Live 359,182 stories Updated Sep 6, 2026
Browse topics All stories

Latest stories

Live feed

ފުރޮޅުފިލާގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 14 އާ ހަމައަށް

މާފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ "ފުރޮޅުފިލާ ޗަރުކޭސް" ސްކޭޓްބޯޑިން މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ. މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، މިފުރުސަތު މިމަހުގެ 14 ވަނަ ދުވަހާ ހަމައަށް އޮންނާނެއެވެ. ސެޕްޓެމްބ…

މާޔޫސްވެފައި ތިބި ޕާކިސްތާނު ކުޅުންތެރިންނާ ރަސްގެފާނު ޗާލްސް ބައްދަލުކޮށްފި

ބޮޑު ތަފާތަކުން އިނގިރޭސިން އަތުން ބަލިވުމާއެކު ގިނަ ކުޅުންތެރިންތަކެއް ޓީމުން ކުއްލި ގޮތަކަށް ޓީމުން ބާކީ ކުރުމުން މާޔޫސްވެފައި ތިބި ޕާކިސްތާނުގެ ކްރިކެޓް ޓީމާ އިނގިރޭސި ރަސްގެފާނު ޗާލްސް ބައްދަލު ކުރައްވައިފި އެވެ. ކްލަރެންސް ހައުސްގައި ބޭއްވި މި ބައްދަލު ކުރެއްވުމުގައި ޕާކިސްތާނުގެ ކްރިކެޓް ބޯޑ…

ޔޫއެސް އޯޕަން: ފިރިހެން ގިނަ ކުޅުންތެރިންގެ ނަސީބު ދެރަ

އެމެރިކާގައި މިހާރު ކުރިއަށްދާ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް އިވެންޓުގައި ސީޑު ކޮށްފައިވާ ކުޅުންތެރިންނަށް ބަދުނަސީބު ފަހަރެއްގެގޮތުގައި ބެލެވެން ފަށައިފިއެވެ. މިފަހަރުގެ މުބާރާތުގެ ފުރަތަމަ ހަފްތާގެ ތެރޭގައި މިހާތަނަށް ގަދަ 10 ގެ ތެރޭގައި ސީޑު ކުރެވިފައިވާ 6 ކުޅުންތެރިން ވަނީ…

އަންޑަރ 20 ވިމެންސް ވޯލްޑް ކަޕްގެ ފުރަތަމަ މެޗުން ޕޯލަންޑް މޮޅުވެއްޖެ

ޕޯލަންޑްގައި ރޭ ފެށި ފީފާ އަންޑަރ 20 ވިމެންސް ވޯލްޑް ކަޕްގެ ފުރަތަމަ މެޗު މުބާރާތް ބާއްވާ ޤައުމު ޕޯލަންޑުން ކާމިޔާބު ކޮށްފިއެވެ. ކަޓޮވައިސްގެ އެރީނާ ކަޓޮވައިސްގައި ކުޅުނު މިމެޗު ޕޯލަންޑުން ކާމިޔާބު ކޮށްފައިވަނީ އާޖެންޓީނާ އާއި ބައްދަލުކޮށް 3 ލަނޑު ސުން ލަނޑުންނެވެ. ގްރޫޕް އޭއަށް ނިސްބަތްވާ މިމެޗުގަ…

މިވަގުތަށް ވެސް ސްޓިކާ ޖެހުން ނޫން ހައްލެއް އެބައޮތް؟

މާލެ ސަރަހައްދުގައި އެއްގަމު އުޅަނދުފަހަރުގެ މައްސަލަތައް އޮތީ "ތޮއްޖެހިފަ" އެވެ. ސަރަހައްދަށް ނުކަތާ ވަރަށް އުޅަނދުތައް ގިނަވެ، މަގުތައް ފުރިބާރުވެ އަދި އެކްސިޑެންޓުތައް ވެސް އިތުރުވެ، ހިނގައިވެބިނގާވެ އުޅުމުގެ ދަތިކަން އިންތިހާ އަށް ބޮޑެވެ. މި މައްސަލަތައް ހައްލުކުރަން ހަރުކަށި ގާނޫނުތައް ހެދިޔަސް…

އޭޝިއަންގޭމްސް: ތައްޔާރުވާން އިންޑިއާ ކުޅުންތެރިން ކޮންޓޭނަރުތަކަށް

މި މަހު ފަހުކޮޅު ފަށާ އޭޝިއަން ގޭމްސް އަށް ތައްޔާރުވާން އިންޑިޔާގެ ބައެއް އެތްލީޓުން ކޮންޓޭނަރުތަކަށް ވައްދައިފި އެވެ. އިންޑިޔާއިން އަމިއްލަ އަށް ތައްޔާރު ކުރި ކޮންޓޭނަރު ތަކުގައި ކުޅުންތެރިން ބައިތިއްބަން ފެށީ ޖަޕާނުގައި ކުޅުންތެރިން ތިބެން ޖެހޭނީ އެއާކޮންޑިޝަން ކޮށްފައިވާ ކޮންޓޭނަރުތަކުގައި ހަދާ…

ނޭޕާލުގައި ކިސަޑުން ވަޅުލެވުނު ގެއެއްގެ ތެރެއިން 10 ދުވަސް ފަހުން މީހަކު ސަލާމަތްކޮށްފި

ނޭޕާލަށް ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމާ އެކު މުޅި ސަރަހައްދަށް ފެތުރިގެންދިޔަ ކިސަޑުގެ ތެރޭ އޮތް 64 އަހަރުގެ އަންހެނަކު 10 ދުވަސް ފަހުން ދިރިހުއްޓާ ސަލާމަތްކޮށްފި އެވެ.

ބަރުދަން ލުއިކުރާ އާ ބޭހެއްގެ ފޭކެއް ބްލެކް މާކެޓްގައި އާންމުވެ އެތައް ބަޔަކު ނުރައްކަލަށް

އިންސާނުން ބޭނުންކުރުމަށް އަދި ރަސްމީ އެއްވެސް އިދާރާއަކުން ހުއްދަދީފައިނުވާ، ހަށިގަނޑުގެ ބަރުދަން ލުއިކޮށްދޭ އާ ބޭހެއް ކަމަށްވާ "ރެޓާޓްރޫޓައިޑް" ގެ ފޭކު ބޭސްތަކެއް އިނގިރޭސިވިލާތާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަރަށް އާންމުވެ، ސިއްހީ މާހިރުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

އެމެރިކާގެ މަނަވަރުތަކަށް ހަމަލާދިނުމުން އެމެރިކާގެ ރައްދު އީރާނުގެ ތެޔޮ ޓޭންކަރުތަކަކަށް

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން އެމެރިކާގެ އަސްކަރީ ދެ މަނަވަރަކަށް އަމާޒުކޮށް ބެލިސްޓިކް މިސައިލް ހަމަލާތަކެއް ފޮނުވާލުމާ ގުޅިގެން، އީރާނުގެ ސާފުނުކުރާ ތެޔޮ އުފުލާ ތިން ބޯޓަކަށް ރައްދުގައި އެމެރިކާ ސިފައިން ހަމަލާދީފި އެވެ.

ވަޒީރުންގެ މެސެޖްތަކެއް ރައީސް ޔާމީނަށް

މިސަރުކާރުގެ ހަތަރު ވަޒީރެއް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރައްދުކޮށްދެއްވުމަށް ބޭނުންފުޅުވި މެސެޖްތަކެއް ބާރަށު ދާއިރާގެ މެމްބަރ އިބްރާހީމް ޝުޖާއު މިރޭ ކުރިޔަށްދިޔަ ޕީއެންސީގެ ޖަލްސާގައި ވިދާޅުވެދެއްވައިފިއެވެ.

Loading fresh headlines…