ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ކަނޑުގެ ސަރަހައްދުގައި ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް، އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
އެމްއެންޑީއެފުން ބުނީ މި ބޯޓު ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 16 ސެޕްޓެމްބަރު 2026 ގައި، ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށް ކޯސްޓުގާޑުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ.
ކ.ދިއްފުށީގެ އިރުން 123 ނޯޓިކަލް މޭލު ބޭރުގައި 6 މީހުންނާ އެކު ހަރަކާތްތެރިވި މި ބޯޓު މާލެ ގެނެއުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ބޭރު ގައުމުތަކުގެ މަސްބޯޓުތައް ވަދެ، ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުންދާނަމަ އެމްއެންޑީއެފް ކޯސްޓްގާޑުން މީގެ ކުރިންވެސް އެކި ފަހަރު މަތިން ވަނީ އެ ބޯޓުތައް އަތުލައިގެންފައެވެ.