Live 341,193 stories Updated Mar 15, 2026
Browse topics All stories

Latest stories

Live feed

ރެފަރެންޑަމްގެ މައުލޫމާތު ފޯރުކޮށްދޭން ދައުލަތުގެ މީޑިއާއިން ހަމަހަމަ ފުރުސަތެއް ނުލިބޭ: ވައްޑެ

ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ނަގާ ރިފަރެންޑަމްގެ މައުލޫމާތު ދިނުމަށް ދައުލަތުގެ މީޑިއާއިން ހަމަހަމަ ފުރުސަތު ނުލިބޭކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ދަރިފުޅަށް ދޭ ވަގުތު އިތުރުކުރުމާއި ގުޅޭ އިސްލާހު ތަސްދީޤުކުރައްވައިފި

ދަރިފުޅުގެ އުމުރުން 2 އަހަރު ވަންދެން ޑިއުޓީ ވަގުތުން އެ ދަރިފުޅަށް ވަގުތު ދޭން ވަޒީފާއާބެހޭ ޤާނޫނަށް ގެނައި 9ވަނަ އިސްލާހު ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީޤު ކުރައްވައިފިއެވެ. މިއީ މި މަހުގެ 8ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލެކެވެ. ސަރުކާރުގެ ފަރާތުން ވަޒީފާއާބެހ…

ޢުމްރާގެ އަޅުކަން އަދާކުރަމުންދިޔަ ދިވެއްސަކު ނިޔާވެއްޖެ

ރަމަޟާން މަހު ޢުމްރާގެ އަޅުކަމަށް މައްކާގައި ހުރި ދިވެއްސަކު ނިޔާވެއްޖެއެވެ. ނިޔާވެފައިވަނީ ޙިޖާޒް ޙައްޖު އެންޑް ޢުމްރާ ގްރޫޕްގެ ހަވާލުގައި ޢުމްރާއަށް ދިޔަ ގދ. ނަޑެއްލާއަށް ނިސްބަތްވާ ޢަލީ އިބްރާހީމް ދީދީއެވެ. އެއީ ޢުމުރުން 86 އަހަރުގެ ފިރިހެނެއްގެ. މަޢުލޫމާތު ލިބިފައިވާގޮތުގައި އިރުއޮއްސެނިކޮށް …

އިންޑިއާގެ ދެ ތެޔޮ ޓޭންކަރު ރައްކާތެރިކަމާ އެކު ހޮރްމޫޒް ކަނޑޯޅި ހުރަސްކޮށްފި

ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް (އެލްޕީޖީ) އުފުލާ އިންޑިއާގެ ދެ ޓޭންކަރު ރައްކާތެރިކަމާ އެކު ހޮރްމޫޒް ކަނޑޯޅި ހުރަސްކޮށް އިންޑިއާއަށް ދަތުރުކުރަމުން އަންނަ ކަމަށް އެ ގައުމުގެ ޝިޕިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެމެރިކާގެ ފަސް މަތިންދާބޯޓަކަށް އީރާނުން ބޮން އަޅައިފި

ޔަހޫދީންނާ ގުޅިގެން އީރާނާ ދެކޮޅަށް އެމެރިކާއިން ފަށާފައިވާ ނިރުބަވެރި ޢުދުވާނުގެ ރައްދުގައި އީރާނުން ދެމުންދާ ޙަމަލާތަކުގައި އެމެރިކާގެ އަސްކަރިއްޔާގެ ތެޔޮ އަޅައިދޭ އިތުރު ފަސް މަތިންދާބޯޓަށް ގެއްލުންލިބިފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ. އެމެރިކާގެ ވޯލް ސްޓްރީޓް ޖަރނަލް ނޫހުން އެމެރިކާގެ އަސްކަރ…

Loading fresh headlines…