Live 3,238 stories Updated Jan 27, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ގާނޫނު ބާތިލް ކުރުމަށް ހައިކޯޓަށް މައްސަލަ އެއް ހުށަހަޅައިފި

މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ގާނޫނު ބާތިލް ކުރުމަށްޓަކާ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ހައި ކޯޓަށް މައްސަލަ އެއް ހުށަހަޅައިފި އެވެ.

ގޭސް ހުސްވެ، ވިލާ ކުންފުނިން ގޭސް ގަނެގެން ވިއްކާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އަށް މޯލްޑިވް ގޭހުން ޖަވާބު ދޭން ދެކޮޅު ހަދައިފި

އެސްޓީއޯ އިން އެތެރެ ކުރާ ގޭސް ހުސްވެ، ވިލާ ކުންފުނިން ގޭސް ގަނެގެން ވިއްކާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަށް މޯލްޑިވް ގޭހުން ޖަވާބު ދޭން ދެކޮޅު ހަދައިފި އެވެ.

މިސަރުކާރުން އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ގެންނަނީ ބައު ޖަނަރޭޓަރުތައް: މެންބަރު އަހުމަދު ދީދީ

މިސަރުކާރުން އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ބައު ޖަނަރޭޓަރުތައް ގެނެސް ވަގުތީ ހައްލު ހޯދައިދޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ކައުންސިލް އިންތިޚާބަށް 1600ށް ވުރެ ގިނަ ފޯމު، މިހާތަނަށް ގަބޫލުކުރީ 1324 ކެންޑިޑެސީ

ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތައް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި މިހާތަނަށް 1633 ފޯމު ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އުވަ ދޯންޏެއް ކޮނޑަށް ލައިގެން ރަށްރަށަށް ދިޔަޔަސް، މާލޭ އަވަށްތަކުގެ މީހުން އެއްކުރިޔަސް މުއިއްޒަށް ދެވަނަ ދައުރެއް ލިބޭނެ އެއްގޮތެއް ވެސް ނެތް: ބޮންޑާ

ރައީސް ޑރ. މުހައްމަދު މުއިއްޒު ކިތަންމެ ބޭނުންފުޅު ވިއަސް އެމަނިކުފާނަށް ވެރިކަމުގެ އިތުރު ދައުރެއް ލިބޭނެ އެއްވެސް ގޮތެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެ އެވެ.

މީޑިއާ ކޮމިޝަނުން ސޯޝަލް މީޑިއާ ވެސް ކޮންޓްރޯލް ކުރަން މަސައްކަތް ކުރުމުން ފާޑުކިޔުން ބޮޑުވެ، ކޮމިޝަންގެ އިއުލާނުު ގެއްލިއްޖެ

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ސޯޝަލް މީޑިއާ ވެސް ކޮންޓްރޯލް ކުރަން މަސައްކަތް ކުރުމުން ފާޑުކިޔުން ބޮޑުވެ، ކޮމިޝަނުން ނެރުނު އިއުލާން ކުއްލިއަކަށް ގެއްލިއްޖެ އެވެ.

ނިންމާދޭނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވި ހެނބަދޫ ޓަރފް ދަނޑުގެ މަސައްކަތް 9 މަސް ވީއިރުވެސް ނުފަށާ!

ނ. ހެނބަދޫގައި އަޅާ ނިންމާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެން ޔަގީންކަން ދެއްވި ޓަރފް ދަނޑުގެ އެއްވެސް މަސައްކަތެއް 9 މަސް ދުވަސް ވީއިރުވެސް ކޮށްފައި ނުވާ ކަމަށް އެ ރަށު ކައުންސިލްގެ ރައީސް ހުސައިން އަބޫބަކުރު ވިދާޅުވެއްޖެ އެވެ.

ޣަފޫރުގެ ޗެލެންޖެއް ސަރުކާރަށް: "ޑޮލަރުގެ ދަތިކަން ދިމާވަނީ ޑޮލަރު ނެތިގެނެއް ނޫން، ހިސާބުތަކުން އެކަން ދައްކާނަން"

ޑޮލަރުގެ ދަތިކަން ދިމާ ވަނީ ރާއްޖޭގައި ޑޮލަރު ނެތިގެން ނޫންކަން ހިސާބުން ސާބިތުކޮށްދޭނެ ކަމަށް އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަން އަބްދުލް ޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.

Loading fresh headlines…