ފަލަސްޠީނުގެ ރައްޔިތުންނަށް އެމީހުންގެ އަމިއްލަ ފަސްގަނޑުގައި ހައްގުތައް ފުރިހަމައަށް ލިބިދީ، މިނިވަން މުސްތަޤިއްލު ދައުލަތެއް ޤާއިމުކޮށްގެން މެނުވީ މެދުއިރުމަތީގެ ސަރަހައްދަށް ދެމެހެއްޓެނިވި ސުލްހައާއި އަމާންކަމެއް ނާންނާނެ ކަމަށް އުރުދުންގެ ރަސްގެފާނު ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އުރުދުންގެ ޤާނޫނުހަދާ މަޖިލިސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރަސްގެފާނު ވިދާޅުވީ، ސަރަހައްދުގެ ހަމަޖެހުމާއި ރައްކާތެރިކަން ގުޅިފައިވަނީ ފަލަސްޠީނުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމާ ކަމަށެވެ. އަދި އުރުދުންއަކީ އަބަދުވެސް ދެ ދައުލަތުގެ ހައްލަކަށް ވަކާލާތުކުރާ ޤައުމެއްކަން ފާހަގަކުރައްވައި، 1994 ވަނަ އަހަރު ޔަހޫދީ ދައުލަތާއެކު ވެވުނު ސުލްހައިގެ އެއްބަސްވުމުގެ މައްޗަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
ބައިނަލްއަޤްވާމީ މުޖުތަމަޢުން ގޮވާލަމުންދާ ގޮވާލުންތަކަށް ބެލުމެއްނެތި، ޣައްޒާގައި ބޮޑު އިންސާނީ ކާރިސާއެއް ހިންގަމުންދާކަމަށާއި، ހުޅަނގު އައްސޭރިއާއި ޤުދުސްގައިވެސް އަނިޔާވެރި އުދުވާންތައް ހިންގަމުންދާކަން ރަސްގެފާނު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ޔަހޫދީން ގެންގުޅޭ އިސްތިއުމާރީ ސިޔާސަތަކީ ސަރަހައްދުގެ މުސްތަޤުބަލަށް އޮތް އެންމެ ބޮޑު ނުރައްކާ ކަމުގައި ވިދާޅުވެ އެމަނިކުފާނު ވަނީ އިންޒާރު ދެއްވާފައެވެ.
ރަސްގެފާނު މިފަދައިން ވިދާޅުވެފައި މިވަނީ، ޔަހޫދީންގެ ޤާނޫނުހަދާ މަޖިލީހުގެ އިންތިޚާބަށްފަހު، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ޕާޓީއަށް ސާފު އަޣުލަބިއްޔަތެއް ނުލިބި، ސިޔާސީ ގޮތުންނާއި ސަލާމަތީ ގޮތުން ސަރަހައްދުގެ މަސްރަޙު ނުހަނު ބޮޑަށް ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައެވެ. ހަމައެއާއެކު، އެމެރިކާއާއި ޔަހޫދީންގެ ހަމަލާތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށް އީރާނުން އިންޒާރުދީފައި ވުމާއެކު، މުޅި ސަރަހައްދު ވަނީ އަނެއްކާވެސް ބޮޑު ހަނގުރާމައެއްގެ ބިރުވެރިކަމުގެ ތެރޭގައެވެ.
"ސަރަހައްދީ އަމާންކަން ގުޅިފައިވަނީ ފަލަސްޠީނުގެ މިނިވަންކަމާ"
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed