Live 4,092 stories Updated Jan 20, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

8 ހަފްތާ ވަންދެން ދަރިވަރުންނަށް ފައިސާ ނުފޮނުވި ހުރިކަމަށް އިއުތިރާފްވެވަޑައިގަތުމަށް ފަހު، ސްޓައިޕެންޑްތައް މުރާޖައާކުރާނެ ކަމަށް ވަޒީރު ހައިދަރު ވިދާޅުވެއްޖެ

ސަރުކާރުން ދޫކުރާ ލޯނާއި ސްކޮލާޝިޕްގައި ރާއްޖެ އިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ދޫކުރާ ސްޓައިޕެންޑްތައް މުރާޖައާކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ގެ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު ސަރުކާރުގެ ކުޑަކުދިންގެ ޕާކު ވަރަށް ތަފާތު! ކުޅޭ ސާމަނެއް ނެތް، 16 ލައިޓާއެކު ހުރީ ހުސް ބިމެއް

ނ. ވެލިދޫ ގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ތަރައްގީ ކޮށްފައިވާ ކުޑަކުދިންގެ ޕާކު ހުސް ބިމެއްގެ ގޮތުގައި އެއްވެސް ކުޅޭ ސާމާނެއް ނެތި ހުރީ އެ ތަކެތި އަދި ނާންނާތީ ކަމަށް ސަރުކާރުން ބުނެފައިވާ ކަމަށް ވެލިދޫ ކައުންސިލް ގެ ރައީސް އާތިފް ހުސައިން ވިދާޅުވެއްޖެ އެވެ.

ހުއްދަ ނުހޯދާ ބަރުދަން ލުއިކުރާ ބޭސްފަދަ ބޭސްތައް ދަނީ ވިއްކަމުން، އެފަދަ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނަން: އެމްއެފްޑީއޭ

ހުއްދަ ނުހޯދާ ބަރުދަން ލުއިކުރާ ބޭސްފަދަ ބޭސްތައް ވިއްކަމުންދާ ކަމަށާއި، އެފަދަ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މޯލްޑިވްސް ފުޑް އެންޑް ޑުރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދީފި އެވެ.

ކޯޓުގެ ސަރވާ ހަލާކުވެފައިވާ ކަމަށް ބުނެ ބަންދުން ދޫކޮށްލަން ނެރުނު އަމުރެއް ބާތިލްކޮށްފި

ކޯޓުގެ ސަރވާ ހަލާކުވެފައިވާތީ ޝަރީއަތް ހިންގަން ދަތި ކަމަށް ބުނެ, ދެކުނުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ހައްޔަރުކުރި މީހަކު ދޫކޮށްލަން ނިންމި ނިންމުން ހައިކޯޓުން ބާތިލްކޮށްފި އެވެ.

ހުޅުމާލެ މާލެސިޓީ ކައުންސިލްއާ ހަވާލުކޮށްފިނަމަ އެޗްޑީސީ އަށް ވުރެ މާ ރަނގަޅަށް ހިންގާނަން: މޭޔަރު އާޒިމް

ހުޅުމާލެ މާލެސިޓީ ކައުންސިލްއާ ހަވާލުކޮށްފިނަމަ ހައުސިންގ ޑިވަލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށްވުރެ މާ ރަނގަޅަށް މުނިސިޕަލްގެ ހުރިހާ ޚިދުމަތްތަކެއް ދޭނެކަމުގެ ޔަގީންކަން މާލެސިޓީގެ މޭޔަރު އާދަމް އާޒިމް ދެއްވައިފި އެވެ.

ވެރި އަކަަށް ހުންނަ މީހާ ގޯސްވީމައި އާއްމުން ވޯޓުން އެކަން ދައްކާނެ، ވަަޒީފާ ބަހައިގެން އެކަން ބަދަލެއް ނުވާނެ: ޝިފާޒް

ވެރި އަކަަށް ހުންނަވާ ބޭފުޅަކު ގޯސްވުމުން އާއްމުން އެކަން ދައްކާނީ ވޯޓު ކަރުދާހުން ކަމަށާއި ރައީސް ޑރ.މުހައްމަދު މުއިއްޒު ވަޒީފާ ދެއްވި ނަމަވެސް އެކަން ބަދަލު ނުވާނެ ކަމަށް އެމްޑީޕީ ގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެ އެވެ.

އިންޓްރެސްޓް ރޭޓްގައި ލޯނު ނަގާ ކަމަށް ދެކެވޭ ވާހަކަތަކުގެ ހަގީގަތް ހާމަ ކުރުމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ގޮވާލައްވައިފި

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަމުގައި އިންޓްރެސްޓް ރޭޓްގައި ލޯނު ނަގާ ކަމަށް ދެކެވޭ ވާހަކަތަކުގެ ހަގީގަތް ހާމަ ކުރުމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ގޮވާލައްވައިފި އެވެ.

ނ. ވެލިދޫ މަގު ހެދުމުގެ މަސައްކަތް: މިސަރުކާރުގައި މަސައްކަތް ކުރިއަކަށް ނުދޭ!

ނ. ވެލިދޫ މަގު ހެދުމުގެ މަސައްކަތުގެ 80% ނިމިދިޔަ ސަރުކާރުން ނިންމާފައި ވީ ނަމަވެސް، ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އެ މަސައްކަތް ކުރިއަށް ނުގެންގޮސް ބަހައްޓާފައިވާ ކަން ހާމަވެއްޖެ އެވެ.

"ބޯހިޔާވަހިކަން އެންމެންނަށް" އިއުލާންކުރުން: ނޫސްވެރިންނަށް ސުވާލުކުރަން ފުރުސަތު ނުދީ ވަޒީރު އިއްވީ އެންމެ 5 މިނިޓުގެ ބަޔާނެއް!

"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމާފައިވާ ސްކީމް އިއުލާން ކުރުން، ނޫސްވެރިންނަށް ސުވާލުކުރަން ފުރުސަތު ނުދީ، ހައުސިން މިނިސްޓަރ ޑރ.އަބްދުﷲ މުއްތަލިބު ކުރު ބަޔާނަކުން ނިންމަވާލައްވައިފި އެވެ.

"އެންމެނަށް ބޯހިޔާވަހިކަން" ސިޔާސަތުން ގޯއްޗާ ފެލެޓަށް ހުޅުވާލައިފި، އެކަމަކު އެޕްލައި ކުރާނެ އޮޕްޝަނެއް އަދިވެސް ނެތް!

މި ސަރުކާރުގެ "އެންމެންނަށް ބޯހިޔާވަހިކަން" ސިޔާސަތުގެ ދަށުން މާލޭ ސަރަހައްދުން ފުލެޓާއި ގޯއްޗަށް އެދުމުގެ ފުރުސަތު ހައުސިންގ މިނިސްޓްރީ އިން ހުޅުވާލި އިރު އަދިވެސް ފޯމު ހުށަހެޅޭނެ އޮޕްޝަނެއް ޕޯޓަލްގައި ނެތިގެން އެކަމުގެ ޝަކުވާ ރައްޔިތުން ކުރަން ފަށައިފި އެވެ.

Loading fresh headlines…