ސިކުންތަކު 20,000 ފޯކޭ ފިލްމު ޑައުންލޯޑުކުރެވޭ ސްޕީޑާއެކު އޮޕްޓިކަލް ފައިބާގެ ދުނިޔޭގެ އާ ރެކޯޑެއް ޗައިނާއަށް
29 Oct 2026, 09:06 އޮޕްޓިކަލް ފައިބަރު މެދުވެރިކޮށް ރިއަލް-ޓައިމްކޮށް ނުވަތަ ވަގުތުން މައުލޫމާތު ފޮނުވުމުގެ ދާއިރާއިން ސިކުންތަކު 3.2 ޕެޓާބިޓްސް (ޕީބީ/އެސް) ގެ ދުވެއްޔެއް ހޯދައި، ދުނިޔޭގެ އާ ރެކޯޑެއް ޗައިނާގެ ރިސާޗަރުން ގާއިމުކޮށްފިއެވެ. މި ކާމިޔާބީއަކީ 24 ކޯގެ ކޭބަލެއް ބޭނުންކޮށްގެން ހޯދި ކާމިޔާބީއެއް ކަމަށްވާއިރު، އެންމެ ސިކުންތެއްގެ ތެރޭގައި 20,000 އަށްވުރެ ގިނަ 4ކޭ ފިލްމު ޑައުންލޯޑު ކުރެވޭނެ ފަދަ އިންތިހާއަށް އަވަސް ދުވެއްޔެކެވެ. މި ކަން އިއުލާންކޮށްފައިވަނީ ޗައިނާގެ ހޫބެއި ޕްރޮވިންސްގެ ރަސް…