Live 6,019 stories Updated Mar 27, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ފުވައްމުލަކު ސިޓީ އިން ރައީސް ސޯލިހް އާއި އެމްޑީޕީގެ ޓީމަށް ހޫނު މަރުހަބާ އެއް

ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ފުވައްމުލަކަށް ވަޑައިގަތުމުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި އެމްޑީޕީގެ ޓީމަށް އެ ސިޓީގެ ރައްޔިތުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

އިންތިޚާބާ ދިމާކޮށް "ހަމައެއް ލަމައެއް" ނެތި އާރްޑީސީގެ މުވައްޒަފުންނަށް ޕްރޮމޯޝަން ދޭތީ މަޖިލީހަށް މައްސަލަ އެއް ހުށަހަޅައިފި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޯމަތިވެފައި ވަނިކޮށް، ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މުވައްޒަފުންނަށް އެއްވެސް އުސޫލެއް ނެތި ކުރިއެރުން ނުވަތަ ޕްރޮމޯޝަން ދެމުންދާ ކަމަށް ބުނެ އެ މައްސަލަ ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ރައީސް މުއިއްޒު ޑިކްޓޭޓަރެއްގެ ސިފައިގައި މަސައްކަތް ކުރަމުންދާތީ، ރިފެރެންޑަމަށް ނޫނެކޭ ބުނަން ޖެހޭ: ސަނީފް

ރައީސް ޑރ.މުހައްމަދު މުއިއްޒު ޑިކްޓޭޓަރެއްގެ ސިފައިގައި މަސައްކަތް ކުރަމުންދާތީ، ކުރިއަށް މިއޮތް ރިފެރެންޑަމަށް ނޫނެކޭ ރައްޔިތުން ބުނަން ޖެހޭ ކަމަށް ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ސަނީފް ވިދާޅުވެއްޖެ އެވެ.

ރިފެރެންޑަމް ސަރުކާރަށް ކާމިޔާބުވެއްޖެނަމަ މަޖިލިސް މެދުވެރިކޮށް ސަރުކާރުން ކުރާ ކަންކަން އިތުރަށް ގޯސްވާނެ، މި ވޯޓަށް ނޫނެކޭ ބުނަން ޖެހޭ: އަމްރު

ރިފެރެންޑަމް ވޯޓު ސަރުކާރަށް ކާމިޔާބުވެއްޖެނަމަ، ރައްޔިތުން މަޖިލިސް މެދުވެރިކޮށް ސަރުކާރުން ކުރާ ކަންކަން އިތުރަށް ގޯސްވާނެ ކަމަށާއި، މި ވޯޓަށް ރައްޔިތުން ނޫނެކޭ ބުނަންޖެހޭ ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު ވިދާޅުވި ފަދައިން، އަނެއް ދިވެހިރާއްޖެ ހޯދަން މިސްރާބު ޖަހަން އެބަޖެހޭ: ޔާމީން

ކުރީގެ ރައީސް މުޙައްމަދު ނަޝީދު މީގެ ކުރިން ގެންގުޅުއްވި "އަނެއް ދިވެހިރާއްޖެ" ޝިއާރަށް ތާއީދުކުރައްވައި، ރާއްޖޭގެ މިހާރުގެ ހާލަތުން އަރައިގަތުމަށްޓަކައި އަނެއް ދިވެހިރާއްޖެ ހޯދަން މިސްރާބު ޖަހަންޖެހޭ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.

ދެ އިންތިހާބު އެއްކޮށްލައިގެން ސަލާމަތްކުރެވެނީ ބޮލަކަށް 5 ލާރި، މިއީ ސިޔާސީން ދެފަހަރު ރައްޔިތުން ކައިރިއަށް ނުދާންވެގެން ކުރާ ކަމެއް: އަހުމަދު މުހައްމަދު

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބާއްވައިގެން ސަލާމަތްކުރެވެނީ ދިވެހި ރައްޔިތެއްގެ ބޮލަކަށް އަހަރަކު 5 ލާރި ކަމަށާއި، މިއީ ސިޔާސީން ދެފަހަރު ރައްޔިތުންގެ ކައިރިއަށް ނުދާންވެގެން ކުރާ ކަމެއް ކަމަށް ކުރީގެ މިނިސްޓަރު އަދި އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރު އަހުމަދު މުހައްމަދު ވިދާޅުވެއްޖ…

ދެ އިންތިހާބު އެއްކޮށްލަނީ ހަރަދު ކުޑަކުރަން ކަމަށް ބުނުމެކޭ، މޫދަށް އެރިއޮވެ ތިމަންނާ ނުހިކޭ ބުނުން އެއްފަދަ: އަލީ ހުސައިން

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބޭއްވުމަށް ގާނޫނުއަސާސީއަށް ގެންނަން އުޅޭ އިސްލާހަކީ ހަރަދު ކުޑަކުރުމުގެ ނިޔަތުގައި ކުރާ ކަމެއް ނޫން ކަމަށާއި، އެއީ "މޫދަށް އެރި އޮވެގެން ތިމަންނާ ނުހިކިގެން މި އުޅެނީ" ބުނުން ފަދަ ކަމެއް ކަމަށް ކުރީގެ މަޖިލިސް މެންބަރު އަދި ގާނޫނީ ވަކީ…

ޒާތީ މައުލޫމާތާއި ފޮޓޯ އަދި ވީޑިއޯ ނަހަމަ ގޮތުގައި ބޭނުންކޮށްގެން ބިރު ދައްކާ މައްސަލަތައް ދަނީ އިތުރުވަމުން: ފުލުހުން

ޒާތީ މައުލޫމާތާއި ފޮޓޯ އަދި ވީޑިއޯ ނަހަމަ ގޮތުގައި ބޭނުންކޮށްގެން ބިރުދެއްކުމުގެ މައްސަލަތައް ހުށަހެޅޭ މިންވަރު އިތުރުވެފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.

ރަށްރަށުގެ ވެރިކަން އެ ރަށަކަށް ހޯދުމަށްޓަކައި އަނެއްކާވެސް ގޮތެއް ނިންމަން ޖެހިފައި އޮތް ވަގުތަކީ އެޕްރީލް 4 ވަނަ ދުވަސް: ރައީސް ސޯލިހު

ރަށްރަށުގެ ވެރިކަން އެ ރަށަކަށް ހޯދުމަށްޓަކައި އަނެއްކާވެސް ގޮތެއް ނިންމަން ޖެހިފައި އޮތް ވަގުތަކީ އެޕްރީލް 4 ވަނަ ދުވަސް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ފަނޑިޔާރު ޝަހީދުގެ އާދަޔާ ހިލާފު ސުވާލަށް ވަކީލުން ދެއްވި ޖަވާބު: "އެންމެނަށް ބިލު ކިޔަން ނުޖައްސާ ވޯޓު ކަރުދާހުން ވާނުވާ އެނގެން ޖެހޭ"

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި، މަޖިލީހުގެ އުމުރު ގުނާ އުސޫލަށް ބަދަލު ގެނައުމަށް ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހަކީ ސިއްރު ބިލެއްތޯ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދު ސުވާލު ކުރައްވައިފި އެވެ.

Loading fresh headlines…