކޮށް އުޅަނދުފަހަރު ގިނަ،…

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައިސަލް އިއުލާނު ކުރައްވައިފި، ރަނިންމޭޓަކަށް މޭޔަރު އާޒިމް

ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީން ބާއްވާ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ރަސްމީކޮށް އިއުލާނު ކުރައްވައިފި އެވެ.

އީގަލް ހިލްސް ކުންފުނީގެ ވެރިޔާ އަލައްބާރު، މާދަމާ ޕީއެންސީގެ ޕާރލިމެންޓަރީ ގުރޫޕުގެ މެންބަރުންނާއި އަދި ސަރުކާރުގެ ވަޒީރުންނާ ފޭދޫފިނޮޅުގައި ބައްދަލުކުރައްވަނީ!

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނީގެ ވެރިޔާ މުހައްމަދު އަލައްބާރު ބުރާސްފަތި ދުވަހު ޕީއެންސީގެ ޕާރލިމެންޓަރީ ގުރޫޕުގެ މެންބަރުންނާއި ސަރުކާރުގެ ވަޒީރުންނާ ފޭދޫފިނޮޅުގައި މިހާރު ހަފާފައިވާ ރިސޯޓެއް ކަމުގައިވާ ޑުސިތު ޑީޓޫގައި ބައްދަލުކުރައްވާނެ ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

ބުޅަލުގެ މައްސަލަ 3 ތިން މަސް ދުވަހުގެތެރޭ ހައްލުނުކުރެވިއްޖެނަމަ، ''އޮޅުހިޔާ'' މާލެ ސިޓީ ކައުންސިލާ ހަވާލުކުރަން އެދެން އެ ކައުންސިލުން ނިންމައިފި

މާލެސިޓީގެ މަގުމަތީގައި އުޅޭ ބުޅާތަކުގެ މައްސަލަ ބޮޑުވެފައިވާއިރު، ކުރިއަށް އޮތް ތިން މަސް ދުވަހުގެތެރޭ އެ މައްސަލަ ހައްލުނުކުރެވިއްޖެނަމަ، ''އޮޅުހިޔާ'' ފެސިލިޓީ މާލެ ސިޓީ ކައުންސިލާ ހަވާލުކުރަން އެދެން އެ ކައުންސިލުން ނިންމައިފި އެވެ.

ސިޔާސީ ޚިޔާލު ތަފާތުވުންތައް އެއްފަރާތްކޮށް، ރަސްމާލެ މަޝްރޫއު ހުއްޓުވަން މެންބަރު މީކާއީލް ގޮވާލައްވައިފި

ރަސްމާލޭގެ ބޮޑު ސަރަހައްދެއް 99 އަހަރަށް ބޭރުގެ ކުންފުންޏަކަށް ދިނުމުގެ މައްސަލައިގައި ސިޔާސީ ޚިޔާލު ތަފާތުވުންތައް އެއްފަރާތްކޮށް، އެ މަޝްރޫއު ހުއްޓުވުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ގޮވާލައްވައިފި އެވެ.

މީދޫގެ ޕޮލިސް ސްޓޭޝަން: ކައުންސިލް އިންތިޚާބާ ދިމާކޮށް އަމަލީ މަސައްކަތް ފެށި ނަމަވެސް އިންތިޚާބުގެ ފަހުން މަސައްކަތް އޮތީ ހުއްޓިފައި!

ދ. މީދޫގައި އިމާރާތް ކުރާ ޕޮލިސް ސްޓޭޝަންގެ އަމަލީ މަސައްކަތް ކުރިއަށްނުގޮސް ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތުމާ ގުޅިގެން، އެ ރަށު ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ބީއެމްއެލްގެ އެހީތެރިކަމާއެކު ނަރސަސް އެސޯސިއޭޝަނުން ހިންގި ނަފްސާނީ ދުޅަހެޔޮކަމުގެ ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ "ބޭންކް ފަންޑު" ގެ އެހީތެރިކަމާއެކު، މޯލްޑިވިއަން ނަރސަސް އެސޯސިއޭޝަން (އެމްއެންއޭ) އިން ހުޅުމާލެ ފޭސް 2 ގައި ކުރިއަށްގެންދިޔަ "ޒައިތޫން" ނަފްސާނީ ދުޅަހެޔޮކަމުގެ ރީހެބިލިޓޭޝަން ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން މަޖިލީހުގައި ޕީއެންސީއަށް ނިސްބަތްވާ މެންބަރުންނަށް ވާހަކަދައްކަން ނުކެރޭ: މެންބަރު މައުރޫފް

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީއަށް ނިސްބަތްވާ މެންބަރުންނަށް ވާހަކަދައްކަން ނުކެރޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.

Loading fresh headlines…