Live 342,400 stories Updated Feb 18, 2026
Browse topics All stories

Latest stories

Live feed

މިހާރު ބަދިގެ: ކެއްކުމާއި ދިރިއުޅުމުގެ އެތައް ރަހަތަކެއް

ކެއްކުމަކީ ގިނަ ބަޔަކަށް ތެރަޕީއެކެވެ. މީރު ކެއުމެއް ތައްޔާރުކޮށްލެވުމުން ލިބޭ ހިތްހަމަޖެހުން ބޮޑެވެ. ރޯދަ މަހު މި ހިތްހަމަޖެހުން ދެ ގުނަ ވަނީ އެ ކެއުމަކަށް އިންސާފުކުރަން އާއިލާ އާއި ރައްޓެހިންނާ އެކު ހޭދަކުރާ އުފާވެރި ވަގުތުކޮޅުންނެވެ.

ތާރިގް ރަހްމާން ބަންގްލާދޭޝްގެ ބޮޑުވަޒީރުކަމުގެ ހުވާކުރައްވައިފި

ބަންގްލާދޭޝްގެ ބޮޑުވަޒީރުކަމުން 2024 ވަނަ އަހަރު ޝައިހް ހަސީނާ ދުރުކުރި، ލޭ އޮހޮރުވުން ބޮޑު މުޒާހަރާތަކަށް ފަހު އެ ގައުމުގެ ފުރަތަމަ ބޮޑުވަޒީރުކަމުގެ މަގާމަށް އިންތިހާބުކުރި ތާރިގް ރަހްމާން މިއަދު މަގާމުގެ ހުވާކުރައްވައިފި އެވެ.

އަސާސީ ބޭނުންތައް ފުއްދަން ދަތި މީހުންނަށް ބީއެމްއެލްގެ މުވައްޒަފުން އެހީތެރިވެއްޖެ

އަސާސީ ބޭނުންތައް ފުއްދަން ދަތި 200 އަށް ވުރެ ގިނަ ކުދިންގެ އާއިލާތަކަށް އަމާޒުކޮށް ކުރިއަށް އޮތް ރޯދަމަހާ ދިމާކޮށް، އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އެއިޑުން ހިންގާ ހަރަކާތުގައި ބީއެމްއެލްގެ މުވައްޒަފުން ވެސް ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދީފި އެވެ.

މާލޭ ވިޔަފާރި ބަނދަރުން 480 ޓަނުގެ ޕެރިޝަބަލް މުދާ ކްލިއަރކޮށްފި

ރަމަޟާން މަހާ ދިމާކޮށް އަންގާރަ ދުވަހުގެ މެންދުރާ ހަމައަށް މާލޭ ވިޔަފާރި ބަނދަރުން 480 ޓަނުގެ ޕެރިޝަބަލް ނުވަތަ އަވަހަށް ކުނިވާ ޒާތުގެ މުދާ ކްލިއަރކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ވިދާޅުވެއްޖެއެވެ. އެމްޕީއެލްއިން ވިދާޅުވީ، މިވަގުތު ޕެރިޝަބަލް މުދާ އުފުލާ 2 ބޯޓު ބަނދަރު ސަރަޙައްދުގައި…

ސިމްޑީ އިން ރޯދަ މަހާއި ދިމާކޮށް "ކުރިފްރެޝް"ގެ ނަމުގައި މޭވާ އާއި ތަރުކާރީ ލިބޭ ފިހާރައެއް ހުޅުވައިފި

ސިމްޑީ ގްރޫޕުގެ ފަރާތުން ރާއްޖޭގައި އުފައްދާ ތާޒާ އަދި ފެންވަރު ރަނގަޅު ދަނޑުވެރިކަމުގެ ބާވަތްތައް އާންމު ގޭބިސީތަކަށާއި، ވިޔަފާރިތަކަށް އަދި ފަތުރުވެރިކަމުގެ ދާއިރާއަށް ފޯރުކޮށްދިނުމަށްޓަކައި "ކުރިފްރެޝް" ގެ ފުރަތަމަ އައުޓްލެޓް މާލޭގައި ހުޅުވައިފި އެވެ.

މޯލްޑިވް ގޭސްއާއި ވިލާއިން 10 ކިލޯގެ ގޭސް ވިއްކަން ފަށައިފި

ރާއްޖެއަށް ތެޔޮ އެތެރެކުރާ މޯލްޑިވް ގޭސްއާއި ވިލާއިން އާންމުކޮށް ވިއްކާ ވަރަށް ވުރެ މަދުން ގޭސް ވިއްކާތާ ދުވަސްތަކެއް ފަހުން، އެ މައްސަލަ ހައްލުކޮށް، 10 ކިލޯގެ ގޭސް ރާއްޖެއަށް ގޭސް އެތެރެކުރާ ސަރުކާރު ކުންފުނި މޯލްޑިވް ގޭސްއާއި ވިލާއިން ވިއްކަން ފަށާފައިވާ ކަމަށް އެސްޓީއޯ އިން ބުނެފިއެވެ.

Loading fresh headlines…