ހުޅުމާލެ އަދި ގިރާވަރުފަޅުގައި އިމާރާތް ކުރާނެ ފްލެޓުގެ އަދަދު މިހާތަނަށް ކަނޑައެޅިފައިނުވާ ކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބުނެފި އެވެ. 

މިނިސްޓްރީން މިހެން ބުނެފައިވަނީ ފަހި ޔޫނިއަންގެ ފަރާތުން، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މައުލޫމާތު ހޯދުމަށް އެދި ހުށަހަޅާފައިވާ ރިކުއެސްޓަށް ދިން ޖަވާބުގަ އެވެ. 

ހައުސިންގ މިނިސްޓްރީން ބުނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުގައި މާލޭ ސަރަހައްދުގައި 20 އަހަރުގެ ތަސައްވުރުގައި މާލޭގައި 3500 ފްލެޓު، ވިލިމާލޭގައި 500 ފްލެޓު، ގުޅީފަޅުގައި 4200 ފްލެޓު، އަދި ރަސްމާލޭގައި 15،000 ފްލެޓް އަޅާނެ ކަމަށެވެ. 

ނަމަވެސް ހުޅުމާލެ އަދި ގިރާވަރުފަޅުގައި އިމާރާތް ކުރާނެ ފްލެޓުގެ އަދަދު އަދި ކަނޑައެޅިފައިނުވާ ކަމަށާއި، މި މަޝްރޫއުތަކުގެ ދަށުން އެޅޭ ފްލެޓުގެ ތަފްސީލު އެނގިގެންދާނީ އަދި ފަހުގެ މަރުހަލާއެއްގައި ކަމަށެވެ. 

ހައުސިންގ މިނިސްޓްރީން މިހެން ބުނި ނަމަވެސް 27 ޖުނުވަރީ 2026 ގައި ހުޅުމާލެ ފޭސް-1 އަދި ފޭސް-3 ގައި ބޭންކް އޮފް މޯލްޑިވްސްގެ 1224 "އެފޯޑަބަލް ހައުސިންގ" ޔުނިޓްގެ މަޝްރޫއުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބާއްވައި، އަމަލީ މަސައްކަތް ފެށިކަން ސަރުކާރުން އިއުލާން ކޮށްފައިވެ އެވެ. 

މީގެ އިތުރުން މުޅި ރާއްޖޭގައި ބާކީ މީހުން ދިރިއުޅޭ ރަށްތަކާއި، ފްލެޓު އިމާރާތް ކުރާނެ އަދަދާއި ގުޅޭގޮތުން ހައުސިންގ މިނިސްޓްރީން ބުނީ، މި ފުލެޓްތަކުގެ ވެސް އަމަލީ މަސައްކަތް ފަށާނެ ވަކި ތާރީހުތަކެއް ކަނޑައެޅިގެން ދާނީ ފަހުގެ މަރުހަލާއެއްގައި ކަމަށެވެ. 

އެގޮތުން، 2025، 2026 2027 އަދި 2028 ގެ ނިޔަލަށް ފުލެޓްއަޅައި ކަނޑައެޅޭ ފަރާތްތަކަށް ފްލެޓުތަކަށް ވަދެވޭނެ ވަކި ތާރީހުތަކެއް ކަނޑައެޅިގެންދާނީ އަދި ފަހުގެ މަރުހަލާއެއްގައި ކަމަށާއި، އެއީ ފްލެޓުތައް އަޅައި ނިމޭ މިންވަރަކުން ސަރުކާރުން ކުރިއަށް ގެންދާ ހައުސިންގ ސްކީމްތަކަށް ހުޅުވާލައި، ހޮވޭ ފަރާތްތަކަށް ކަނޑައަޅައި، ކުރިއަށް ގެންދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. 

ފްލެޓު އަޅަން ނިންމާފައިވާ ރަށްތަކާއި، އަދަދު 

އދ.ދިގުރަށް - 30 ފްލެޓް 

ހއ.ކެލާ - 50 ފްލެޓް 

ހއ.އުތީމު - 50 ފްލެޓް 

ހދ.ކުރިނބީ - 50 ފްލެޓް 

ށ.ކޮމަންޑޫ - 50 ފްލެޓް 

ނ.މަނަދޫ - 50 ފްލެޓް

ނ.މިލަދޫ - 50 ފްލެޓް

ރ.އިންނަމާދޫ - 50 ފްލެޓް

ރ.ރަސްމާދޫ - 50 ފްލެޓް

ޅ.ކުރެންދޫ - 50 ފްލެޓް 

ކ.ގުރައިދޫ - 50 ފްލެޓް

މ.ކޮޅުފުށި - 50 ފްލެޓް 

ގއ.ގެމަނަފުށި - 50 ފްލެޓް 

ތ.ހިރިލަންދޫ - 50 ފްލެޓް 

ގއ.ކޮލަމާފުށި - 50 ފްލެޓް

ގދ.ހޯއްޑެއްދޫ - 50 ފްލެޓް

ގދ.ފަރެސްމާތޮޑާ - 50 ފްލެޓް

ގދ.ފިޔޯރީ - 50 ފްލެޓް

އދ. މަހިބަދޫ - 150 ފްލެޓް 

ހއ.ދިއްދޫ - 200 ފްލެޓް 

ހއ.ހޯރަފުށި - 200 ފްލެޓް 

ށ.މިލަންދޫ - 200 ފްލެޓް

ރ.ދުވާފަރު - 200 ފްލެޓް

ފ.ނިލަންދޫ - 200 ފްލެޓް

ދ.މީދޫ - 200 ފްލެޓް

ގދ.މަޑަވެލި - 200 ފްލެޓް

ސ.ފޭދޫ - 200 ފްލެޓް

ގއ.ވިލިނގިލި - 225 ފްލެޓް 

މ.މުލި - 300 ފްލެޓް 

ޅ.ނައިފަރު - 400 ފްލެޓް 

ހދ.ހަނިމާދޫ - 500 ފްލެޓް 

ރ.އުނގޫފާރު - 500 ފްލެޓް 

ދ.ކުޑަހުވަދޫ - 500 ފްލެޓް

ލ.ގަން - 500 ފްލެޓް

ލ.ފޮނަދޫ - 500 ފްލެޓް

ގދ.ތިނަދޫ - 500 ފްލެޓް

ޏ.ފުވައްމުލަށް - 500 ފްލެޓް

ސ. ހިތަދޫ - 500 ފްލެޓް

ކ.ތުލުސްދޫ - 550 ފްލެޓް 

ހދ.ކުޅުދުއްފުށި - 2000 ފްލެޓް 

ފްލެޓު އަޅަން ނިންމާފައިވާ ރަށްތަކާއި، އަދަދު

ފްލެޓު އަޅަން ނިންމާފައިވާ ރަށްތަކާއި، އަދަދު

ފްލެޓު އަޅަން ނިންމާފައިވާ ރަށްތަކާއި، އަދަދު
ފްލެޓު އަޅަން ނިންމާފައިވާ ރަށްތަކާއި، އަދަދު

މީގެ އިތުރުން މިނިސްޓްރީން ބުނީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އިމާރާތް ކުރި ގެދޮރުވެރިޔާ ސްކީމްގެ  4000 ފްލެޓާ ގުޅިގެން ވެރިފިކޭޝަން މަސައްކަތްތައް ނިންމުމަށްފަހު ގެޒެޓްގައި ޝާއިއު ކޮށްފައިވާ ލިސްޓާއި ގުޅިގެން ވަރަށް ގިނަ އަދަދެއްގެ ޝަކުވާ ލިބިފައިވާ ކަމަށެވެ. އަދި ހުރިހާ ޝަކުވާތައް ބެލުމަށްފަހު އިއުލާން ކުރެވޭނެ ތާރީހު ވެސް ފަހުގެ މަރުހަލާއެއްގައި އިއުލާން ކުރާނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެ އެވެ.

ހައުސިން މިނިސްޓްރީން މިހެން ބުނެފައިވާއިރު، 2025 ވަނަ އަހަރަކީ ރައީސް މުއިއްޒުގެ ސަރުކާރުގައި ބޯހިޔާވަހިކަމުގެ މަޝްރޫއަށް ޚާއްސަ ކުރި އަހަރެވެ. ނަމަވެސް ބޯހިޔާވަހިކަމާ ގުޅުން ހުރި އެއްވެސް މަޝްރޫއެއްގެ އަމަލީ މަސައްކަތެއް ކޮށްފައިނުވެ އެވެ.