ބޮޑުތަކުރުފާނު މަގުން ޝަހީދު ހުސެއިން އާދަމް ބިލްޑިންގ އިން ފެށިގެން ދޮށިމޭނާ ބިލްޑިންގާ
ހަމައަށް އޮންނަ އެއްގަމު ތޮށީގެ ސަރަހައްދު އާންމުންނަށް ބޭނުން ނުކުރެވޭ ގޮތަށް ޑިފެންސް މިނިސްޓްރީ އަށް ދީފި އެވެ.

މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން އޮގަސްޓް 4 ވަނަ ދުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މާލޭ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ
މަޝްރޫޢުގެ ދަށުން، ޝަހީދު ހުސެއިން އާދަމް ބިލްޑިންގ އިން ފެށިގެން
ދޮށިމޭނާ ބިލްޑިންގ (ކޯސްޓްގާޑް ބިލްޑިން) އާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ،
މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސްގެ ބޭނުމަށް
ޚާއްސަކޮށްފައިވާ  ސަރަޙައްދެއްކަން ޢާއްމުކޮށް އަންގައި އިއުލާން
ކުރާ ކަމަށެވެ.

މި އިއުލާނާ އެކު މި ސަރަހައްދުގެ އެއްގަމު
ތޮއްޓަށް، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސްގެ
އުޅަނދުފަހަރު ފިޔަވައި އެހެން އެއްވެސް އުޅަނދެއް ކައިރިކުރުމަކީ
މަނާކަމެއް ކަމުގައި ވަނީ ކަނޑައަޅާފަ އެވެ.

މި ގޮތަށް ހަމަޖެއްސުމުން ކުރިން މި ސަރަހައްދުން އާންމުން ބޭނުން ކުރަމުން އައި އައުން ނިމުމަކަށް އަންނާނެ އެވެ.