ކުރީގެ ވަޒީރު އަބްދުﷲ ޝާހިދު 30 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ކޯޓު އަމުރެއްގެ ދަށުން ޝާހިދު ހައްޔަރުކޮށްފައިވަނީ ރޭ 09:59ގައި ކަމަށެވެ. އަދި ޝާހިދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓުގައި ދެންނެވުމުން 30 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، ހ. ރަބީޢީމަންޒިލް އަބްދުﷲ ޝާހިދު ހައްޔަރުކޮށްފައިވަނީ އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ކަމަށެވެ. އަދި މި މައްސަލަ ފުލުހުން އިތުރަށް ތަޙުޤީގުކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
ކުރީގެ ވަޒީރު އަބްދުﷲ ޝާހިދު 30 ދުވަހަށް ބަންދުކުރަން އަމުރުކޮށްފި
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed