Live 6,005 stories Updated Oct 23, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ބިނާވަނީ ހަމައެކަނި ތިބޭ ފުލުހުންގެ އަދަދުގެ މައްޗަކަށް ނޫން: ސީޕީ

ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ބިނާވަނީ ހަމައެކަނި ތިބޭ ފުލުހުންގެ އަދަދުގެ މައްޗަށް ނޫން ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދު ވިދާޅުވެއްޖެ އެވެ.

"އޮޕަރޭޝަން ކޮންފްރަންޓޭޝަން ގޯސްޓް" ގައި ފުލުހުން ބައިވެރިވެ، ސްކޭމްތަކުގައި ގެއްލުނު 3.1 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަނބުރާ ހޯދައިފި

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ މިނިސްޓްރީ އޮފް އިންޓީރިއާއިން އިސްނަގައިގެން ބައިނަލްއަގުވާމީ ފެންވަރުގައި ކުރިއަށްގެންދިޔަ "އޮޕަރޭޝަން ކޮންފްރަންޓޭޝަން ގޯސްޓް" ގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި-ސްކޭމް ސެންޓަރުން ބައިވެރިވެ، ރާއްޖޭގައި ހިންގި ސްކޭމްގެ މައްސަލަތަކުގައި އާންމުންނަށް ގ…

ށ. ފީވަކު ބިމުގެ 80 އިންސައްތައަކީ ޗަކަބިން، 137 ގޯތީގެ ބިން ހިއްކުމުގެ މަސައްކަތް ހުއްޓިފައި އޮންނަތާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާތީ ރައްޔިތުންގެ ކަންބޮޑުވުންތައް އިންތިހާއަށް!

ށ. ފީވަކުގައި ދޫކޮށްފައިވާ 137 ގޯތީގެ ބިން ހިއްކުމުގެ މަސައްކަތް ހަފުތާއެއްހާ ދުވަހު ކުރުމަށްފަހު ހުއްޓިފައި އޮންނަތާ އަހަރެއްހާ ދުވަސް ވެފައިވާތީ، އެ ރަށު ކައުންސިލާއި ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ކަމަށް އެ ރަށު ކައުންސިލްގެ ރައީސް އަލީ ރަޝީދު ވިދާޅުވެއްޖެ އެވެ.

ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމުގެ ބުރަ އުފުލަން ޖެހެނީ ރަށުގެ ތަރައްގީގެ ބަޖެޓުން: ފީވަކު ކައުންސިލްގެ ރައީސް

ކައުންސިލަރުންގެ މުސާރަ ބޮޑުވުމަކީ ބޭނުންތެރި ކަމެއް ނަމަވެސް، ދައުލަތުން އިތުރު ބަޖެޓެއް ނުދީ ކައުންސިލަށް ލިބޭ ބްލޮކް ގްރާންޓުގެ ތެރެއިން އެ ޚަރަދު ހަމަޖައްސަން ޖެހުމުން ރަށުގެ ތަރައްގީއަށް ކުރަންހުރި މަސައްކަތްތަކަށް ވަރަށް ބޮޑަށް ހުރަސްއެޅޭ ކަމަށް ށ. ފީވަކު ކައުންސިލްގެ ރައީސް އަލީ ރަޝީދު ވިދާޅު…

އެލް-ނީނޯގެ ބާރުގަދަވެ ކުރިއަށް އޮތް އިރުވައި މޫސުމުގައި ރާއްޖޭގެ ހޫނުމިން އާދަޔާ ހިލާފަށް މަތިވާނެ ކަމަށް ލަފާކުރެވޭ: މެޓް

މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދުނިޔޭގެ ކަނޑުތަކުގެ ހޫނުމިން މަތިވުމަށް މެދުވެރިވާ "އެލް-ނީނޯ" ކޮންޑިޝަންގެ ބާރު ކުރިއަށް އޮތް މަސްތަކުގައި ގަދަވެ، ރާއްޖޭގެ ހޫނުމިން އާދަޔާ ހިލާފަށް މަތިވެދާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް އޮފީސް) އިން ހާމަކޮށްފި އެވެ.

ރަސްމާލެ މަޝްރޫއު މިހާރު އޮތްގޮތަށް ކުރިއަށްދާނަމަ ރާއްޖޭގައި ޒަޔަނިސްޓުން ވަޒަންވެރި ނުވާނެކަމުގެ އެއްވެސް ގެރެންޓީއެއް ނެތް: ކުރީގެ އުއްތަމަފަނޑިޔާރު

އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ރަސްމާލެ މަޝްރޫއަކީ ޒަޔަނިސްޓުންނަށް ވާގިވެރިވުމުގެ އަމަލެއް ކަމަށާއި، އެ މަޝްރޫއުގެ އެއްބަސްވުމަކީ މުތުލަޤު ސިފައެއްގައި ބާތިލު އެއްބަސްވުމެއް ކަމަށް ކުރީގެ އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.

ފުލުސް އޮފިސަރު ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި 4 މީހަކު ހައްޔަރުކޮށް 30 ދުވަހަށް ބަންދުކޮށްފި

ސިނަމާލެ ބްރިޖު ހައިވޭގައި ގާއިމުކޮށްފައިވާ ވެހިކަލް ޗެކްޕޮއިންޓެއްގައި ގާނޫނީ ވާޖިބު އަދާކުރަމުންދިޔަ ފުލުސް އޮފިސަރެއްގެ ގައިގައި، ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލަކުން ޖައްސައި އޮފިސަރަށް ބޮޑެތި އަނިޔާތަކެއް ދިން ނުރައްކާތެރި ހާދިސާއާ ގުޅިގެން 4 މީހަކު ހައްޔަރުކޮށްފި އެވެ.

އަތޮޅު ކައުންސިލްތައް އުވާލުމަކީ ރަށު ކައުންސިލްތަކަށް ކުރިމަތިވި ބޮޑު ދައްޗެއް: ފީވަކު ކައުންސިލްގެ ރައީސް

ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލުތަކުގެ ތެރެއިން އަތޮޅު ކައުންސިލުތައް އުވިގެން ދިއުމަކީ ރަށްރަށުގެ ކައުންސިލުތައް ހިންގުމަށް ކުރިމަތިވި ވަރަށް ބޮޑު ދައްޗެއް ކަމަށާއި، އެއީ ބަލައިގަންނަން ދަތި ބަދަލެއް ކަމަށް ށ. ފީވަކު ކައުންސިލްގެ ރައީސް އަލީ ރަޝީދު ވިދާޅުވެއްޖެ އެވެ.

ހަރަދު ކުޑަ ކުރަން، މެންބަރުންނަށް ލިބޭ އިންޝުއަރެންސް ހުރިހާ ދިވެހިންނަށް ދިނުމަށް ގޮވާލާ ޕެޓިޝަނެއް ހުށަހަޅައިފި

ހަރަދު ކުޑަ ކުރަން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބޭ ހެލްތް އިންޝުއަރެންސް ހުރިހާ ދިވެހިންނަށް ދިނުމަށް ގޮވާލާ ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްގެ 2025 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި އެ ކުންފުނީގެ މާލީ ހާލަތާ މެދު ސީރިއަސް ކަންބޮޑުވުންތަކެއް!

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑުގެ 2025 ވަނަ އަހަރުގެ މާލީ ހިސާބުތަކާ ގުޅޭގޮތުން އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓުގައި އެ ކުންފުނީގެ މާލީ ހާލަތާ މެދު ސީރިއަސް ކަންބޮޑުވުންތަކެއް ހުރިކަން ހާމަކޮށްފި އެވެ.

Loading fresh headlines…