Live 342,950 stories Updated Jan 30, 2026
Browse topics All stories

Latest stories

Live feed

ރައީސް މުއިއްޒު ގެ ދަތުރުފުޅާ ދިމާކޮށް އަވަސް އަރުވާލާފަ މިސްކިތް ތަޅާލިޔަސް، އެތަނުގައި އަޅާ އިސްލާމިކް ސެންޓަރު ގެ މަސައްކަތް ހުއްޓިފައި: މިލަންދޫ ކައުންސިލް

ރައީސް މުއިއްޒު ށ. މިލަންދޫ އަށް ކުރެއްވި ދަތުރުފުޅާ ދިމާކޮށް ށ. މިލަންދޫ ގައި އެއާކޮންޑިޝަން ކޮށް ހަދާފައިވާ މިސްކިތް އަވަސް އަރުވާލައިގެން ތަޅާލުމަށްފަހު، ބިންގާ އެޅި އިސްލާމިކް ސެންޓަރުގެ މަސައްކަތް އެކަށީގެންވާ ގޮތަށް ކުރިޔަށް ނުދާ ކަމަށާއި މަސައްކަތް ގާތް ގަނޑަކަށް ހުއްޓިފަ ވާކަމަށް މިލަންދޫ ކަ…

ވިކްޓަރީ ބަލިކޮށް ޓީސީން ފޯމު ދަމަހައްޓައިފި

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ވިކްޓަރީ ސްޕޯޓްސް ކުލަބް ބަލިކޮށް ޓީސީ ސްޕޯޓްސް ކުލަބުން ދެވަނަ ބުރުން ފެށިގެން އެޓީމުގެ ރަނގަޅު ފޯމު ދަމަހައްޓައިފިއެވެ. ލީގުގެ ރެލިގޭޝަން ޒޯނުން ސަލާމަތްވެ އަންނަ ސީޒަންގެ ދިވެހި ޕްރިމިއަރ ލީގުގެ ޕްލޭއޮފްއަށް ކޮލިފައިވެފަވާ ޓީސީން ވިކްޓަރީގެ މައްޗަށް ކުރި ހޯދީ 1-…

ސަސްޕެންޝަންގައި ހުރި އެފްއައިޔޫ ގެ ވެރިޔާ ސާޖިދު މަޤާމުން ވަކިކޮށްފި

މިދިޔަ އަހަރު ފަހުކޮޅުން ފެށިގެން ސަސްޕެންޑު ކޮށްފައި ހުރި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ވެރިޔާ އިސްމާއިލް ސާޖިދު އެ މަގާމުން ވަކި ކޮށްފި އެވެ.

އެކައުންޓުން ފައިސާ ނެގި މައްސަލަ: އިތުރު 3 މީހަކު ހައްޔަރުކޮށްފި

މީހެއްގެ ސޯޝަލް މީޑިއާ އެކައުންޓުތައް ކޮމްޕްރޮމައިޒްކޮށް، އޭނާގެ ހިއްސާ އޮންނަ ކުންފުނީގެ ބެންކު އެކައުންޓުން 279،000 އަށް ވުރެ ގިނަ ރުފިޔާ ނެގި މައްސަލައިގައި އިތުރު ތިން މީހުން ހައްޔަރުކޮށްފި އެވެ.

ޑިވެލޮޕްމަންޓް ބޭންކަށް ވިޔަފާރި ފެށުމުގެ ހުއްދަ އެމްއެމްއޭ އިން ދީފި

ދިވެހިރާއްޖޭގެ ތަރައްގީގެ ބޭންކު، ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް (ޑީބީއެމް) އަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ރަސްމީކޮށް ބޭންކުގެ ވިޔަފާރި މުޢާމަލާތްތައް ފެށުމުގެ ހުއްދަ ދޫކޮށްފި އެވެ.

ފަލަސްޠީންގެ ނޫސްވެރިޔާ ބިސާން ޓިކްޓޮކުން ބޭރުކޮށްލައިފި

މިލިއަނަކަށް ވުރެ ގިނަ މީހުން ފޮލޯކުރާ، ފަލަސްޠީންގެ މަޝްހޫރު ނޫސްވެރިޔާ، ބިސާން އޫދާ ޓިކްޓޮކުން ބޭރުކޮށްލައިފިއެވެ. ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް، އަލްޖަޒީރާ ފަދަ ނޫސްތައް މެދުވެރިކޮށް ދުނިޔެއަށް ހާމަކޮށް، ބައިނަލްއަޤުވާމީ ގިނަ އެވޯޑުތަކެއް ޙާޞިލްކޮށްފައިވާ ބިސާން، އެކްސް …

މެރިޓައިމް ކޮންފަރެންސްގެ ބްރޯޑްކާސްޓް ޕާޓްނަރަކަށް ޕީއެސްއެމް

ދެވަނަ "މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް" ކޮންފަރެންސް ބްރޯޑްކާސްޓިންގް ޕާޓްނަރަކަށް ޕަބްލިކް ސާވިސް މީޑިއާ، ޕީއެސްއެމް ހަމަޖައްސައިފިއެވެ. މި ކޮންފަރެންސްގެ ޕާޓްނަރުންނާއެކު ސޮއިކޮށްފައިވަނީ މިކަމަށްޓަކައި އެމްޕީއެލް ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑްއިން އ…

ދަމަނަވެށިން ވެކްސިން ހުސްވެ، އުމްރާ ވެރިންނަށް ބައެއްކަހަލަ ވެކްސިން ދިނުން މެދުކަނޑާލައިފި

ދަމަނަވެށިން ބައެއް ކަހަލަ ވެކްސިން ހުސްވުމުގެ ސަބަބުން މި ރަމަޟާން މަހު ރާއްޖެއިން އުމްރާގެ އަޅުކަން އަދާކުރަން ސައުދީ އަރަބިއްޔާ އަށް ފުރާ މީހުންނަށް ދޭން ޖެހޭ ބައެއް ކަހަލަ ވެކްސިން ދިނުން މެދުކަނޑާލައިފި އެވެ.

އޮމާނާއި ގުޅިގެން ހަކަތައިގެ މަޝްރޫއުތައް ކުރިއަށްގެންދިއުމަށް މަޝްވަރާކުރައްވައިފި

ތެލުގެ މުއްސަނދިކަން ލިބިފައިވާ މެދު އިރުމަތީގެ ޤައުމެއްކަމަށްވާ އޮމާނާއި ގުޅިގެން ހަކަތައިގެ މަޝްރޫއުތައް ރާއްޖޭގައި ކުރިއަށްގެންދިއުމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މިކަމާއި ގުޅޭގޮތުން މަޝްވަރާކުރެއްވީ މާލީ ކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާބެހޭ ވަޒީރު މޫސާ ޒަމީރު އޮމާނަށް ކުރައްވަމުނ…

Loading fresh headlines…