މިމަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުން ހޮވާ އިންތިހާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި އެވެ. 

ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލްރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު 2026 އަށް ކުރިމަތިލި ކެންޑިޑޭޓުންގެ ގުރުއަތުނެގުމާއި ނަން ތަރުތީބުކުރުމަށް ބޭއްވުނު ހަފްލާގެ ތެރެއިން

އަންގާރަ ދުވަހުގެ ރޭ އެލްޖީއޭއިން ނެރުނު ނޫސްބަޔާނުގައި، މި އިންތިހާބު ފަސްކުރުމަށް ނިންމާފައި ވަނީ އިންތިހާބާއި ގުޅިގެން ކުރަން ޖެހޭ މުހިއްމު މަސައްކަތްތަކެއް ނުނިމި ހުރުމުން ކަމަށް ބުނެފައިވެ އެވެ.

ނަމަވެސް އިތުރު ތަފްސީލެއް އެލްޖީއޭއިން ހާމަ ކޮށްފައި ނުވެ އެވެ. 

އިންތިޚާބާ ގުޅިގެން ކުރަންޖެހޭ މުހިންމު މަސައްކަތްތައް ނުނިމެތީ ކަމަށް ބުނެ މުއްދަތެއް ނެތް ގޮތަށް އިންތިޚާބު ފަސްކުރި އިރު، އެލްޖީއޭ އިން ވަނީ މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ދާއިމީ ލިސްޓު ވެސް އިއުލާނު ކޮށް، ކުރިމަތިލި ކެންޑިޑޭޓުންގެ ގުރުއަތުނެގުމާއި ނަން ތަރުތީބުކުރުމަށް ހުސްވި ޖުލައި މަހުގެ 21 ވަނަ ދުވަހު ހަފްލާ އެއް ވެސް ބާއްވާފަ އެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލްރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު 2026 އަށް ކުރިމަތިލި ކެންޑިޑޭޓުންގެ ގުރުއަތުނެގުމާއި ނަން ތަރުތީބުކުރުމަށް ބޭއްވުނު ހަފްލާގެ ތެރެއިން

ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލްރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު 2026 އަށް ކުރިމަތިލި ކެންޑިޑޭޓުންގެ ގުރުއަތުނެގުމާއި ނަން ތަރުތީބުކުރުމަށް ބޭއްވުނު ހަފްލާގެ ތެރެއިން|އެލްޖީއޭ

މި އިންތިހާބަކީ އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބެކެވެ. 

މި އިންތިޚާބުގައި ރަށު ކައުންސިލްތަކުގެ ތެރެއިން ވާދަކުރުމަށް ހަމަޖެހިފައިވަނީ ޕީއެންސީގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހުމަދު އަދި އެމްޑީޕީގެ ފަރާތުން ނ. މަނަދޫ ކައުންސިލްގެ ރައީސް އަލީ ޒާފިރު އެވެ. އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމީޓީތަކުގެ ތެރެއިން ޕީއެންސީގެ ފަރާތުން ށ. ފުނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ މަރިޔަމް ޒީނާ ވާދަކުރައްވާއިރު، އެމްޑީޕީގެ ފަރާތުން ވާދަކުރަނީ ލ. ގަމު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ މަރިޔަމް ނީނާ އެވެ.

އިންތިޚާބު ފަސްކުރުމާ ގުޅިގެން އެކަމަށް ފާޑުވިދާޅުވެ އެމްޑީޕީ ގެ ޗެއަރޕާސަން ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، "އެއީ ސަރުކާރުން އަމިއްލަ އަށް ބަލި އިއުލާނު ކުރުން" ކަމުގަ އެވެ. އަދި ތާރީޚަށް އިންތިޚާބު ބާއްވަން ޖެހޭ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.