ޣައްޒާއަށް އިޒްރޭލުން ދިން ހަމަލާއެއްގައި ހަލާކުވެފައި ހުރި ގެއެއް ވެއްޓި 20 މަރު
އިޒްރޭލުން މީގެ ކުރިން ޣައްޒާއަށް ދިން ހަމަލާތަކުގައި ގެއްލުންވެފައި ހުރި އެޕާޓްމަންޓް އިމާރާތެއް ވެއްޓި، މަދުވެގެން 20 މީހުން މަރުވެއްޖެ އެވެ. އޭގެ ތެރޭގައި ފަސް ކުޑަކުދިން ހިމެނޭކަމަށާއި، އިތުރު ގިނަ ބަޔަކު ގެއްލިގެން ހޯދަމުން އަންނަ ކަމަށް ޣައްޒާގެ ކަމާބެހޭ ފަރާތްތަކުން މިއަދު ވަނީ ބުނެފަ އެވެ.