Live 359,092 stories Updated Sep 16, 2026
Browse topics All stories

Latest stories

Live feed

މުޅިރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ތަފާތު ހާދިސާތައް ހިނގަމުންދާތީ ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސްކޮށްފި

މުޅިރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ތަފާތު ހާދިސާތައް ހިނގަމުންދާތީ ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި އެވެ.

ގާނޫނު ހަދައިގެން އިހުތިރާމު އަދާކުރުން މަޖުބޫރުކުރާ ދިމާލަށް ގެންދިއުމަށް މި ސަރުކާރުން ދަނީ މަސައްކަތް ކުރަމުން: މެންބަރު މައުރޫފް

ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ ގާނޫނެއް ހަދައިގެން އެންމެންނަށް އިހުތިރާމު އަދާކުރުން މަޖުބޫރުކުރުވާ ދިމާލަށް ގެންދިއުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ ނައިބު ރައީސް ކަމަށް ވާދަކޮށް ނިމާލް އާއި އަސްމާއަށް ނާކާމިޔާބު

ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސްގެ މަގާމަށް ވާދަކުރައްވައި، އެ ޕާޓީގެ މިހާރުގެ ނައިބު ރައީސް އަދި އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލް އާއި މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދަށް ނާކަމިޔާބީއާ ކުރިމަތިވެވަޑައިގެންފިއެވެ.

މައްކާއަށް އަމާޒުކޮށް ދޭން އުޅުނު ހަމަލާ ރައީސް ކުށްވެރިކުރައްވައިފި

މައްކާގެ މުޤައްދަސް ބިމަށް ޙޫޘީން ދޭން އުޅުނު ޑްރޯން ހަމަލާއަކީ އިސްލާމީ އުއްމަތުން އެއްގޮތަކަށްވެސް ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މައްކާގެ މުޤައްދަސް ބިމަށް އަމާޒުކޮށް ޔަމަނުގެ ޙޫޘީން ޑްރޯން ހަމަލާއެއް ފޮނުވާލާފައިވަނީ މިމަހުގެ 15…

އޭޓީއެމް ފެއަރގައި ރާއްޖޭގެ ތާރީޚީ ދަތުރު؛ މެދުއިރުމަތިން ދުނިޔޭގެ ސަމާލުކަމަށް

އަރަބިއަން ޓްރެވެލް މާކެޓް، އޭޓީއެމްއަކީ މެދުއިރުމަތީގައި ބާއްވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު ބައިނަލްއަޤްވާމީ ފެއަރއެވެ. ދުބާއީގައި ކޮންމެ އަހަރަކުވެސް ބާއްވާ މި ފެއަރއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާއި، ޓްރެވެލް އެޖެންޓުންނާއި، ޓުއަ…

އޭޝިއަން ގޭމްސްއަށް ޤައުމީ ސްވިމިންގް ޓީމު ޖަޕާނަށް ފުރައިފި

މި މަހު ޖަޕާނުގައި ފަށާ އޭޝިއަން ގޭމްސްއަށް ގައުމީ ސްވިމިންގް ޓީމުގެ އެތުލީޓުން ޖަޕާނަށް ފުރައިފިއެވެ. މީގެ ކުރިން ރާއްޖޭގެ ސާފިން ޓީމާއި، ޓޭބަލް ޓެނިސް، ޝޫޓިންގ، އަދި ބީޗް ވޮލީބޯޅަ ޓީމު ވަނީ ޖަޕާނަށް ފުރައިފައެވެ. އޭގެ ތެރެއިން ސާފިން ޓީމު ޖަޕާނަށް ފުރީ މިދިޔަ ހަފުތާގައެވެ. ޓޭބަލް ޓެނިހާއި، ޝޫޓިނ…

ފުރޮޅުފިލާގައި 90 އަށްވުރެ ގިނަ އެތުލީޓުން ރަޖިސްޓްރީވެއްޖެ

"ފުރޮޅުފިލާ ޗަރުކޭސް" ސްކޭޓްބޯޑިން މުބާރާތުގައި މިހާތަނަށް 90 އަށްވުރެ ގިނަ އެތުލީޓުން ރަޖިސްޓްރީވެއްޖެކަމަށް ފުރޮޅުފިލާ ކުލަބުން ބުނެފިއެވެ. މުބާރާތުގެ ފަހުގެ މައުލޫމާތުތައް ޕީއެސްއެމް ނިއުސްއާ ހިއްސާކުރަމުން ކުލަބުން ބުނެފައިވަނީ މުބާރާތުގައި ރަޖިސްޓްރީވުމުގެ ސުންގަޑި ހަމަވީއިރު، 90 އަށްވުރެ ގިނ…

Loading fresh headlines…