Live 6,015 stories Updated Aug 22, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

މި ސަރުކާރު އައިފަހުން މަކުނުދޫ އެއާޕޯޓްގެ މަސައްކަތް ކުރިއަށް ނުގޮސް އޮތީ ހުއްޓިފައި، މިއީ ވަރަށް ބޮޑު ކަންބޮޑުވުމެއް: ރާއީ

އެކަހެރިކޮށް އޮންނަ ހދ. މަކުނުދޫގައި އަޅަން ފެށި އެއަރޕޯޓުގެ އަމަލީ މަސައްކަތް ކުރިއަށް ނުގޮސް ހުއްޓިފައިވާތީ ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު މުހައްމަދު ރާއީ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން ހުށަހެޅި ފޯމުތަކުގެ ވެރިފިކޭޝަން މަސައްކަތް ފަށައިފި

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުން ގޯއްޗާއި ފުލެޓަށް އެދި އެޕްލިކޭޝަން ހުށަހަޅާފައިވާ މީހުންގެ ފޯމުތަކުގެ ވެރިފިކޭޝަން މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ބުނެފި އެވެ.

ކުރީގެ ރައީސް ސޯލިހު ސަރުކާރުގައި ފެށި ''ތިލަމާލެ ބްރިޖު'' މަޝްރޫއުގެ ދަށުން މާލެ އާއި ވިލިމާލެ ގުޅުވާލާ ފަހު ސެގްމަންޓްގެ މަސައްކަތް ފަށައިފި

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުގައި ފެށި ތަރައްގީގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ، ''ތިލަމާލެ ބްރިޖު'' މަޝްރޫއުގެ ދަށުން މާލެ އާއި ވިލިމާލެ ގުޅުވާލާ ފަހު ސެގްމަންޓްގެ މަސައްކަތް ފަށައިފި އެވެ.

ކަޅު ބާޒާރުގައި ޑޮލަރުގެ އަގުތަކުގެ ވާހަކަ ދައްކާ މީހުން ޖޫރިމަނާކޮށް އަދަބު ދިނުމަކީ އެ މައްސަލައަށް އޮތް ހައްލެއް ނޫން: އަމްރު

ކަޅު ބާޒާރުގައި ޑޮލަރުގެ އަގުތަކުގެ ވާހަކަދައްކާ މީހުން ޖޫރިމަނާކޮށް އަދަބު ދިނުމަކީ އެ މައްސަލައަށް އޮތް ހައްލެއް ނޫން ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.

ރާއްޖެ އިން ވެލިފުކެއް ވެސް ބޭރު ބަޔަކަށް ނުދޭނެ ކަމަށް ބުނުމަށް ފަހު، މިހާރު އެ ދެނީ ނ. އަތޮޅުން އެއްބައި: ޒިޔާދު

ދިވެހިރާއްޖެ އިން ވެލި ފުކެއް ވެސް ބޭރުގެ ބަޔަކަށް ނުދޭނެ ކަމަށް މި ސަރުކާރުން ބުނުމަށް ފަހު، ޓައުންޝިޕްގެ މަޝްރޫއު އަށް އެ ދެނީ ނ. އަތޮޅުން އެއް ބައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެ އެވެ.

ހައިވޭގައި ހުކުރު ދުވަހު ހިނގި އެކްސިޑެންޓާ ގުޅިގެން އަދި އެއްވެސް މީހަކަށް ފިޔަވަޅެއް ނާޅަން: ފުލުހުން

ސިނަމާލެ ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ލަމްބޮގިނީ ކާރެއް ކޮންޓްރޯލުން ނެއްޓި އެތަނުގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތަކުގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަދި އެއްވެސް މީހަކަށް ފިޔަވަޅު އަޅާފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

ކޮންމެ ރައްޔިތަކަށް ރައީސް މުއިއްޒު ދެއްވަން ވިދާޅުވާ ބޯހިޔާވަހިކަން - ދައުރުގެ ބޮޑުބައި ފާއިތުވެގެން ދިޔައިރު ވިދާޅުވަނީ "މިހާރު ދެން އެބަ ފެށޭ" ކަމަށް!

ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ ކޮންމެ ރައްޔިތަކަށްމެ އަސާސީ ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުން ކަމަށް ސަރުކާރުން ބުނެފައިވާއިރު، ބޯހިޔާވަހިކަމުގެ މަސައްކަތްތައް "މިހާރު ދެން އެކަން އެބަ ފެށޭ" ކަމަށް ބުރާސްފަތި ދުވަހުގެ ރޭ "ރައްޔިތުންގެ އަޑު" ޕްރޮގްރާމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމާ…

ވިލިމާލޭގައި ސަތަރި އަޅައިގެން ނުތާހިރުކޮށް މަސް ހިއްކި މައްސަލައެއް

ވިލިމާލޭގެ އިންޑަސްޓްރިއަލް ޒޯން ސަރަހައްދުގައި ސާފުތާހިރުކަން ކުޑަކޮށް، ބިންމަތީގައި ސަތަރި އަޅައިގެން ވަޅޯމަސް ހިއްކަމުންދިޔަ މައްސަލައެއް ބަލައި، އެކަންކަން އިސްލާހުކުރުމަށް މާލޭ ސިޓީ ކައުންސިލް އާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގުޅިގެން އަންގައިފި އެވެ.

ދ. ކުޑަހުވަދޫ މަގުހެދުމުގެ މަޝްރޫއު: ސަރުކާރުން ކޮންޓްރެކްޓަރަށް ފައިސާ ނުދޭތީ މަސައްކަތް ހުއްޓި، ރައްޔިތުން ތަކުލީފުގައި!

ދ. ކުޑަހުވަދޫ މަގު ހެދުމުގެ މަސައްކަތް ހުއްޓި، އެތަނުގައި ހުރި 7 އިންޗި އުސްމިނުގެ ޖަންކްޝަންތަކުގެ ސަބަބުން ރައްޔިތުންނަށް ދަތިތަކާއި ކުރިމަތިލާން ޖެހިފައި ވާތީ އެކަމުގެ ކަންބޮޑުވުން ކުޑަހުވަދޫ ކައުންސިލުން ފާޅުކޮށްފި އެވެ.

ރައީސް މުއިއްޒު އަކީ ސިނގުރުޅީގައި ވިސްނާލެއްވުމެއްނެތި ކަންކަން ކުރައްވާ ބޭފުޅެއް: ޒިޔާދު

ރައީސް ޑރ. މުހައްމަދު މުއިއްޒު އަކީ އަންނަ ސިނގުރުޅީގައި، އެމަނިކުފާނު އެ ބޭނުންފުޅުވާ ގޮތަކަށް، އެހެން އެއްވެސް ކަމަކަށް ވިސްނުންފުޅެއް ނެތި ނިންމެވުންތައް ނިންމަވާ ބޭފުޅެއް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

ދުނިޔޭގެ އެކި ގައުމުތަކުގެ އަޑުފަށްގަނޑު ގެ މިންވަރު ބަލައި "ގޯ2އެފްރިކާ" އިން ކުރިއަށްގެންދިޔަ ދިރާސާއެއްގައި، ދުނިޔޭގެ އެންމެ އަޑުފަށްގަނޑު ގަދަ ގައުމުތަކުގެ ތެރޭގައި ސިންގަޕޫރާއި ދިވެހިރާއްޖެ ހިމެނިއްޖެ އެވެ.

Loading fresh headlines…