ހދ. ހަނިމާދޫ ސްކޫލްގެ އައު އިމާރާތާއި އެސްކޫލުގެ އުމްރާނީ ވަޞީލަތް ތަރައްގީ ކުރުމުގެ މަޝްރޫއު ހުއްޓިފައި އޮތް އޮތުމާ ގުޅޭގޮތުން ހަނިމާދޫ ކައުންސިލުން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފި އެވެ.

ހަނިމާދޫ ސްކޫލްގެ އައު އިމާރާތާއި އެސްކޫލުގެ އުމްރާނީ ވަޞީލަތް ތަރައްޤީކުރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނާ ހަވާލުކުރަނ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.
ހަނިމާދޫ ސްކޫލްގެ އައު އިމާރާތާއި އެސްކޫލުގެ އުމްރާނީ ވަޞީލަތް ތަރައްޤީކުރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނާ ހަވާލުކުރަނ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.

ހަނިމާދޫ ކައުންސިލްގެ ނައިބް ރައީސް ފިރާގް މުހައްމަދު ވިދާޅުވީ، މަޝްރޫއު ހިންގާ ކުންފުނިން ކުރާ ހަމައެކަނި މަސައްކަތަކީ މަސައްކަތް ކުރަން ހަމަޖެހިފައިވާ ސަރަހައްދުގައި ދަމާފައިވާ ސަންނެޓުގަ ކޮންމެ ދުވަހަކު ގޮށެއް ޖަހާލުން ކަމަށެވެ.

ހދ. ހަނިމާދޫ ސްކޫލްގެ އައު އިމާރާތާއި އެސްކޫލުގެ އުމްރާނީ ވަޞީލަތް ތަރައްގީ ކުރުމުގެ މަޝްރޫއުއާ ގުޅޭ ގޮތުން އެރަށު ކައުންސިލްގެ ނައިބް ރައީސް ފިރާގް މުހައްމަދު ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވަނީ.
ހދ. ހަނިމާދޫ ސްކޫލްގެ އައު އިމާރާތާއި އެސްކޫލުގެ އުމްރާނީ ވަޞީލަތް ތަރައްގީ ކުރުމުގެ މަޝްރޫއުއާ ގުޅޭ ގޮތުން އެރަށު ކައުންސިލްގެ ނައިބް ރައީސް ފިރާގް މުހައްމަދު ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވަނީ.
ހަނިމާދޫ ސްކޫލްގެ އައު އިމާރާތާއި އެސްކޫލުގެ އުމްރާނީ ވަޞީލަތް ތަރައްޤީކުރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނާ ހަވާލުކުރަނ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.

ހަނިމާދޫ ސްކޫލްގެ އައު އިމާރާތާއި އެސްކޫލުގެ އުމްރާނީ ވަޞީލަތް ތަރައްޤީކުރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނާ ހަވާލުކުރަނ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.|ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2025 ވަނަ އަހަރު ހަނިމާދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ސޮއިކުރެވުނު މި މަޝްރޫއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފިރާގް ވިދާޅުވީ، މަސައްކަތް ހަވާލުކުރިތާ ދެ އަހަރާ ބައި ވެފައިވާއިރުވެސް އަމަލީ އެއްވެސް މަސައްކަތެއް ފެންނަން ނެތް ކަމަށެވެ.

މިތާ ވަރަށް ހިނގިއްޖެ މިތާ އެތެރޭގައި، އެއްވެސް ތާކުން ނުފެނުނު ކުލާސްރޫމެއް ހަދަން ފައުންޑޭޝަން އަޅާލާ އަދި ކޮނެލާފަ ހުރި ތަނެއް ވެސް. މި އަވިނެޓެއް މި އޮތީ؟ މި ދެން، މި ޔޯ ބުނާ ކުލާސް ރޫމް އަޅާ ސަރަޙައްދަކީ،
ހަނިމާދޫ ކައުންސިލްގެ ނައިބް ރައީސް ފިރާގް މުހައްމަދު

ފިރާގް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި މަޝްރޫއުގެ ބިންގާ އެޅި ދުވަހުވެސް ކައުންސިލަށް އެއްވެސް މައުލޫމާތެއް ދީފައެއް ނުވެ އެވެ. އަދި މަސައްކަތް ހަވާލުކުރިކަމުގެ އެއްވެސް ލިޔެކިޔުމެއްވެސް ކައުންސިލަށް ލިބިފައި ނުވާކަމަށް އޭނާ ވިދާޅުވި އެވެ. މި މަޝްރޫއުގެ ދަށުން 8 ކުލާސްރޫމާއި ލެބޯޓްރީ އެއް އެޅުމަށް ހަމަޖެހިފައިވާ ކަމުގެ އަޑުތައް ފެތުރިފައިވީ ނަމަވެސް، ރަސްމީ އެއްވެސް އިދާރާއަކުން އެކަން ޔަގީންކޮށްދީފައި ނުވާކަމަށް އޭނާ ވިދާޅުވި އެވެ.

ހދ. ހަނިމާދޫ ސްކޫލްގެ އައު އިމާރާތާއި އެސްކޫލުގެ އުމްރާނީ ވަޞީލަތް ތަރައްގީ ކުރުމުގެ މަޝްރޫއުއާ ގުޅޭ ގޮތުން އެރަށު ކައުންސިލްގެ ނައިބް ރައީސް ފިރާގް މުހައްމަދު ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވަނީ.

ހދ. ހަނިމާދޫ ސްކޫލްގެ އައު އިމާރާތާއި އެސްކޫލުގެ އުމްރާނީ ވަޞީލަތް ތަރައްގީ ކުރުމުގެ މަޝްރޫއުއާ ގުޅޭ ގޮތުން އެރަށު ކައުންސިލްގެ ނައިބް ރައީސް ފިރާގް މުހައްމަދު ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވަނީ.|ރާއްޖެ އެމްވީ

މި މަސައްކަތް ހަވާލުކޮށްފައިވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާ އެވެ. ނަމަވެސް އެ ކުންފުނީގެ އެއްވެސް މަސައްކަތްތެރިއަކު އެ ސަރަހައްދުން ފެންނަން ނެތް ކަމަށާއި، ފެންނަނީ ސިޔާސީ ބޭފުޅެއްގެ ބެލުމުގެ ދަށުން ބިދޭސީއަކު ލައްވައި ސަންނެޓުގައި ގޮށްޖެހުމުގެ މަސައްކަތް ކުރާތަން ކަމަށް ފިރާގް ތުހުމަތު ކުރެއްވި އެވެ.

ދެން އެމީހުންނާ ހަވާލުކޮށްފަ އިން އިރުގަ މިހިރީ މަސައްކަތް ފެންނަން. ދެން މިތަނުގަ އެބޭފުޅުންގެ އެއްވެސް ލޭބަރެއް މިތަނަކަށް ނާދޭ، ދުވަހަކުވެސް ނާދޭ، ދެން އަޑުއިވެނީ މިރަށުގަ ކޮންމެވެސް މީ ސިޔާސީ ބޭފުޅަކަށް މަތިކޮށްގެން އެބޭފުޅާގެ ދަށުން ދެން ކޮންމެވެސް ގޮތަކުން ލާރި ދީގެން ބަންގާޅި އެއް ގެނެސް. މި އަވިންނަޓުގަ ކަންވާރުން ގޮށެއްޖަހާލާ ކޮންމެ ދުވަހަކު. ދެ އަހަރާ ބައިވީ އިނގޭތޯ. ދެން ކިހިނެއްތޯ ރަށެއްގަ ދަރިވަރުންތަކެއް މިރަށަށް ބަދަލުކޮށްފަ ކިޔަވައިދެނީ؟
ހަނިމާދޫ ކައުންސިލްގެ ނައިބް ރައީސް ފިރާގް މުހައްމަދު

ހަނިމާދޫ ސްކޫލަކީ މިހާރުވެސް ޖާގަ ނެތުމުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ ތަނެކެވެ. މީގެ އިތުރުން، ރައީސް މުޢިއްޒުގެ ނިންމެވުމާއެކު ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރުމަށް ހަމަޖެހިފައިވާއިރު، އެ ރަށުގެ ދަރިވަރުންނަށްވެސް ކިޔަވައިދޭން ޖެހޭނީ ހަނިމާދޫ ސްކޫލުގަ އެވެ.

މަޝްރޫއު ފެށި ދުވަހު ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ، މި މަޝްރޫއު ކުރިއަށްގެންދާނީ ހަނިމާދޫ ދަރިވަރުންނާއި ހިރިމަރަދޫއިން ބަދަލުވާ ދަރިވަރުންނަށްވެސް ޖާގަ ލިބޭނެ ގޮތަކަށް ކަމަށެވެ. ނަމަވެސް މަސައްކަތް ކުރިއަށް ނުދިއުމުގެ ސަބަބުން ދެ ރަށުގެ ރައްޔިތުންގެ މެދުގައިވެސް ވަނީ ބޮޑު ކަންބޮޑުވުމެއް އުފެދިފަ އެވެ.