Live 6,015 stories Updated Aug 7, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ރައީސް ޔާމީނުގެ ވެރިކަމުގައި ގިނަ ރޭރޭ ހޭދަކުރީ ތާސްކުޅުމުގައި، އޭރުގައި ދައުލަތް ހިންގީ ހައުސިންގ މިނިސްޓްރީ ތެރެއިން: މެންބަރު ޝުޖާއު

ރައީސް ޔާމީނުގެ ވެރިކަމުގައި ގިނަ ރޭރޭ އެމަނިކުފާނު ހޭދަކުރެއްވީ ތާސްކުޅުއްވުމުގައި ކަމަށާއި އޭރު ދައުލަތް ހިންގީ ހައުސިންގ މިނިސްޓްރީ ތެރެއިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ފޯޅަވަހީގެ މައްސަލަ ބައިނަލް އަގުވާމީ ކޯޓަށް ވެއްދޭނެ ތާރީޚެއް ނޭނގޭ: ބަންޑާރަނައިބުގެ އޮފީސް

ދިވެހިންގެ ތަނެއް ކަމަށް ތަކުރާރުކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވަމުން ގެންދަވާ ރާއްޖޭގެ ދެކުނުން އޮންނަ ފޯޅަވަހި ރާއްޖެ އަށް ހޯދުމުގެ މައްސަލަ ބައިނަލް އަގްވާމީ ކޯޓަށް ވެއްދޭނެ ތާރީޚެއް ނޭނގޭ ކަމަށް ބަންޑާރަނައިބުގެ އޮފީހުން ބުނެފި އެވެ.

އެމްޑީޕީ ކޮންގްރެސްގެ ތެރެއިން އެޕާޓީގެ އަސާސީ ޤަވާއިދަށާއި ޕާޓީގެ ސިޔާސަތުތަކަށް އިސްލާހުތައް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކޮންގްރެސްގެ ތެރެއިން އެޕާޓީގެ އަސާސީ ޤަވާއިދަށާއި ޕާޓީގެ ސިޔާސަތުތަކަށް އިސްލާހުތައް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ސިއްހަތައް ފައިދާ ހުރި ކާނާ ހޯދަން ދުނިޔޭގެ ނިސްބަތުން ދިވެހިން ކުރަންޖެހޭ ޚަރަދު ބޮޑު: އެފްއޭއޯ

ސިއްހަތައް ފައިދާ ހުރި ކާނާ ހޯދަން ދިވެހީން ކުރަންޖެހޭ ހޭދަ ދުނިޔޭގެ ނިސްބަތުން ބޮޑު ކަމަށް ދުނިޔޭގެ ކާނާ އާއި ދަނޑުވެރިކަމާ ބެހޭ ޖަމްއިއްޔާ (އެފްއޭއޯ) ގެ ރިޕޯޓަކުން ހާމަވެއްޖެ އެވެ.

މިދިޔަ އަހަރު ފަށާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާ އުކުޅަހުގެ 50 ހައުސިން ޔުނިޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވައިފި

މިދިޔަ އަހަރު އަމަލީ މަސައްކަތް ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ އއ.އުކުޅަހުގެ 50 ހައުސިން ޔުނިޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.

ރައީސްގެ ހުއްދައާއެކު، ސަރުކާރު ކުންފުނިތަކަށް ބިން ދޫކުރެވޭ ގޮތަށް ޤަވާއިދެއް އެކުލަވާލައި އަމަލުކުރަން ފަށައިފި

ރައީސުލްޖުމްހޫރިއްޔާގެ ހުއްދައާއެކު ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުނިތަކަށް ބިން ދޫކުރެވޭ ގޮތަށް ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމާއި، ރަޖިސްޓަރީކުރުމުގެ ގަވާއިދަށް ބަދަލު ގެނެސް، އައު ޤަވާއިދަށް އަމަލުކުރަން ފަށައިފި އެވެ.

މި ސަރުކާރުން ތާރުއަޅައި ނިންމި އަމީނީމަގުގެ އެންމެފަހު ސެގްމަންޓް ހަލާކުވުމުން އަލުން މަގު މަރާމާތުކުރުމުގެ މަސައްކަތް ނޮވެމްބަރަށް ނިންމަނީ

މި ސަރުކާރުން ތާރުއަޅައި ނިންމި އަމީނީމަގުގެ އެންމެފަހު ސެގްމަންޓު ހަލާކުވުމާ ގުޅިގެން، އެ ސަރަހައްދު އަލުން މަރާމާތުކޮށް ތާރުއެޅުމުގެ މަސައްކަތް އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

ދޯނިން ގެއްލުނު ސިފައިންގެ މީހާ އާއި ފުލުހުންގެ މީހާގެ އިތުރުން ކެޕްޓަން އެންމެފަހުން ހުރީ ޕަންޕް ސެޓަޕް ޖަހައިގެން ދޯނިން ދިޔަ ހިއްކުމުގެ މަސައްކަތުގައި!

"ފްރެންޑް 4" ނަމަކަށް ކިޔާ ސަޕްލައި ދޯނިން ގެއްލުނު ސިފައިންގެ މީހާ އާއި ފުލުހުންގެ މީހާގެ އިތުރުން ކެޕްޓަން އެންމެފަހުން ހުރީ އެ ދޯނީގައި ޕަންޕް ސެޓަޕް ޖަހައިގެން ދޯނިން ދިޔަ ހިއްކުމުގެ މަސައްކަތުގައިކަން އެނގިއްޖެ އެވެ.

ރާއްޖޭގެ ސަރަޙައްދުތަކެއް ބޭރުގެ ބައެއްގެ އަތްމައްޗަށް ދޫކޮށްލާގޮތަށް ސަރުކާރުން ފެށި ޓައުންޝިޕް މަޝްރޫއުގެ ސަބަބުން ސިޔާދަތަށް ކުރާނެ އަސަރު 241 ކޮމިޓީން ބަލަންޖެހޭ: ބޮންޑާ

މި ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ދިވެހިރާއްޖެ ދިވެހިންގެ އަތުން ބީވެގެންދާ ފަދަ ހާލަތަކަށް ގައުމު ހިނގައިދާނެ ކަމުގެ ބިރު އެބައޮތް ކަމަށާއި، ރާއްޖޭގެ ސަރަޙައްދުތަކެއް ބޭރުގެ ބައެއްގެ އަތްމައްޗަށް ދޫކޮށްލާގޮތަށް ސަރުކާރުން ފެށި ޓައުންޝިޕް މަޝްރޫއުގެ ސަބަބުން ސިޔާދަތަށް ކުރާނެ އަސަރު 241 ކޮމިޓީން…

އަޅުގަނޑު ކަހަލަ ވެރިން މުޅި ދުނިޔޭގައިވެސް ވަރަށް މަދުވާނެކަމަށް ބޭރުގެ ވަރަށް ގިނަ ފަރާތްތަކުން އަޅުގަނޑު ގާތު ބުނޭ: ރައީސް މުއިއްޒު

އެމަނިކުފާނު ފަދަ ވެރިން މުޅި ދުނިޔޭގައިވެސް ވަރަށް މަދުކަމަށް ބޭރުގެ ވަރަށް ގިނަ ފަރާތްތަކުން ބައްދަލުވުމުން ބުނާކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

Loading fresh headlines…