Live 6,015 stories Updated Aug 23, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލު ބޭރުކޮށްލަން ގޮވާލާ ޕެޓިޝަނަށް ބެލުމެއް ނެތި ކޮމިޓީ އިން އެ ބިލުގެ މަސައްކަތް ނިންމަނީ!

ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތަކާއި ތަންތަން ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި އެ ރަށެއް ނުވަތަ ސިޓީއެއްގެ އިހުތިސާސުން ވަކިކުރަން ސަރުކާރުން ނިންމާ ހާލަތެއްގައި، އެ ތަންތަން ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ބޭރު ކޮށްލުމަށް ގޮވާލައި،…

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ރައީސް މުއިއްޒު ހުށަހެޅުއްވި ނަމަށް ޝަކުވާ ފޮނުވަން ދިނީ 6 ގަޑިއިރު، އެވެސް ބަންދު ވަގުތުގައި

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހެޅުއްވި ނަމަށް ޝަކުވާ ފޮނުވަން އެންމެ ހަ ގަޑިއިރު ރައްޔިތުންގެ މަޖިލީހުން ކަނޑައަޅައިފި އެވެ.

ސަވާހިލި އައްޑޫ އިން ވަކިކޮށް، އެ ސިޓީގެ ރައްޔިތުން ޓޫރިޒަމަށް އަލިކުރި އުއްމީދުގެ ހުޅުކޮޅު މި ސަރުކާރުން ނިއްވާލައިފި: މެންބަރު ދީދީ

އައްޑޫ ސިޓީ ކައުންސިލުން ތަރައްގީކުރުމަށް އިއުލާނުކޮށްފައިވާ "ސަވާހިލި" ރަށް، ރައީސް މުއިއްޒު ނެރުއްވި ކުއްލި ގަރާރަކާއެކު އެ ސިޓީގެ އިހުތިސާސުން ވަކިކޮށް، މި ސަރުކާރުން އައްޑޫ ސިޓީގެ ރައްޔިތުން ޓޫރިޒަމާމެދު ކުރަމުން އައި އުއްމީދުގެ ހުޅުކޮޅު ނިއްވާލާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރ…

ލާމަރުކަޒީ ގާނޫނެކޭ، ނާލާފުށީ ފަގީރަށް ދިން ގެރިއެކޭ ކުޑަ ވެސް ތަފާތެއް ނެތް: މެންބަރު ޒިޔާދު

ލާމަރުކަޒީ ގާނޫނާއި ނާލާފުށީ ފަގީރަށް ގެރި ދިން ގޮތާ ކުޑަ ވެސް ތަފާތެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެ އެވެ.

ބައެއް ކައުންސިލްތަކުން ވަކި ސަރުކާރެއްގެ ގޮތުގައި އަމަލުކުރަމުންދާ ކަމަށް ވިދާޅުވެ، މެންބަރު ސަލީމް ކައުންސިލްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ

ދިވެހިރާއްޖެއަކީ ޔުނިޓަރީ ދައުލަތެއް ކަމަށާއި، ބައެއް ކައުންސިލްތަކުން އަމަލުކުރަމުންދަނީ އެއީ ވަކި ސަރުކާރެއް ކަމަށް ހީއްކޮށްގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށީ ދާއިރާގެ މެންބަރު ރެޑްވޭވް އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

އިންފޮމޭޝަން ކޮމިޝަނަރަކަށް އަބްދުލްއަޒީޒު ޖަމާލް އަބޫބަކުރުގެ ނަން މަޖިލީހަށް ފޮނުވައިފި

އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ކުރިން ވެސް އެ މަގާމު އަދާކުރައްވި، މާޒީ، ލ. މާވަށް އަލްއުސްތާޛު އަބްދުލްއަޒީޒު ޖަމާލް އަބޫބަކުރުގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވައިފި އެވެ.

ރައްޔިތުން ހުށަހަޅާ ޕެޓިޝަންތައް ބަލިކަށިކުރަން މަޖިލީހުގެ ގަވާއިދަށް ގެނައި ބަދަލު އަބްދުއްރަހީމް ދިފާއު ކުރައްވައިފި

އެއް މައްސަލައެއްގައި އެއް ޕެޓިޝަނަށް ވުރެ ގިނައިން ޕެޓިޝަން ހުށަހެޅޭ ގޮތަށް ގަވާއިދަށް ގެނައި ބަދަލު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ދިފާއު ކުރައްވައިފި އެވެ.

ގޯއްޗާއި ފްލެޓު ލިސްޓު ޑިސެމްބަރު މަހު ނެރޭނެކަމަށް ބުނެ އަނެއްކާވެސް އައު ޑެޑްލައިނެއް!

ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ގޯއްޗާއި ފްލެޓު ލިބުނު މީހުންގެ ލިސްޓުތައް މިއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ނެރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރު ބާރުސްޕީޑުގައި ކުރިއަށްދާކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި އެވެ.

ނޭކުރެންދޫގައި ތަރައްގީގެ އެއްވެސް މަޝްރޫއެއް ކުރިއަށް ނުދޭ، ކުރީ ސަރުކާރުގައި ފަށައި، ނިމުމާ ގާތްވެފައިވާ މަޝްރޫއުތައް ވެސް އޮތީ ހުއްޓުވާފައި!

ހދ. ނޭކުރެންދޫގައި މި ސަރުކާރުން ވެފައިވާ ވައުދުތަކާ އެއްގޮތަށް އެއްވެސް އައު މަޝްރޫއެއް ފެށިގެން ކުރިއަށް ނުދާ ކަމަށާއި ކުރީ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ވެސް ހުއްޓިފައިވާކަން ހާމަވެއްޖެ އެވެ.

ޔާމީން ރަޝީދުގެ މަރާ ގުޅޭގޮތުން ސިއްރު ހެކިވެރިޔާ ދީފައި އޮތް ހެކިބަސް އަނބުރާ ނުގެންދެވޭނެ: ދައުލަތް

ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ހިމެނޭ ދައުލަތުގެ ސިއްރު ހެކިވެރިޔަކު ދީފައި އޮތް ހެކިބަސް އަނބުރާ ނުގެންދެވޭނެކަމަށް ދައުލަތުން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލިސް ހިންގަނީ ގާނޫނު އަސާސީގެ ރޫހާއި ހިލާފަށް، މިއަދު މަޖިލީހުގައި އޮތީ ހިޓްލަރުގެ އުސޫލު: މެންބަރު މީކާއިލް

ރައްޔިތުންގެ މަޖިލިސް ހިންގަނީ ގާނޫނު އަސާސީގައި އޮތް ރޫހާ ހިލާފަށް ކަމަށާއި، މިއަދު މަޖިލީހުގައި އޮތީ ހިޓްލަރުގެ އުސޫލު ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

Loading fresh headlines…