ކުރިއަށް އޮތް ދެ ދުވަހު، އޮގަސްޓް 11 އަދި 12 ގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރާ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖީން ބުނެފި އެވެ.
އެ އޮފީހުން ބުނީ ހުޅަނގު މޫސުމުގެ ބާރު ގަދަވެ ބޯ ވިއްސާރަ ވިލާ ރާއްޖޭގެ ސަރަހައްދުގައި އުފެދެމުންދާ ކަމުގަ އެވެ.
ބައެއް ރަށްތައްކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ބުނެ އެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖީން ބުނީ، ކުރިއަށް އޮތް 2 ދުވަހު މޫސުން އެންމެ ގޯސްވާނެކަމަށް ބެލެވެނީ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ކަމަށެވެ.
ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން، އުތުރާއި މެދުރާއްޖެތެރޭގެ
އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 7 މޭލާއި 17 މޭލާ
ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައިގަދަވުން
އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުނެ އެވެ.
އަދި ހުރިހާ ހިސާބެއްގެ ކަނޑުތައްވެސް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް ވެސް ލަފާކުރެވޭ ކަމަށް ބުނެފައިވެ އެވެ.