Live 13,985 stories Updated Nov 3, 2026
Showing: PSM
Browse topics PSM

PSM

Live feed

އެކުވެރިކަމުގެ ދެވަނަ މެޗު ވެސް ފަލަސްތީނަށް

އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގެ މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން، ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމުން ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް ކުޅުނު ދެވަނަ މެޗުވެސް ފަލަސްތީނު ޓީމުން ކާމިޔާބުކޮށްފިއެވެ. ފަލަސްތީނު ޓީމުން މިމެޗު ކާމިޔާބުކުރީ 3-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފްގައި ފަލަސްތީނަށް ލީޑުނަގައިދިނީ ފޯވާޑް ޔަޒާންއެވެ. ފުރަތަމަ ހާފްފެ އެންމެ ފަހު މިނެޓުގައި ފަލަސްތީނު ޓީމުން ނެގި ކޯނަރެއްގައި ދިވެހި ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ގޯލާއެކު ފުރަތަމަ …

ޗައިނާ މުބާރާތައް ފުޓްސަލް ޓީމު ފުރައިފި

ސީއެފްއޭ އިންޓަރނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމު ޗައިނާއަށް ފުރައިފިއެވެ. މިއީ ޗައިނާގެ ދައުވަތަކަށް ގައުމީ ފުޓްސަލް ޓީމަށް ލިބުނު ފުރުސަތެކެވެ. ސީއެފްއޭ އިންޓަރނޭޝަނަލް ފުޓްސަލް މުބާރާތަކީ ޗައިނާއިން އިންތިޒާމްކޮށްގެން ބާއްވާ މުބާރާތެކެވެ. ޗައިނާ އާއި ދިވެހިރާއްޖޭގެ އިތުރުން ދެން މިމުބާރާތުގައި ވާދަކުރަނީ ސައުތު ކޮރެއާ އާއި ހޮންގް ކޮންގެވެ. ސީއެފްއޭ އިންޓަރނޭޝަނަލް ފުޓްސަލް މުބާރާތައް ދިވެހި ފުޓްސަލް ޓީމު ފުރުން -- ފޮޓޯ: ޕީއެސްއެމް ނިއުސް މުބާރާތުގައި ރާ…

10 ދުވަހުގެ ހިސޯރަކަށްފަހު ޔަހޫދީ ސިފައިން އަލްޚަލީލުން ފައިބައިފި

ޔަހޫދީން އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ އަލްޚަލީލް 10 ދުވަސް ވަންދެން ޔަހޫދީ ސިފައިން ހިސޯރުކޮށްފައި އޮތުމަށް ފަހު އެ ސިޓީއިން މިހާރު ފައިބާފައިވާ ކަމަށް އަލްޚަލީލްގެ ގަވަރުނަރު ވިދާޅުވެއްޖެއެވެ. ފާއިތުވި ހަފްތާތަކުގައި ޔަހޫދީ ސިފައިންނާއި، ޤަވާއިދާ ޚިލާފަށް ފަލަސްޠީނުގެ ބިންތަކުގައި ދިރިއުޅޭ ޔަހޫދީ ވަޒަންވެރިންގެ އަނިޔާތަކާއި ދުއްތުރާ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ޔަހޫދީންގެ އަނިޔާތަކަށް ކެތް ނުކުރެވިގެން ޔަހޫދީންގެ ރިޒާވް ސިފައިންނަށް އަމާޒުކޮށް ފަލަސްޠީނުގެ ދެ ރައްޔިތުން ވަނީ …

ޙޫޘީން ހަމަލާއެއްގައި ޔަމަނުގެ އާންމުންގެ ބަޔަކު މަރުވެއްޖެ

ޔަމަނުގެ ލަޙްޖަށް ޙޫޘީ ހަނގުރާމަވެރިން ދީފައިވާ ހަމަލާއެއްގައި އާންމުންގެ 20 މީހުން މަރުވެފައި އަދި ޒަހަމްވެފައިވާ ކަމަށް ޔަމަނުގެ ސަރުކާރުން ބުނެފިއެވެ. ޙޫޘީންގެ ވަރުގަދަ މިސައިލް ހަމަލާއެއް އަމާޒުކޮށްފައި ވަނީ ލަޙްޖު ޕްރޮވިންސުގެ އަލް-މުޟާރިބާ އަދި އަލް-އަރާޢުގައި ހުންނަ އަލް-ސުޤްޔާ ސިއްހީ މަރުކަޒަށެވެ. ޖުމްލަ 20 މީހުންނަށް ހަމަލާގައި ގެއްލުން ލިބުނު ކަމަށް ސަރުކާރުން ބުނި ނަމަވެސް އޭގެ ތެރެއިން މަރުވީ ކިތައް މީހުން ކަމެއް އަދި ޒަހަމްވީ ކިތައް މީހުންނަށް ކަމެއް ހާމަކޮށްފައެއް ނުވެއެވެ. ލަޙްޖް …

ވިލާތުގެ ސުޕަމާކެޓުތަކެއްގެ ފިނިކުރާ ނިޒާމުތަކަށް ސައިބަރ ހަމަލާތަކެއް

ވިލާތުގެ ގިނަ ޤައުމުތަކެއްގައި އެތައް ސަތޭކަ ސުޕަމާކެޓެއްގެ އައިސްއަަލަމާރިތަކާއި ފިނިކުރާ ނިޒާމުތަކުގެ ފިނިހޫނުމިން ގޮތްނޭނގޭ ގޮތަކަށް އުފުލިއްޖެއެވެ. ބެލެވޭ ގޮތުަގައި ފިނިހޫނުމިން މައްޗަށް ދިޔައީ ސައިބަރ ހަމަލާއެއްގެ ސަބަބުންނެވެ. ސުޕަމާކެޓުތަކުގެ ފުރިޖުތަކުގެ ފިނިހޫނުމިނަށް އަސަރުކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި ބެލްޖިއަމްއާއި އެސްޓޯނިއާއާއި އަޔަލެންޑްއާއި ލަކްސެމްބާގްއާއި ސްވީޑަން ހިމެނެއެވެ. މީގެ ކުރިން މެކޭނިކަލް ނިޒާމެއްގެ ދަށުން ހިންގަމުން އައި ފުރިޖުތަކާއި ފިނިކުރާ ނިޒާމުތައް މިހާރު ހިނ…

ޔުނެސްކޯގެ ބައިނަލްއަޤްވާމީ ދެ މުއާހަދާއެއްގައި ރާއްޖެއިން ބައިވެރިވުމަށް ނިންމަވައިފި

ޔުނެސްކޯގެ ބައިނަލްއަޤްވާމީ ދެ މުއާހަދާއެއްގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ. ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވަނީ، "އޭޝިއާ ޕެސިފިކް ރީޖަނަލް ކޮންވެންޝަން އޮން ދަ ރިކޮގްނިޝަން އޮފް ކޮލިފިކޭޝަންސް އިން ހަޔަރ އެޑިއުކޭޝަން" (ޓޯކިޔޯ ކޮންވެންޝަން) އަދި ޔުނެސްކޯގެ "ގްލޯބަލް ކޮންވެންޝަން އޮން ދަ ރިކޮގްނިޝަން އޮފް ކޮލިފިކޭޝަންސް ކޮންސަރނިންގ ހަޔަރ އެޑިއުކޭޝަން" ގައި ބައިވެރިވުމަށެވެ. ވަޒީރުންގެ މަޖިލީހުން މިގޮތަށް ނިންމެވީ މި މަހުގެ 1 ވަނަ ދުވަހު ބޭއްވި ވަޒީރު…

ކުރީގެ ވަޒީރު އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކުރީގެ ފޮރިންގ މިނިސްޓަރ އަބްދުﷲ ޝާޙިދު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ހ. ރަބީޢީމަންޒިލް އަބްދުﷲ ޝާހިދު ހައްޔަރުކޮށްފައިވަނީ އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައިކަމަށެވެ. ކޯޓު އަމުރެއްގެ ދަށުން އަބްދުﷲ ޝާހިދު ހައްޔަރުކޮށްފައިވަނީ މިރޭ 09:59 ގައިކަމަށްވެސް ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ. މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަޙުޤީގުކުރަމުންނެވެ.

ބަޖެޓު ބަހުސް: ކޮންމެ މެންބަރަކަށް 15 މިނެޓު

އަންނަ އަހަރަށް ލަފާކުރާ ބަޖެޓާއި ގުޅޭ ބަހުސްގައި ކޮންމެ މެންބަރަކަށްވެސް 15 މިނެޓްގެ ފުރުޞަތެއް ދިނުމަށް އާންމު ކޮމިޓީން ނިންމައިފިއެވެ. މިއަދު ބޭއްވި މަޖިލީހުގެ އާންމު ކޮމިޓީގެ ބައްދަލުވުމުގައި މައިގަނޑު 3 ކަމަކަށް ވަނީ މަޝްވަރާކުރައްވާފައެވެ. އެއީ 2027ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސްގައި މެމްބަރުން ބަހުސްކުރަން ދެވޭ ފުރުޞަތުގެ ދިގުމިން ކަނޑައެޅުމާއި، ބަޖެޓު ދިރާސާކުރާ ކޮމިޓީގެ ރިޕޯޓަަށް ބަހުސްކުރުމަށް މެމްބަރުންނަށް ދެވޭ ފުރުޞަތުގެ ދިގުމިން ކަނޑައެޅުމުގެ އިތުރުން، ބަޖެޓު ބަހު…

"ސަރަހައްދީ އަމާންކަން ގުޅިފައިވަނީ ފަލަސްޠީނުގެ މިނިވަންކަމާ"

ފަލަސްޠީނުގެ ރައްޔިތުންނަށް އެމީހުންގެ އަމިއްލަ ފަސްގަނޑުގައި ހައްގުތައް ފުރިހަމައަށް ލިބިދީ، މިނިވަން މުސްތަޤިއްލު ދައުލަތެއް ޤާއިމުކޮށްގެން މެނުވީ މެދުއިރުމަތީގެ ސަރަހައްދަށް ދެމެހެއްޓެނިވި ސުލްހައާއި އަމާންކަމެއް ނާންނާނެ ކަމަށް އުރުދުންގެ ރަސްގެފާނު ޢަބްދުﷲ ވިދާޅުވެއްޖެއެވެ. އުރުދުންގެ ޤާނޫނުހަދާ މަޖިލިސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރަސްގެފާނު ވިދާޅުވީ، ސަރަހައްދުގެ ހަމަޖެހުމާއި ރައްކާތެރިކަން ގުޅިފައިވަނީ ފަލަސްޠީނުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމާ ކަމަށެ…

ޔޫޕީއާރު ވަރކިން ގްރޫޕްގެ 53 ވަނަ ސެޝަންގައި ރާއްޖެއިން ބައިވެރިވަނީ

ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު، (ޔޫޕީއާރު)ގެ ވަރކިންގ ގްރޫޕުގެ 53 ވަނަ ސެޝަން ޖެނީވާގައި ހުންނަ އ.ދ. ގެ އޮފީހުގައި މިއަދު ފަށައިފިއެވެ. ދެ ހަފުތާގެ މުއްދަތަށް ކުރިއަށްދާ މިބައްދަލުވުމުގައި އ.ދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ ދަށުން ޤާއިމުކޮށްފައިވާ ޔޫޕީއާރުގެ ވަރކިންގ ގްރޫޕުން 14 ޤައުމެއްގެ އިންސާނީ ޙައްޤުތަކުގެ ޙާލަތު ވަޒަންކުރާނެއެވެ. އެ ޤައުމުތަކުގެ ތެރޭގައި ސުރިނާމް، ސަމޯއާ، ހަންގެރީ، ތަޖިކިސްތާން، އެންޓިގާ އެންޑް ބާބުޑާ، ގްރީސް، ސެއިންޓް ވިންސެންޓް އެންޑް ދަ ގްރެނެޑީންސް، ޕަޕުއާ ނިއު…

މަސްވެރިންގެ ދުވަހުގެ އެވޯޑުތަކަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

މިއަހަރު ފާހަގަކުރާ 46 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ދޭން ހަމަޖެހިފައިވާ ޚާއްޞަ އެވޯޑުތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ. މަސްވެރިންގެ ދުވަސް ރާއްޖޭގައި ފާހަގަކުރަނީ، ކޮންމެ އަހަރެއްގެވެސް ޑިސެންބަރު މަހުގެ 10 ވަނަ ދުވަހުއެވެ. އެދުވަހު 4 އެވޯޑެއް ދިނުމަށް ކަނޑައަޅައި އެ ވޯޑުތަކަށް ކުރިމަތިލުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވަނީ ހުޅުވާލާފައެވެ. މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާލޭގައެވެ. މަސްވެރިކަމާއި ދަނ…

މޯލްޑިވިއަންގެ ލަގްޒަރީ ދަތުރުތަކަށް 'ކިންގް އެއާ 360' މަރުކާގެ ބޯޓެއް

ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލީޓަށް މުޅިން އަލަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ގެނެސް، މިއަދު ޚިދުމަތަށް ނެރެން ތައްޔާރުވެއްޖެއެވެ. މިއީ، ޤައުމީ އެއާލައިނުން މިމަރުކާގެ ބޯޓެއް މެދުވެރިކޮށް ލަގްޒަރީ އުދުހުންތައް ފަށާ ފުރަތަމަ ފަހަރެވެ. މޯލްޑިވިއަނުން މި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ، ނިލާ ކޮރެލްސްއާ ގުޅިގެންނެވެ. މޯލްޑިވިއަންގެ ފްލީޓަށް މި ބޯޓު ގެނައުން ފާހަގަކުުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޯލްޑިިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑުގެ ޑެޕިއ…

Loading fresh headlines…