ރައީސް ޑރ.
މުހައްމަދު މުއިއްޒު މީގެ ކުރިން މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ކަމުގައި ހުންނެވިއިރު، 60 މިލިއަނަށް ވުރެ ގިނަ ރުފިޔާ ގަސް ގަތުމުގެ ނަމުގައި
ހަރަދުކުރައްވާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލްގެ ރިޕޯޓުތަކުން ދައްކާ ކަމަށް މޭޔަރު
އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
މާލެ ސިޓީ ކައުންސިލްގެ ފަސް ވަނަ ދައުރުގެ 11 ވަނަ
ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، ގަސް އިންދުމުގެ
ނަމުގައި ބޭނުން ކޮށްފައިވާ ފައިސާ އިން ފެނިގެން ދަނީ ހަމައެކަނި މާލޭގެ އެއް
ފަރާތުގައި ހުރި ކަދުރު ރުއްތައް އެކަނި ކަމަށެވެ. އަދި އެ ފައިސާ ހަރަދު
ކޮށްފައިވާ ގޮތް ކުރީގެ މޭޔަރު ގާތުން އެއްސެވުމަށް އާޒިމް ވަނީ އެދިވަޑައިގެންފައި އެވެ.
އަދި މާލެ ސިޓީ ކައުންސިލްގެ މިދިޔަ ދައުރުގައި
ކޮށްފައިވާ ގޮތް ނޭނގޭ ކަންކަން ބަލަމުންދާ ކަމަށާއި، ބިންތަކުގެ މައްސަލަ
ބަލަމުންދާތީ މަސައްކަތް ތަކަށް ހުއްޓުން އައިސްފައިވާ ކަމަށް އާޒިމް ވިދާޅުވި
އެވެ.
އާޒިމް ވިދާޅުވީ ކައުންސިލަށް
މިހާރު ލިބިގެންދާ ފައިސާ ރަނގަޅު ގޮތުގައި ބޭނުން ކުރުމަށް އަދި ކެޕޭސިޓީ ބިލްޑު
ކުރުމަށް މަސައްކަތް ކުރެވެމުންދާ ކަމަށެވެ. ހަމައެއާއެކު، ރައްޔިތުންގެ
މައްސަލަތައް މިހާ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނު ވަގުތެއް އަދި
މިހާތަނަށް ދެކިފައި ނުވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.
އަޅުގަނޑު ދެކޭ ގޮތުގައި ލިބޭ ފައިސާ ރަނގަޅު ގޮތުގައި ބޭނުން ކުރުމުގެ މަސައްކަތް އެބަ ކުރެވޭ، އަދި މިތާ ކެޕޭސިޓި ބިލްޑު ކުރުމުގެ އެތައް މަސައްކަތެއް އެބަ ކުރެވޭއާދަމް އާޒިމް
ހަމައެއާއެކު މާލެ ސިޓީ ކައުންސިލަށް
ރައްޔިތުންގެ ފަރާތުން އަދި ސަރުކާރުގެ ފަރާތުން ވެސް އެއްބާރުލުން ދިނުމަށް ވަނީ
އެދިވަޑައިގެންފައި އެވެ. އަދި ސަރުކާރުން ކުރަމުންދާ ޖެއްސުންތައް ހުއްޓުވުމަށް ވެސް މޭޔަރު އާޒިމް ވަނީ ގޮވާލައްވައިފަ އެވެ.
މިއަހަރުގެ އޭޕްރީލް މަހު އޮތް އިންތިޚާބު ކާމިޔާބު ކުރައްވައި، ދެ ވަނަ ދައުރަަކަށް އާޒިމް ހޮވިވަޑައިގެންނެވި ނަމަވެސް، މާލެ ސިޓީގެ ތަރައްގީގެ
މަސައްކަތްތަކަށް ސަރުކާރުން ގޮންޖެހުންތަށް ކުރިމަތިކުރުވާ ކަމުގެ ޝަކުވާ އާޒިމް ވަނީ މީގެ ކުރިން ވެސް ފާޅުކުރައްވާފަ އެވެ.