Live 351,986 stories Updated Jul 21, 2026
Browse topics All stories

Latest stories

Live feed

ލޯންގް ވީކެންޑްތަކާ ދިމާކޮށް، އެކަށީގެންވާ ސަބަބެއް ނެތި ސަލާން ބުނާ މުވައްޒަފުން ގިނަ: މުޖުތާޒު

ލޯންގް ވީކެންޑްތަކާ ދިމާކޮށް ސަރުކާރުގެ މުވައްޒަފުން ސަލާން ބުނާ އަދަދު އިތުރުކުރަން ފާހަގަވާ ކަމަށާއި ސަލާން ބުނަން ނުޖެހޭ ހާލަތްތަކުގައި ވެސް އެކަން ކުރާ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް މުހައްމަދު މުޖުތާޒު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ބާނާ މަހުގައި ދިރޭރަހަ ހުރި މިންވަރު ހާމަކުރަން އެންގި ނިންމުމެއް ހައި ކޯޓަށް

ރާއްޖޭގައި ބާނާ މަހާއި މީހުންގެ ގައިގައި ދިރޭ ރަހަ ހުރި މިންވަރު ބަލަން އެންވަޔަރުމެންޓް މިނިސްޓްރީން ހެދި ދިރާސާއަކާ ގުޅޭ މައުލޫމާތު ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގެވި ނިންމުމެއް ހައި ކޯޓުގައި ދައުލަތުން އިސްތިއުނާފުކޮށްފި އެވެ.

އަންހެނަކާ ކުރި މުއާމަލާތްތަކެއްގެ މައްސަލާގައި ސިންގަޕޫރުގެ ވަޒީރަކު އިސްތިއުފާ ދެއްވައިފި

ސިންގަޕޫރުގެ މުސްލިމުންގެ ކަންކަން ބެލެހެއްޓުމަށް ކަނޑައަޅާފައިވާ، އެކްޓިން މިނިސްޓަރު ފައިޝަލް އިބްރާހީމް އަންހެނަކާ ކުރި މުއާމަލާތްތަކެއްގެ މައްސަލާގައި މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ރާއްޖެއަށް އެންމެ މަދުން ޒިޔާރަތްކުރީ ކޮންޓެންޓް ކްރިއޭޓަރުން

މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން އެންމެ މަދުން ޒިޔާރަތްކުރީ ކޮންޓެންޓް ކްރިއޭޓަރުންނާއި އިންފްލުއެންސަރުންކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކައިފި އެވެ.

މާލޭ ސަރަހައްދުގައި ތަރައްގީކޮށްފައިވާ ޓަވަރުތަކުގައި އަލިފާނުގެ ހާދިސާއެއް ހިނގިޔަސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅޭނެ އެއްވެސް ގޮތެއް ނެތް: ބޮންޑާ

މާލޭ ސަރަހައްދުގައި ތަރައްގީކޮށްފައިވާ ޓަވަރުތަކުގައި އަލިފާނުގެ ހާދިސާއެއް ހިނގިޔަސް، ރައްކާތެރިކަމުގެ ފިޔަވަޅު އެޅޭނެ އެއްވެސް ގޮތެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެއެވެ.

ސްޕެއިންގެ އުފާފާޅުކުރާ ފްރޭމްގައި ހުންނެވުމުން ޓްރަމްޕާއި އިންފަންޓީނޯއަށް މަލާމާތް

ވޯލްޑް ކަޕްގެ ފައިނަލު މެޗަށް ފަހު، ޗެމްޕިއަން ސްޕެއިންއިން ތަށި އުފުލާލައި އުފާފާޅު ކުރި ފްރޭމަށް އަރާވަޑައިގަތުމުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އޭނާގެ އެކުވެރިޔާ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

Loading fresh headlines…