Live 6,015 stories Updated Aug 5, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ވޯޓުލާ މީހުންގެ ދާއިމީ ލިސްޓު އިއުލާނު ކުރުމަށްފަހު، މުހިންމު މަސައްކަތް ނުނިމޭތީ ކަމަށް ބުނެ އެލްޖީއޭ ބޯޑަށް މެމްބަރުން އިންތިޚާބު ކުރުން މުއްދަތެއް ނެތް ގޮތައް ފަސްކޮށްފި

މިމަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުން ހޮވާ އިންތިހާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި އެވެ.

ދީނަށް ލޯބި ކުރާ މީހުންނާއި ތަނަވަސްކަން ހުރި މީހުން ގިނަވާ ވަރަކަށް ހައްޖު ކިޔު ދިގުވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ

ދީނަށް ލޯބިކުރާ މީހުންނާއި ތަނަވަސްކަން އިތުރުވެ، ހައްޖަށް ދާން ބޭނުންވާ މީހުން އިތުރުވާ ވަރަކަށް ހައްޖު ކިޔު ދިގުވަމުންދާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ކައުންސިލުގެ ބަހެއް ނެތި ކައުންސިލުގެ އިހުތިސާސުގައި ހުންނަ ބިންތަކާއި ތަންތަން ކެބިނެޓަށް ނެގޭ ގޮތަށް ހަދަނީ

ކައުންސިލުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިމާއި ތަންތަނުގައި ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އެތަންތަން ކައުންސިލުގެ އިހުތިސާސުން ވަކި ކުރުމަށް ވަޒީރުންގެ މަޖިލީހަށް ނިންމޭ ގޮތަށް ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

ބޮޑުތަކުރުފާނު މަގުގެ އެއްގަމު ތޮށީގެ ބޮޑު ސަރަހައްދެއް އާންމުންނަށް ބޭނުން ނުކުރެވޭ ގޮތް ހަދާ ޑިފެންސަށް ދީފި

ބޮޑުތަކުރުފާނު މަގުން ޝަހީދު ހުސެއިން އާދަމް ބިލްޑިންގ އިން ފެށިގެން ދޮށިމޭނާ ބިލްޑިންގާ ހަމައަށް އޮންނަ އެއްގަމު ތޮށީގެ ސަރަހައްދު އާންމުންނަށް ބޭނުން ނުކުރެވޭ ގޮތަށް ޑިފެންސް މިނިސްޓްރީ އަށް ދީފި އެވެ.

އެމްއޭސީއެލްގައި މަސައްކަތަށް ނުނިކުންނަ 85 މުވައްޒަފުން ތިބި ލިސްޓެއް އާންމުވެފައިވާއިރު، އެ ލިސްޓު ސައްހަތޯ ނުވަތަ ނޫންތޯ ވެސް އެ ކުންފުނިން ސާފުކޮށްދީފައި ނުވޭ: ނާޒިމް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގައި މަސައްކަތަށް ނުނިކުންނަ 85 މުވައްޒަފުން ތިބި ލިސްޓެއް އާންމުވެފައިވާއިރު އެ ލިސްޓު ސައްހަތޯ ނުވަތަ ނޫންތޯ ވެސް އެ ކުންފުނިން ސާފުކޮށްދީފައިނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް …

ހުޅުމާލެ ފަޅުތެރެ ކުނިން ތަޣައްޔަރުވާ މައްސަލަ: ވެމްކޯގެ އެމްޑީ އިނގިލި ދިއްކުރެއްވީ ހުޅުމާލޭ ފަޅުގައި އަޅާފައި އޮންނަ ސަފާރީތަކަށް

ހުޅުމާލެ އިން ކުނި އުކާލުމަށް ކުރެވޭ މަސައްކަތުގައި ހުޅުމާލޭ ފަޅުތެރެއަށް ކުނި އެޅި، ފަޅު ތަޣައްޔަރުވަމުންދާ މައްސަލައިގައި، ފަޅުގައި އަޅާފައިވާ ސަފާރީތަކުން އުކާލާ ކުނި ދަނީ ކޮންތާކަށް ތޯ ބަލަން ޖެހޭ ކަމަށް ވިދާޅުވެ، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މެނޭޖިންގ ޑިރެކްޓަރު މުޖުތަބާ …

ކުރިން ބުނިއެތި ކެންސަލް - ވޯޓުލުމަށް ދަތުރުކުރާ މެމްބަރުންގެ ޚަރަދުތައް ކައުންސިލު ބަޖެޓުން ހަމަޖެއްސުމަށް އެންގުމަށްފަހު އެކަން ނުކުރުމަށް ވެސް އަންގައިފި

ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން އެލްޖީއޭގެ ބޯޑަށް އިންތިޚާބުކުރާ މެމްބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގައި ވޯޓުލުމަށް ކައުންސިލުތަކުން ދަތުރުކުރާ ފަރާތްތަކުގެ ޚަރަދުތައް ކައުންސިލުގެ ބަޖެޓުން ހަމަޖެއްސުމަށް ލޯކަލް ގަވަރންމަންޓް އޮތޯރިޓީ (އެލް…

ގުރައިދޫގައި ހުންނަ ޚާއްސަ އެހީ އަށް ބޭނުންވާ މީހުންގެ މަރުކަޒުން ބޭސް ހުސްވެފައިވާ ކަމުގެ ޝަކުވާ، މައްސަލަ ބެއްލެވުމަށް މެންބަރު ކުޑޫ އެދިވަޑައިގެންފި

ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީ އަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބޭ ބަލިމީހުންނަށް ލިބެންޖެހޭ ބޭސް ހުސްވުމުގެ ޝަކުވާ ލިބިފައިވާތީ އެކަން ހިނގާފައިވާ ގޮތް ބެލުމަށް، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)، ހެލްތު މިނިސްޓަރު ގީލާ އަލީ އަށް އެޑްރެސް …

ދައުލަތުގެ މީޑިއާގެ "ނޭޝަން ޗެޓުގައި" ޕީއެންސީގެ މުސްތަޤުބަލާއި ޕާޓީގެ އެތެރޭގެ އިންތިޚާބުގެ ވާހަކަ!

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެމަނިކުފާނު ހުންނެވީ ރައީސް އޮފީހުގެ ޕޯޑިއަމެއްގައި ކަމަށާއި އެއީ ޕީއެންސީގެ ޕޯޑިއަމެއް ނޫން ކަމަށް ވިދާޅުވެ ސިޔާސީ ސުވާލުތަކަށް ޖަވާބު ދެއްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިން އިންކާރު ކުރެއްވި ނަމަވެސް، ދައުލަތުގެ މީޑ…

މަޝްރޫއުތައް ހިންގުމުގެ ނަމުގައި މި ސަރުކާރުން ކުރާ ކަމަކީ ވައްކަންކުރުން: މައުރޫފް

މަޝްރޫއުތައް ކުރިއަށްގެންދިއުމުގެ ނަމުގައި ރައީސް މުއިއްޒުގެ ސަރުކާރުން ކުރާ ކަމަކީ ވައްކަންކުރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.

ސައިކަލެއްގެ ޕޮކެޓަށް ލީ ޑްރަގާ ހަވާލުވާން ދިޔަ މީހާއާ ފުލުހުން ސުވާލުކުރުމުން ޖަވާބެއް ނުދިން، އޭނާ ޝަރީއަތް ނިމެންދެން ބަންދަށް!

ދެ ޕެޑު ދޭތެރޭގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި އަންހެނަކާއި، އެ ތަކެއްޗާ ހަވާލުވުމަށް ދިޔަ ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފައިވާއިރު، ފިރިހެން މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

Loading fresh headlines…