Live 6,015 stories Updated Aug 10, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

މެންބަރުންގެ އިންޝުއަރެންސްއާ ގުޅޭގޮތުން ދެއްކެވި ވާހަކަތައް ނޫސްވެރިން އޮޅުވާލާފައިވާކަމަށް ތުހުމަތުކޮށް، އާއްމު ކޮމެޓީ ސިއްރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހެލްތު އިންޝުއަރެންސް ބޭނުންކޮށްގެން ރާއްޖެ އާއި ރާއްޖެއިން ބޭރުން ފަރުވާ ހޯދުމުގައި ހުރި ދަތިތަކާ ގުޅޭގޮތުން ދެއްކި ވާހަކަތައް ނޫސްވެރިން ރިޕޯޓްކޮށްފައި ވަނީ އޮޅުވާލައިގެން ކަމަށް ތުހުމަތުކޮށް މަޖިލީހުގެ އާއްމު ކޮޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފި އެވެ.

ވައިކަރަދޫގެ ފެނާއި ނަރުދަމާ ނިޒާމު ނިމިފައިވީ ނަމަވެސް ކަރަންޓުގެ ދަތިކަމާ ހުރެ ބޭނުން ނުކުރެވޭ ކަމުގެ ޝަކުވާ!

ހދ. ވައިކަރަދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް މުޅިން ނިމިފައިވީ ނަމަވެސް، އެ ރަށުގެ ކަރަންޓު ނެޓްވޯކުގެ ފެންވަރު ދަށްވުމުގެ ސަބަބުން އެ ނިޒާމު ބޭނުންނުކުރެވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ: މެންބަރުން ބަހުސް ކުރާނެ ވަގުތާާއި ދިފާއުގައި ވާހަކަދައްކަން ދޭނެ ވަގުތު ކަނޑައަޅައިފި

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް، މުހައްމަދު ސައީދުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލަ އަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބަހުސް ކުރާނެ ވަގުތާއި ދިފާއުގައި ވާހަކަ ދެއްކެވުމަށް މިނިސްޓަރަށް ދޭނެ ވަގުތު ކަނޑައަޅައިފި އެވެ.

ވައިކަރަދޫގެ ގިނަ މަޝްރޫއުތަކެއް ހުއްޓި، ނިމިފައިވާ ބައެއް މަޝްރޫއުތަކުގެ އިމާރާތްތައް ބޭނުންނުކޮށް ހުރުމުގެ ސަބަބުން ވީރާނާވަނީ!

ހދ. ވައިކަރަދޫގެ ގިނަ މަޝްރޫއުތަކެއް ހުއްޓި، ނިމިފައިވާ ބައެއް މަޝްރޫއުތަކުގެ އިމާރާތްތައް ބޭނުންނުކޮށް ހުރުމުގެ ސަބަބުން ވީރާނާވަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެ އެވެ.

ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލުގައި ހުރި އިސްލާހުތައް ބަދަލުކުރަން އެމްޑީޕީ އިން ހުށަހަޅައިފި

ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތަކާއި ތަންތަން ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި އެ ރަށެއް ނުވަތަ ސިޓީއެއްގެ އިހުތިސާސުން ވަކިކުރަން ސަރުކާރުން ނިންމާ ހާލަތެއްގައި، އެ ތަންތަން ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލަށް ބަދަލުތަކެއް ގެނައުމަށް…

"ފްރެންޑް 4" ސަޕްލައި ދޯނި ބަންޑުން ޖަހާލި ހާދިސާ: ގެއްލުނު މީހުން ހޯދުމަށް މިހާތަނަށް 9400 އަކަ ނޯޓިކަލް މޭލަށް ވުރެ ބޮޑު ސަރަހައްދެއް ބަލާފައިވޭ!

ކަނޑުމަތީގެ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވަނިކޮށް ގެއްލުނު ދިވެހި ސިފައިންގެ މީހާއާއި ފުލުހެއްގެ އިތުރުން ދޯނީގެ ކެޕްޓަން ހޯދުމަށް މިހާތަނަށް 9400 އަކަ ނޯޓިކަލް މޭލަށް ވުރެ ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ރައީސް މުއިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، 60 މިލިއަނަށް ވުރެ ގިނަ ރުފިޔާ ބޭނުން ކުރައްވާފައިވަނީ ގަސް ގަންނަން: މޭޔަރު އާޒިމް

ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ކަމުގައި ހުންނެވިއިރު، 60 މިލިއަނަށް ވުރެ ގިނަ ރުފިޔާ ގަސް ގަތުމުގެ ނަމުގައި ހަރަދުކުރައްވާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލްގެ ރިޕޯޓުތަކުން ދައްކާ ކަމަށް މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި މިހާރު މި ފެނިގެންދަނީ ސިވިލް ޑިފެންސް ފޯސްއެއް އެއް ނެތް މަންޒަރު: ޒާހިރު

ދިވެހިރާއްޖޭގަ މިހާރު މި ފެނިގަންދަނީ ސިވިލް ޑިފެންސް ފޯސް އެއް ނެތް މަންޒަރު ކަމަށް ކަނޑުގެ އޮޕަރޭޝަން ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އިބްރާހީމް ޒާހިރު ވިދާޅުވެއްޖެ އެވެ.

ބޭހާބެހޭ ގަވާއިދުގެ ދަށުން ނަގާ ފީތަކުގެ އަދަދު އެތައް ސަތޭކަ ގުނައެއް ބޮޑުކޮށް، ސަރުކާރުން ބުނާ އެއްޗަކާއި އަމަލާ ދިމާނުވާކަން އަނެއްކާވެސް ހާމަވަނީ!

ސޯޝަލް މީޑިއާ ހުޅުވާލާ ކޮންމެ ވަގުތަކުވެސް ފެނިގެންދަނީ ބޭސްފަރުވާއާ ގުޅުންހުރި އެކި ކަންކަމުގައި ރައްޔިތުން އުފުލަންޖެހޭ ތަކްލީފުތަކެވެ. ހާއްސަގޮތެއްގައި ޑޮކްޓަރު ލިޔެދޭ ބޭސް ނުލިބިގެން ރައްޔިތުން މިއަދު އުޅެންޖެހިފައިވާ ހާލަތެވެ. ރާއްޖޭގައި 800 އަށް ވުރެ ގިނަ ބޭސް ފިހާރަ ހުރިއިރު، ރައްޔިތުންނަށް ބ…

ސާކްގެ ސެކްރެޓަރީ ޖެނެރަލް، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ވަދާއީ ޒިޔާރަތެއް ކުރައްވައިފި

ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) ގެ ސެކްރެޓަރީ ޖެނެރަލް، އެމް.ޑީ. ގޯލަމް ސަރުވަރު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް ވަދާއީ ޒިޔާރަތެއް ކުރައްވައިފި އެވެ. މި ބައްދަލު ކުރެއްވުން އޮތީ، ހޯމަ ދުވަހު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.

Loading fresh headlines…