ޣައްޒާގެ ހަނގުރާމައިގެ ހަގީގަތްތައް އޮޅުވާލާފައިވާ ކަމަށް ޔަހޫދީން އިއުތިރާފުވެއްޖެ
ޣައްޒާއާއި ހުޅަނގު އައްސޭރީގައި ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި އުދުވާނުގެ ހަޤީޤަތްތައް އޮޅުވާލައި، ކުށެއްނެތް އާންމު ރައްޔިތުންނަކީ 'ޓެރަރިސްޓުން' ކަމުގައި ދެއްކުމަށް މަސައްކަތްކޮށްފައިވާ ކަމަށް، ޔަހޫދީ އަސްކަރިއްޔާގެ ތަރުޖަމާނުގެ އޮފީހުގައި ކުރިން މަސައްކަތްކުރި އާޔެލެޓް ކްރޮއިޒަރ އިއުތިރާފުވެއްޖެއެވެ. އޭނާ މިކަން ހާމަކޮށްފައިވަނީ ޔަހޫދީންގެ އަސްކަރީ ޖަރީމާތަކާއި އަނިޔާވެރިކަން ދުނިޔެއަށް ހާމަކުރުމުގައި ހަރަކާތްތެރިވާ 'ބްރޭކިންގ ދަ ސައިލެންސް' ޖަމްއިއްޔާގެ ތަރުޖަމާނު…