Live 355,626 stories Updated Jan 10, 2026
Browse topics All stories

Latest stories

Live feed

ޓްރަމްޕްގެ އިތުރު އިންޒާރުތަކާއެކު އިރާނު ދިފާއުކުރާނެކަމަށް އަސްކަރިއްޔާއިން ބުނެފި

އިރާނުގައި މިހާރު ހިނގަމުންދާ މުޒާހަރާތަކާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިތުރު އިންޒާރެއް އިރާނުގެ ސަރުކާރަށް ދީފައިވާއިރު އިރާނު ހިމާޔަތްކޮށް ދިފާއުކުރާނެކަމަށް އިރާނުގެ އަސްކަރިއްޔާއިން ބުނެފިއެވެ.

މާޒިޔާ އަށް 11 ޕޮއިންޓުގެ ލީޑެއް

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ވިކްޓަރީ ސްޕޯޓްސް ކުލަބު ބަލިކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިން ބޮޑު ލީޑަކާ އެކު ލީގު ހޯދުމާ ގާތަށް ޖެހިލައިފިއެވެ. މާޒިޔާ މެޗު ކާމިޔާބު ކުރީ 3-0 ލަނޑުންނެވެ. މި މޮޅާއެކު މާޒިޔާ އަށް ތާވަލުގެ އެއްވަނަ ލިބެނީ ކުޅުނު 13 މެޗުން 40 ޕޮއިންޓް ހޯދައިގެންނެވެ. ދެ…

ޝަހީބަށް އިއްވާފައިވާ 50 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު ހައިކޯޓުން ބަލައިގެންފި

މަސްތުވާތަކެތީގެ ބޮޑެއްކަމަށް ފުލުހުންނާއި ޕްރޮސެކިއުޓަރުން ބުނާ ޝަހީބު އިބްރާހީމަށް އިއްވާފައިވާ 50 އަހަރުގެ ޖަލު ހުކުމް އިސްތިއުނާފު ކުރުމަށް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައިގަނެފިއެވެ.

9 ދުވަހުގެ ތެރޭގައި މަސްވެރިންނަށް 10 މިލިއަނަށް ވުރެއް ގިނަ ރުފިޔާ

މި އަހަރުގެ ފުރަތަމަ 9 ދުވަހުގެ ތެރޭގައި މަސްވެރިންނަށް 10 މިލިއަނަށް ވުރެއް ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެމެރިކާގެ އަސްކަރީ އެހީއަށް ބަރޯސާވުން ނިމުމަކަށް ގެންނަން ޔަހޫދީން މަސައްކަތް ކުރަނީ

ކުރިއަށް އޮތް ދިހަ އަހަރު ދުވަހުގެ ތެރޭގައި، އެމެރިކާއިން ފޯރުކޮށްދެމުންދާ އަސްކަރީ އެހީއަށް ބަރޯސާވުން ނިމުމަކަށް ގެނައުމުގެ މަސައްކަތް ކުރެވެމުންދާކަމަށް ޔަހޫދީންގެ ނިރުބަވެރި ދައުލަތުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ. ނަތަންޔާހޫ ބުނީ ޔަހޫދީންގެ އެންމެ ބޮޑު މަދަގުދާރު، އެމެރިކާގެ ރައ…

Loading fresh headlines…