ޖެނެރޭޝަނަލް ބޭން ގާނޫނަކީ ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އެވޯޑެއް ހޯއްދަވަން ހެދި
ގާނޫނެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ޙުސެއިން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ "ޓީވީ ޓޯކް" ޕްރޯގުރާމުގައި ޒިޔާދު ވިދާޅުވީ މި
ގާނޫނަކީ އެވޯޑެއް ހޯދަން ހެދި ގާނޫނެއް ކަމަށާއި މިކަމަކީ ތިމަންނާ އެކަނި
ކުރިކަމެކޭ ވިދާޅުވާން ކުރި ކަމެއް ކަމަށެވެ. މި ގާނޫނަށް އަމަލުކުރަނީ ކޮން އިރަކުކަމާއި، ކާކު ކަމާ މެދު ޒިޔާދު ވަނީ ސުވާލު އުފައްދާފައި އެވެ. އަދި މިކަމަކީ ވާނެ ކަމެއް ނޫންކަމަށް މެމްބަރު ޒިޔާދު ވިދާޅުވެފައިވެ އެވެ.
އޭގެ އެންމެ ޖޯކު ގާނޫނެއްގެ ވާހަކަ ޖެނެރޭޝަނަލް ބޭން، މީ ދެން އެވޯޑެއް ހޯދަންވެގެން ތިމަންނާ އެކަނި ކުރިކަމެކޭ މީ ޖެނެރޭޝަން... މިކަހަލަ ހަދައިފި ބައިވަރު.ވައިކަރަދޫ ދާއިރާގެ މެމްބަރު ޙުސެއިން ޒިޔާދު (ފިއްޓޭ)
ޖެނެރޭޝަނަލް ބޭން މި ބިލަކީ 2025 މެއި 13 ވީ އަންގާރަ ދުވަހު
ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 30 ވަނަ
ޖަލްސާގައި ފާސްކުރި ބިލެކެވެ. އަދި މި ބިލު ޤާނޫނަކަށްވެ ޢަމަލުކުރަން ފަށާފައިވަނީ 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހު އެވެ.
މި ޤާނޫނާއެކު، 2026 ޖަނަވަރީ އެއް ވަނަ ދުވަހުން ފެށިގެން، އޭގެ ފަހަށް ރާއްޖޭގައި އުފަންވާ
ހުރިހާ ކުދިންނަށް، އަދި މީގެ ފަހުން އުފަންވާނެ ހުރިހާ ކުދިންނަށް ވެސް،
ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ދުންފަތް ގަނެ ވިއްކުން މަނާވެ އެވެ.
މީގެ އިތުރުން ދުންފަތް،
އިލެކްޓްރޯނިކް ސިނގިރޭޓް، ވޭޕް ފަދަ ތަކެތި އުފެއްދުމަށް ބޭނުން ކުރާ ހުރިހާ
މެޝިނަރީ އާއި އާލާތްތަކާއި، އެފަދަ ތަކެއްޗާއެކު ބޭނުންކުރާ ހުރިހާ ބާވަތެއް،
ރާއްޖެ އެތެރެކުރުމާ ގެންގުޅުން ވެސް މަނާވެ އެވެ. މީގެ އިތުރުން މިކަމާ ގުޅޭ އެހެން ކަންކަން މި ގާނޫނުގައި ހިމަނާފައިވެ
އެވެ.