Live 6,019 stories Updated Apr 25, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

އިސްރާފު މަޝްރޫއުތަކާއި، އިސްރާފު ވަޒީފާތަކަށް މީހުން ނެގުން ހުއްޓާލަން ޖެހޭ، މިއީ ރައްޔިތުން ބަލައިގަންނާނެ ކަންކަމެއް ނޫން: މެންބަރު ޝަމްހީދު

އިސްރާފު މަޝްރޫއުތަކާއި، އިސްރާފު ވަޒީފާތަކަށް މީހުން ނެގުން ހުއްޓާލަން ޖެހޭ ކަމަށާއި، އެކަންކަން ރައްޔިތުން ބަލައި ނުގަންނަކަން މިހާރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ހާމަވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

ރޯދަމަހަށް ފަހު، ކަރަންޓު ބިލުތަށް އެތަށް ގުނައެއް ބޮޑުވެފައިވާތީ އެމްޑީޕީ އިން ސްޓެލްކޯ ކުރިމަތީ އިހުތިޖާޖު ކޮށްފި

ރަމަޟާން މަހުގެ ކަރަންޓު ބިލަށް ދިން ޑިސްކައުންޓަށް ފަހު، މި މަހު ލިބުނު ބިލުތައް އާދަޔާ ހިލާފަށް ބޮޑުވެފައިވާތީ އެކަމާ ދެކޮޅަށް އިދިކޮޅު އެމްޑީޕީން ހުކުރު ދުވަހުގެ ރޭ ސްޓެލްކޯ ސަރަހައްދުގައި އިހުތިޖާޖު ކޮށްފި އެވެ.

ނަފްސާނީ ދުޅަހެޔޮކަމަށް ދެވޭ ވަގުތީ އަދި ދާއިމީ ޚިދުމަތްތައް ހަރުދަނާ ކުރުމަށް ކެނޑިނޭޅި ދަނީ މަސައްކަތް ކުރަމުން: މިނިސްޓްރީ

ނަފްސާނީ ދުޅަހެޔޮަކަމަށް ދެވޭ ވަގުތީ އަދި ދާއިމީ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ފަންނީ ބޭފުޅުންނާ ގުޅުންހުރި މުއައްސަސާތަކާއެކު މަސައްކަތް ކުރަމުން ދާ ކަމަށް ހެލްތު މިނިސްޓްރީ އިން ބުނެފި އެވެ.

އަނިޔާގެ ޝިކާރައަކަށް ކުޑަކުދިންވެގެން، ހުށަހަޅާ މައްސަލަތައް އިތުރު، މާޗު މަހު އެކަނިވެސް ކުޑަކުދިންނަށް އަނިޔާކުރުމާ ގުޅޭ 92 މައްސަލައެއް

އަނިޔާގެ ޝިކާރައަކަށް ކުޑަކުދިންވެގެން، ހުށަހަޅާ މައްސަލަތައް އިތުރުވަމުންދާ ކަމަށާއި އެކަމާ މެދު ބެލެނިވެރިން އިތުރަށް ސަމާލުވާން ޖެހޭ ކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ހޯރަފުށީ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނުނިމޭ. ތިންވަނަ ފިޔަވަހި އިއުލާން ކުރި އިރު ތަރައްގީ ކުރާނެ މަގެއް ކޮންސެޕްޓެއް ނޭނގޭ.

ހއ. ހޯރަފުށީގެ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ސްޕީޑް ލަސްވެ ނުނިމޭ ކަމަށާއި، ތިން ވަނަ ފިޔަވަހި އިއުލާން ކުރި އިރު ތަރައްގީ ކުރާނެ މަގެއް ކޮންސެޕްޓެއް ނޭނގޭ ކަމަށް އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.

އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލަރުގެ މަގާމުގައި ހުންނެވި އަޝްފާން، ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް!

އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލަރުގެ މަގާމުގައި ހުންނެވި އަހްމަދު އަޝްފާން، ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމަކަށް ބަދަލުކޮށްފި އެވެ.

އޮޕަރޭޝަން އަލިމަގު: 4 މީހަކަށް ދައުވާކުރަން އެދުމުން ބޮޑު ކުށެއްގެ ހެކި ނެތްކަމަށް ބުނެ ޕީޖީގެ އެންގުމަށް އެމީހުން ދޫކޮށްލައިފި

ފުލުހުން ކުރިއަށް ގެންދިޔަ "އޮޕަރޭޝަން އަލިމަގު" ގެ ތެރެއިން މާލެ އާއި ގއ. އަތޮޅުގައި ޑްރަގް ނެޓްވޯކެއް ހިންގާ ބައެއްކަމަށް ބުނެ ހައްޔަރު ކުރި 4 މީހަކަށް ދައުވާކުރަން ފޮނުވުމުން ބޮޑު ކުށެއްގެ ހެކި ނެތްކަމަށް ބުނެ ޕްރޮސެކިއުޓަރ ޖެނެރަލްގެ އެންގުމަށް އެމީހުން ދޫކޮށްލައިފި އެވެ.

އެލްޖީއޭގެ ރައީސް ކަމަށް މިނިސްޓަރު މޫސާ ޒަމީރު އައްޔަން ކުރައްވައިފި

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑުގެ ރައީސްގެ މަގާމަށް، މިނިސްޓަރ އޮފް ފައިނޭންސް މޫސާ ޒަމީރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބުރާސްފަތި ދުވަހު އައްޔަން ކުރައްވައިފި އެވެ.

Loading fresh headlines…