ގެއްލިގެން އާއިލާގެ ފަރާތުން ރިޕޯޓް ކުރުމާ ގުޅިގެން ހޯދަމުންދިޔަ މިހާ އަމިއްލައަށް ހެންވޭރު ޕޮލިސް ސްޓޭޝަނަށް ގުޅައި، ހާޒިރުވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ގެއްލިގެން ހޯދަމުންދިޔައީ އުމުރުން 25 އަހަރުގެ މަރްޔަމް މާއީ ޖަމީލް އެވެ.

ފުލުހުން މައުލޫމާތު ދިންގޮތުގައި އޭނާގެ ހާލު ރަނގަޅެވެ. އަދި މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.