Live 6,016 stories Updated Jul 20, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

މާލޭ މަގުތަކުގެ 64 އިންސައްތަ ހިއްސާކުރަނީ އުޅަނދުފަހަރު، ތޮއްޖެހުން ކުޑަކުރަން ޖެހޭ: އާޒިމް

މާލެ ސިޓީގެ މަގުތަކުގެ ޖާގައަށް ބަލާއިރު، މަގުތަކުގެ 64 އިންސައްތަ ހިއްސާކުރަނީ އުޅަނދުފަހަރު ކަމަށާއި، ތޮއްޖެހުން ކުޑަކުރަން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ފިޓްނަސް ވަސީލަތްތައް ހޯދަން އިންޑިއާއާއެކު ފަހުމުނާމާގައި ސޮއިކުރީ ރައީސް މުއިއްޒުގެ "މޯލްޑިވްސް ފަސްޓް" ސިޔާސަތުގެ ދަށުން: އިރުތިޝާމް

އިންޑިއާ ސަރުކާރުގެ އެހީގައި ހިންގާ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" (އެޗް.އައި.ސީ.ޑީ.ޕީ) ގެ ދަށުން، ރާއްޖޭގެ 42 ރަށެއްގައި ގާއިމުކޮށްފައިވާ ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމާ ގުޅޭ ފަހުމުނާމާގައި ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ސޮއިކޮށްފ…

ހދ. ހޮނޑާފުށި ކައިރިން ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެ

ހދ. ހޮނޑާފުށީގެ ދެކުނު ފަރާތުގައި އެންވެރިކަން ކުރަން އޮތް "ބަހުރު" ނަމަކަށް ކިޔާ މަސްދޯންޏަކުން މީހަކު ގެއްލިގެން، އެމްއެންޑީއެފް އިން ހޯދަމުންދަނިކޮށް، އެ މީހާ ހޮނޑާފުށީ ގޮނޑުދޮށުން ފެނިއްޖެ އެވެ.

ކުޅުދުއްފުށީ ޓިވެޓު ސެންޓަރު ހަދަން ބޮޑު ހަފްލާއެއް ބާއްވައި ބިންގާ އެޅުން ފިޔަވައި އިތުރު ކަމެއް ނުހިނގާ!

ކުޅުދުއްފުށީ ސިޓީގައި ފަށާފައިވާ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރުގެ މަސައްކަތް ހުއްޓިފައި އޮތުމުން އެ ސިޓީގެ ރައްޔިތުންގެ ބޮޑެތި ޝަކުވާތަކެއް ލިބެމުންދާކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނެފި އެވެ.

އާދައިގެ މުވައްޒަފުން ވަކި ކުރަން ޖެހޭނީ، ސަރުކާރުގެ އިސްރާފު ހުއްޓާލައި ސިޔާސީ މުވައްޒަފުން ވަކި ކުރުމަށް ފަހު: މެންބަރު ޝަމްހީދު

ސަރުކާރުގެ ޚަރަދު ކުޑަ ކުރުމުގެ ނަމުގައި އާދައިގެ މުވައްޒަފުން ވަކި ކުރަން ޖެހޭނީ، ސަރުކާރުން ކުރަމުން އަންނަ ބޭކާރު ޚަރަދުތައް ހުއްޓާލައި ސިޔާސީ މުވައްޒަފުން ވަކި ކުރުމަށް ފަހުގައި ކަމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

މޯލްޑިވިއަންގެ ވައިޑް ބޮޑީ ބޯޓު ދުއްވަނީ ދަމަކުން ބެރެއް ޖަހާހެން، އެކަމަކު ބޯޓަށް ޚާއްސަ ޕައިލެޓުންނަށް އެކަނިވެސް މަހަކު 1.2 މިލިއަން ރުފިޔާ!

ޚަރަދު ކުޑަކުރުމަށާއި ސަރުކާރުގެ ކުންފުނިތައް "ރައިޓް ސައިޒް" ކުރުމަށް ދައުލަތުން މަސައްކަތް ކުރަމުންދާ ކަމަށް ބުނާއިރު، ގައުމީ އެއާލައިން "މޯލްޑިވިއަން" އިން ގެނެސްފައިވާ ވައިޑް-ބޮޑީ (އޭ330) މަތިންދާބޯޓަށް ކުރާ ބޮޑެތި ޚަރަދުތަކުގެ ސަބަބުން ދައުލަތުގެ އެތައް މިލިއަން ރުފިޔާ ޚަރަދު ވަމުންދާކަން ހާމަވ…

ބީއެމްއެލް އިން ރަހުނަކާ ނުލައި ޑޮލަރުން ފައިނޭންސް ދޫކުރާ ކިޔަވާ ލޯން ތައާރަފްކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކިޔަވާ ލޯނު އަދި އެޑިއުކޭޝަން ފައިނޭންސިންގ އަށް ހެޔޮ ބަދަލުތަކެއް ގެނެސް، ބޭރުގެ ޕްރޮފެޝަނަލް ކޯސްތައް ފުރިހަމަ ކުރުމަށާއި އެފަދަ ކޯސްތަކާ ގުޅުންހުރި ސަރޓިފިކޭޝަން ފީ ދެއްކުމަށް ޑޮލަރުން ފައިނޭންސިންގ ލިބޭ ގޮތް ހަމަޖައްސައިފި އެވެ.

ތަރައްގީގެ ވާހަކަ ދެއްކޭނީ ރައްޔިތުން ތިބީ ސާފު ފެނުން ފެންވަރައިގެންކަން ޔަގީންކުރުމަށްފަހު، ރަސްމާލެ ވެސް އަންނަން ޖެހޭނީ އޭގެ ފަހުން: އާޒިމް

މުޅި ހަޔާތުގައި ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުހާ މަސައްކަތް ނުކުރާ ސަރުކާރެއް ދެކިވަޑައިނުގަންނަވާ ކަމަށާއި ރަސްމާލެ ފަދަ ތަރައްގީގެ މަޝްރޫއުތައް ހިންގަންވާނީ ރައްޔިތުން ތިބީ ސާފު ފެނުން ފެންވަރައިގެން ޔަގީން ކުރުމަށްފަހުގައި ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.…

Loading fresh headlines…