ދިވެހިރާއްޖޭގަ މިހާރު މި ފެނިގަންދަނީ ސިވިލް ޑިފެންސް ފޯސް އެއް ނެތް މަންޒަރު ކަމަށް ކަނޑުގެ އޮޕަރޭޝަން ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އިބްރާހީމް ޒާހިރު
ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އާދިއްތަ ދުވަހުގެ ރޭ ވާހަކަ
ދައްކަވަމުން ޒާހިރު ވިދާޅުވީ، ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި ސިވިލް
ޑިފެންސް ފޯސްއެއް އޮންނަ ކަމަށެވެ. އަދި މިކަން މިގޮތައް އެ ޤައުމުތަކުން
ކުރަނީ އަސްކަރިއްޔާ އަދި ސިވިލް ޑިފެންސް ފޯސް އެއްކުރުމުގެ ސަބަބުން ބައިވަރު
މައްސަލަތަކެއް ދިމާވެ، ކަންކަން މެނޭޖްކޮށް އަދި ޑިވެލޮޕް ކުރަން
އުނދަގޫވާތީ ކަމަށް ޒާހިރު ވަނީ ވިދާޅުވެފައި އެވެ.
އަޅުގަނޑުމެންގެ ހުރިހާ ކަމެއް މިކުރަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ތެރެއިން އުފެދިފަ އިންނަ ނޭޝަނަލް ކޯސްޓް ގާޑާކާއި ފަޔަރ ސާވިސްއަކާ. އެހެންނަމަވެސް ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ސިވިލް ޑިފެންސް ފޯސްއެއްގެ ތެރެއިން އަލިފާން ނިއްވުމުގެ ހިދުމަތް ވެސް ދެނީ އޭގެ ތެރޭގައި ވަރަށް ބައިވަރު މައްސަލަތައް އުޅޭތީވެ. މެނޭޖްކުރަން އުނދަގޫވުމާއި އަދި ޑިވެލޮޕް ކުރަން އުނދަގޫވުމުގެ ސަބަބުން އަސްކަރިއްޔާ އާއި ސިވިލް ޑިފެންސްއާ ވަކި ކޮށްލަނީއިބްރާހީމް ޒާހިރު
ޒާހިރު ވިދާޅުވީ ރާއްޖޭގައި ދިމާވާ ހުރިހާ ކަމެއްގައި
ހަރަކާތްތެރި ވަމުންދަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ދަށުން
އުފެދިފައިވާ ކޯސްޓްގާޑާއި، ފަޔަރ ސަރވިސް އިންނެވެ. މިކަމުގެ ސަބަބުން ކޯސްޓް
ގާޑުން ހަރަކާތްތެރިވާން ޖެހޭ ކަނޑުގެ އޮޕަރޭޝަންތަކުގައި ފަޔަރ ފައިޓަރުން އަދި
ފުލުހުން ހަރަކާތްތެރިވުމުން އެކަމާ ޒާހިރު ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.
އަދި މެރިން ޓްރޭނިން އަދި ފަޔަރ ޓްރޭނިން ތަފާތު ވާނެ ކަމަށާއި، ކޯސްޓު
ގާޑުންނަކީ ކަނޑު މަތީގައި އެކި ޓެކްޓިކަލް ނިންމުންތައް ނިންމުމަށް ޓްރެއިން
ކޮށްފައިވާ ބައެއް ކަމަށް ޒާހިރު އިތުރަށް ވިދާޅުވި އެވެ.
ހަމައެއާއެކު 5 އޮގަސްޓުގައި ހިނގައި ދިޔަ ނުރައްކާތެރި ހާދިސާ އަށް
ފުރިހަމަ އަށް ތައްޔާރު ވެފައިވޭތޯ އާއި މި އޮޕަރޭޝަންގައި ޕޮލިސް އޮފިސަރެއް ދިއުމާ
ބެހޭ ގޮތުން ޒާހިރު ވަނީ ސުވާލު އުފައްދާފައި އެވެ. މި އޮޕަރޭޝަންގައި ޓްރެއިންޑް
ފަޔަރ ފައިޓަރަކާއި ފުލުސް އޮފިސަރެއް އަދި ސިވީލިއަނެއް ގެއްލުމަކީ
ފޫ ނުބެއްދޭވެރުގެ ގެއްލުމެއް ކަމަށް ޒާހިރު ވިދާޅުވި އެވެ.
އޮގަސްޓު 5 ވަނަ ދުވަހު ހިނގައި ދިޔަ މި ހިތާމަވެރި ހާދިސާގައި ގެއްލިފައިވާ 3 މީހުން
އަދިވެސް ފެނިފައި ނުވެ އެވެ. އެ މީހުން ހޯދުމަށްޓަކައި ފޮރިން މިނިސްޓްރީ އިން
ވަނީ ބޭރުގެ އެހީތެރިކަން ހޯދުމަށް އޮގަސްޓު 8 ވަނަ ދުވަހު އެދެން ނިންމާފައި އެވެ.