Live 342,400 stories Updated Feb 18, 2026
Browse topics All stories

Latest stories

Live feed

ހަފުތާއެއްގެ ތެރޭ މާލެ ސަރަޙައްދުގައި 43 އެކްސިޑެންޓު!

މި މަހުގެ 8 ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހާއި ހަމައަށް މާލެއާއި ސިނަމާލެ ބުރިޖު އަދި ހައިވޭގައި ޖުމްލަ 43 އެކްސިޑެންޓް ހިނގާފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. ފުލުހުން ޢާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މާލެއާއި، ބްރިޖު އަދި ހައިވޭ ހިމެނޭހެން މި މުއްދ…

ރަމަޟާން މަހު މުދާ އުފުލުމަށް ބޭނުންކުރާ އުޅަނދުތަކާއި ބަރު އުޅަނދުތައް ދުއްވުމާއި މުދާ އުފުލުން މަނާ ގަޑިތައް ކަނޑައަޅައިފި

ރަމަޟާން މަހާއި ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހު ގްރޭޓަރ މާލެ ސަރަހައްދުގައި މުދާ އުފުލުމަށް ބޭނުންކުރާ އުޅަނދުތަކާއި ބަރު އުޅަނދުތައް ދުއްވުން މަނާ ގަޑިތައް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން ކަނޑައަޅައިފި އެވެ.

"ހޭންޑީ"ގެ ބިއްލޫރި ފުޅީގެ ފެން ބޭނުން ނުކުރަން އަންގައިފި

ހޭންޑީ' ބްރޭންޑުގެ ބިއްލޫރި ފުޅީގެ ފެން ބޭނުން ނުކުރަން މޯލްޑިވްސް ފުޑްއެންޑް ޑްރަގް އޮތޯރިޓީން އަންގައިފިއެވެ. އެމްއެފްޑީއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ހޭންޑީ ވޯޓަރ ބޮޓްލިންގ ޕްލާންޓުން އުފައްދާ 'ހޭންޑީ' ބްރޭންޑުގެ ބިއްލޫރި ފުޅީގެ ފެން މަނާ ކުރީ، ޖަރާސީމުން ތަޣައްޔަރުވެފައިވާތީ ކަމަށ…

ބަންގްލަދޭޝްގެ ބޮޑުވަޒީރު ހުވާކުރުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ބަންގްލަދޭޝްގެ ބޮޑުވަޒީރު ކަމަށް އަލަށް އިންތިޚާބުވެ ވަޑައިގެންނެވި ތާރިޤް ރަޙްމާން މަޤާމުގެ ހުވާކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފިއެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރު ހުވާކުރުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބަންގްލަދޭޝްގެ ބޮޑުވަޒީރު ކަމަށް އަލަށް އިންތިޚާބުވެ ވަޑައިގެންނެވި ތާރިޤް ރަޙްމާން މަޤާމުގެ ހުވާކުރެއްވުމާއި އައު ސަރުކާރު ހުވާކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފިއެވެ. މިއަދު މެންދުރުފަހު މި ރަސްމިއްޔާތު އޮތީ، ޑާކާގެ ނޭޝ…

"ރައްޔިތުންގެ ކުރިއެރުމަށް، އިންޑިއާއިން އަބަދުވެސް އެހީވާނަން"

އަސާސީ ޚިދުމަތްތައް ޤާއިމުކުރުމާއި ރައްޔިތުންނަށް މަންފާވާ މަސައްކަތްތަކުގައި އިންޑިއާއިން އަބަދުވެސް ރާއްޖެއަށް އެހީތެރިކަން ދޭނެ ކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބާލަސުބްރަމާނިއަން ވިދާޅުވެއްޖެއެވެ. ފ އަދި ދ.އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ފެށުމަށް ބޭނުންވާ ފ…

ރޯދަ މަހު ފެރީ ދަތުރުތަކާއި ބަސް ދަތުރުތައް ކުރާ ގަޑިތަކަށް ބަދަލު އަންނާނެ

ރޯދަ މަހު މާލެ ސަަރަހައްދު ގައި އެމްޓީސީސީން ފޯރުކޮށްދޭ ފެރީއާއި ބަހުގެ ޚިދުމަތްތައްދޭ ގަޑިތަކަށް ބަދަލު ގެނެސްފައިވާ އިރު، އާންމު ފެރީ ދަތުރުތަކުގެ ތެރެއިން 24 ގަޑިއިރު ޚިދުމަތް ފޯރުކޮށްދޭ މާލެ-ވިލިމާލެ ފެރީގެ ޚިދުމަތް ހަވީރު 5:50ން 7:00އާ ހަމައަށް މެދުކެނޑޭނެ އެވެ.

Loading fresh headlines…