ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ތެރެއިން ބޭއްވި ބޮޑުބެރު ޗެލެންޖު 2026ގެ ޗެމްޕިއަންކަން ވިދިވިދިގެން ދެވަނަ ފަހަރަށް "ބޮޑުބެރު ގުރޫޕު 1438" ހޯދައިފިއެވެ. މިދިޔަ އަހަރުގެވެސް ޗެމްޕިއަންކަން ހޯދި 1438އިން މި އަހަރުގެ އެއްވަނަ ކަށަވަރުކުރީ، ފައިނަލުގައި ވާދަކުރި 5 ޓީމާ ވާދަ ކޮށްގެންނެވެ.

އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން އިސްނަގައިގެން ދައުލަތުގެ މީޑިއާ، ޕަބްލިކް ސަރވިސް މީޑިއާ ޕީއެސްއެމް އަދި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީ ގުޅިގެން ވަނީ މައުރަޒުގެ ތެރެއިން ބޮޑުބެރު ޗެލެންޖު އަދި ސަޤާފީ ވާދަ މުބާރާތެއް ކުރިއަށް ގެންގޮސްފައެވެ.

މިއަހަރުވެސް ބޮޑުބެރު ޗެލެންޖުގެ އެއްވަނަ ބޮޑުބެރު ގުރޫޕު 1438އަށް
މިއަހަރުވެސް ބޮޑުބެރު ޗެލެންޖުގެ އެއްވަނަ ބޮޑުބެރު ގުރޫޕު 1438އަށް
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ތެރެއިން ބޭއްވިގެންދިޔަ ބޮޑުބެރު ޗެލެންޖުގެ ތެރެއިން/ ފޮޓޯ މޯލްޑިވްސް އެކްސްޕޯ

ބޮޑުބެރު ޗެލެންޖުގައި ޖުމްލަ 10 ޓީމު ވާދަކުރިއެވެ. މި މުބާރާތުގެ ތެރެއިން ޓީމުތަކުން ވަނީ، ކާސިމަޖާއާއި ބަބުރާއި ޒަމާނީ ލަވަތަކުގެ އިތުރުން ތިންބެރުގެ ލަވަތައް ހިމެނޭހެން ދިވެހި ސަގާފީ ބޮޑުބެރުގެ މުހިންމު ބާވަތްތަކެއް ހުށަހަޅައިދީފައެވެ. މި މުބާރާތުގެ ފައިނަލުގައި 5 ޓީމުން ވާދަކުރިއިރު، ކޮންމެ ޓީމަކުންވެސް 2 ހުށަހެޅުން ހުށަހަޅާފައިވެއެވެ.

ބޮޑުބެރު ޗެލެންޖުގެ ދެވަނަ ހޯދާފައިވަނީ، ޗާލޭ ބޮޑުބެރު ގްރޫޕެވެ. އަދި ތިންވަނަ ހޯދީ، ރިދަމް ބޮޑުބެރު ގްރޫޕާއި ހޭވަައްލާ ބޮޑުބެރު ގްރޫޕެވެ. މިޗެލެންޖުގެ ފައިނަލުގައި މަންނަ ބޮޑުބެރު ގްރޫޕުވެސް ވާދަކޮށްފައިވެއެވެ.

މިއަހަރުވެސް ބޮޑުބެރު ޗެލެންޖުގެ އެއްވަނަ ބޮޑުބެރު ގުރޫޕު 1438އަށް
މިއަހަރުވެސް ބޮޑުބެރު ޗެލެންޖުގެ އެއްވަނަ ބޮޑުބެރު ގުރޫޕު 1438އަށް
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ތެރެއިން ބޭއްވި ސަޤާފީ ވާދަގެ ތެރެއިން / ފޮޓޯ: މޯލްޑިވްސް އެކްސްޕޯ

ބޮޑުބެރު ޗެލެންޖުގެ އިތުރުން މައުރަޒުގެ ތެރެއިން ވަނީ، ސަޤާފީ ނެށުމަށް ޚާއްޞަކޮށް "ސަޤާފީ ވާދަ"ގެ ނަމުގައިވެސް މުބާރާތެއް ބާއްވާފައެވެ. ހަތަރު ޓީމު ވާދަކުރި މި މުބާރާތުގެ ފައިނަލުގައި ހުރިހާ ގްރޫޕަކުންވެސް ހުށަހެޅުންތައް ދައްކާލިއެވެ. ސަޤާފީ ވާދައިގެ އެއްވަނަ ހޯދީ، އެކްސްޓްރީމް ލެވެލްއެވެ. ދެވަނަ އެމްއެންޔޫ ޑާންސް ގްރޫޕުން ހޯދިއިރު، ތިންވަނަ ކާމިޔާބުކުރީ ހިޔަލަ ގްރޫޕެވެ.

މި މުބާރާތްތަކުން އެއްވަނައަށް ދިޔަ ޓީމުތަކަށް 75,000 ރުފިޔާގެ ފައިސާގެ އިނާމު ދީފައިވާއިރު، ދެވަނައަށް 50,000 ރުފިޔާ އަދި ތިންވަނައަށް 25,000 ރުފިޔާ ދީފައިވެއެވެ.

ބީސީސީން ވިދާޅުވީ، މި މުބާރާތްތައް ބޭއްވުމުގެ މައިގަނޑު މަޤުޞަދަކީ ރާއްޖޭގެ ތާރީޚާއި ސަގާފަތުގެ މުއްސަނދިކަން ދައްކުވައިދީ، ބޮޑުބެރުގެ ވާދަވެރިކަމުގެ ތެރެއިން މި ދާއިރާއަށް އައު ތަރިން ނެރުން ކަމަށެވެ. އަދި ދިވެހިންގެ މެދުގައި މިކަމަށް އޮތް ޖޯޝާއި ފޯރި އާލާކޮށް، ޒުވާނުންގެ ހިތްތަކުގައި ސަގާފީ ކަންކަމަށް ލޯބި ޖެއްސުމަކީވެސް މުހިންމު އަމާޒެއްކަން އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.