Live 3,254 stories Updated Dec 22, 2025
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ހުޅުމާލެ ފޭސް 1 ގެ ރައްޔިތުންނާއި ރައީސް ބައްދަލުކުރައްވައިފި: އާދޭހާ އެކު ރައްޔިތުން އެދުނީ ރައްޔިތުންގެ އަޑު އެހުމަށް!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު ކުރިއަށް ގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ހުޅުމާލޭ ފުރަތަމަ ފިޔަވަހީ ގައި ދިރިއުޅޭ ރައްޔިތުންނާއި ބައްދަލުކުރައްވައިފި އެވެ.

ހުޅުމާލޭގައި 10 ބުރިއަށް އިމާރާތް ކުރަން ހުއްދަ ދިނަސް، ތިރީ 2 ފުލޯ ދިރިއުޅެން ބޭނުން ނުކުރެވޭނެ: ރައީސް މުއިއްޒު

ހުޅުމާލޭގައި އަމިއްލަ ބިމުގައި 10 ބުރިއަށް އިމާރާތް ކުރަން ހުއްދަ ދެއްވާނެ ކަމަށާއި، ނަމަވެސް ގްރައުންޑް ފްލޯ ޕާކިން އަށް މަޖުބޫރުކޮށް ފުރަތަމަ ފްލޯ ކޮމާޝަން ބޭނުމަށް ބޭނުން ކުރަންޖެހޭ ގޮތަށް މަޖުބޫރު ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރާއްޖެ އަކީ ކަރަޕްޝަން އާއި ޚިޔާނަތުގެ މައްސަލަތައް ގިނަ، ކަޅު ފައިސާ ދޮންނަ، ޓެރަރިޒަމަށް ޚަރަދު ކުރުމުގެ ނުރައްކާ ބޮޑު ގައުމެއް: ރިޕޯޓު

ދިވެހިރާއްޖެ އަކީ މަނީ ލޯންޑަރިން އާއި މަސްތުވާތަކެތީގެ ވިޔަފާރި އާއި ކޮރަޕްޝަނުގެ ކުށްތަކާއި، އޮގަނައިޒްޑް ކްރައިމް އާއި، މަކަރާއި ހީލަތުން އަދި، ނާޖާއިޒު ގޮތުގައި ފައިސާ ހޯދުމުގެ ނުރައްކާ ބޮޑު ގައުމެއް ކަމަށް އޭޝިއާ ޕެސިފިކް ގްރޫޕް އޮން މަނީ ލޯންޑަރިން (އޭޕީޖީ) އިން ބުނެފި އެވެ.

މިދާ ރޭޓުގައި ދާނަމަ ރާއްޖޭގެ 20 އަތޮޅުގަ އާރްޓީއެލް ފެށޭއިރު އަތޮޅަކަށް އޮންނާނީ 1 ފެރީ: މެންބަރު ޒިޔާދު

ރާއްޖެ ޓްރާންސްޕޯޓް ލިން (އާރުޓީއެލް) ފެރީ ނިޒާމަށް މި ސަރުކާރުން އިހުމާލުވެފައި ވާ ކަމަށާ މިދާ ރޭޓުގައި ދާ ނަމަ 20 އަތޮޅަށް ފެރީގެ ނިޒާމު ތައާރަފު ކުރާއިރު އަތޮޅަކަށް އޮންނާނީ އެންމެ ފެރީ އެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެ އެވެ.

ރައްްޔިތުންގެ އެތައް ޝަކުވާ އެއް އަމާޒުވާ ޓްރާންސްޕޯޓް މިނިސްޓްރީން، ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދަނީ

ރައްްޔިތުންގެ އެތައް ޝަކުވާ އެއް އަމާޒުވެފައިވާ އަދި ޚިދުމަތް ދިނުމުގައި އަދަބުވެސް ރައްޔިތުންގެ އެތައް ޝަކުވާ އެއް ކުރިމަތިވަމުންދާ، މިނިސްޓްރީ އޮފް ޓްރާންޕޯޓް އެންޑް ސިވިލް އެވިއޭޝަން އިން ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފި އެވެ.

ކުށްކުރާ މާހައުލުތަކުން ކުޑަކުދިން ފެންނަ ނިސްބަތް ދަނީ އިތުރުވަމުން، ބެލެނިވެރިން ހާއްސަ ސަމާލު ކަމެއް ދޭން ޖެހޭ: ކޮމިޝަނަރ އޮފް ޕޮލިސް

ކުށްކުރާ މާހައުލުތަކުން ކުޑަކުދިން ފެންނަ ނިސްބަތް އިތުރުވަމުންދާ ކަމަށާއި ބެލެނިވެރިން އެކަމަށް ހާއްސަަ ސަމާލުކަމެއް ދެއްވުމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އިލްތިމާސް ކުރައްވައިފި އެވެ.

ސާޖިދާ ފެމިލީ ކޯޓަށް ހުށަހެޅި މައްސަލަ އެމްޑީޕީ އިން ހައިކޯޓު ގައި އިސްތިއުނާފު ކޮށްފި

އެމްޑީޕީގެ އިސް އެކްޓްވިސްޓް މަރްޔަމް ޒުބައިރު (މަންދީ) ރައީސް ޑރ. މުހައްމަދު މުއިއްޒު ގެ ދަރިކަލުންގެ ކަރާމާތަށް އަރައިގަތް ކަމަށް ނިންމުމަށް ފަހު އެމްޑީޕީ ހިންގަން އޭރު ހުރި އިސް ފަރާތުގެ ހައިސިއްޔަތުން އެ ޕާޓީގެ އޭރުގެ ޗެއާރޕާސަން ފައްޔާޒް އިސްމާއީލް ޒިންމާވާން ޖެހޭނެ ކަމަށް ފެމިލީ ކޯޓުން ނިންމާ…

Loading fresh headlines…