Live 341,197 stories Updated Mar 15, 2026
Browse topics All stories

Latest stories

Live feed

ތެލަށް ޖެހުމުގެ ފުރުސަތު ބޮޑުކަމުން ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ: ނަޝީދު

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖެ ތެލަށް ޖެހުމުގެ ފުރުސަތު ބޮޑުކަމުން ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

ތެލަށް ޖެހިދާނެތީ ބޮޑެތި ފިޔަވަޅުތަކެއް އަޅަން ނަޝީދު ގޮވާލައްވައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ މާކެޓަށް ބުރޫއަރާފައިވާ މި ދަނޑިވަޅުގައި ރާއްޖެ ތެލަށް ޖެހުމުގެ ފުރުސަތު ބޮޑުކަމަށާއި އެކަމާ ގުޅިގެން ފިޔަވަޅުތައް އެޅުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

އައްޑޫ ސިޓީގައި ފެނަކައިގެ އިންޖީނިއަރިން ސްކޫލެއް އަޅަނީ

އައްޑޫ ސިޓީގައި ފެނަކަ ކޯޕަރޭޝަންގެ އިންޖީނިއަރިން ސްކޫލެއް އެޅުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖާޙް ވިދާޅުވެއްޖެއެވެ. މިދިޔަ އަހަރުގެ ފަހުކޮޅު މި މަސައްކަތް ކުރުމަށްޓަކައި މަސައްކަތް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ޕީއެސްއެމް ނިއު…

ރަމްޒީ ކައިވެނީގެ ހުވަފެނީ ހަފްލާއަށް ފަހު ރާއްޖޭގައި ބަންދު

ރާއްޖޭގެ ހިތްގައިމު ގޮނޑުދޮށުގައި ބޭއްވި، ކައިވެނި އިއުލާނުކުރުމުގެ ހުވަފެނީ ހަފްލާއަށް ފަހު ސިމޯނާ މުސޫ އާއި ޑީން ޝީޕާސް ތިބީ އުފަލުން ފޮޅިފަ އެވެ. އެކަމަކު މިދިޔަ މަހުގެ 22 ގައި ރާއްޖެއަށް އައުމަށް ފަހު ދަތުރު ނިމުމަކަށް އައީ ސައުތު އެފްރިކާއަށް ނިސްބަތްވާ އެކަމަކު ނެދަލެންޑުގެ އެމްސްޓަޑަމްގައި ދ…

އީރާނުގެ 50އަށްވުރެ ގިނަ އާސާރީ ބިނާތަކަށް ބޮޑެތި ގެއްލުންތަކެއް

އެމެރިކާ އާއި ޔަހޫދީން ގުޅިގެން އީރާނަށް ދެމުންދާ ޙަމަލާތަކުގައި އީރާނުގެ 56 އާސާރީ އަދި ތަރިކައިގެ މުޙިންމު ބިނާތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާކަމަށް އެ ޤައުމުގެ ސަޤާފަތާބެހޭ ވުޒާރާއިން ބުނެފިއެވެ. ބޮޑެތި ގެއްލުންތައް ލިބިފައިވާ ތަންތަނުގެ ތެރޭގައި ދާރުލްއާސާރުތަކާއި ތާރީޚީ ބިނާތައް ހިމެނޭއި…

މައްކާއަށް އައުމަށް ނަސީމާ ދުށް ހުވަފެން ޙަޤީޤަތަކަށްވީ ޢުމުރުން ދުވަސްވީފަހުން

މިއަހަރުގެ ރަމަޟާން މަހުގެ ޢުމްރާ ދަތުރުގައި ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ޢުމްރާއަށް އައި ދުވަސްވީ މީހުންގެ ނިސްބަތް ގިނަކަން ފާހަގަކުރެވެއެވެ. އޭގެތެރެއިން އެކަކީ ގދ. ގައްދޫއަށް އުފަން ނަސީމާ އަޙްމަދެވެ. މިއީ، އޭނާ މައްކާއަށް ކުރި ފުރަތަމަ ދަތުރެވެ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައި ނަސީމ…

ފިޔޯރީ މަސް ބަންދުކުރާ ކާރުޚާނާ އަންނަ އަހަރު އޮޕަރޭޝަނަށް ގެންނަނީ

ގދ. ފިޔޯރީގައި ޤާއިމުކުރާ ދަޅުގައި މަސް ބަންދުކުރާ ކާރުޚާނާގެ މަސައްކަތް ނިންމާ އަންނަ އަހަރުގެ މަސްވެރިންގެ ދުވަހަށް އެތަން އޮޕަރޭޝަނަށް ގެނައުމަކީ އަމާޒެއް ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. ގދ. ފިޔޯރީގައި ދަޅުގައި މަސް ބަންދުކުރާ ކާރުޚާނާ ތަރައްޤީ ކުރުމަށްޓަކައި ބިން ހިއްކުމާ…

މި ސަރުކާރުން ވޭތުވެދިޔަ ދެ އަހަރު ކުޅުދުުއްފުށީގެ ތަރައްޤީއަށް އެއްވެސް މަޝްރޫޢުއެއް ނުހިންގާތީ ރައްޔިތުން ތިބީ ހިތްހަމަނުޖެހިފައި: މޭޔަރ ޢާޠިފް

މި ސަރުކާރުން ވޭތުވެދިޔަ ދެ އަހަރު ކުޅުދުއްފުށި ސިޓީގެ ތަރައްޤީއަށް އެއްވެސް މަޝްރޫޢުއެއް ނުހިންގާތީ އެ ސިޓީގެ ރައްޔިތުން ތިބީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައިކަމަށް މޭޔަރ މުޙައްމަދު ޢާޠިފް ވިދާޅުވެއްޖެއެވެ.

Loading fresh headlines…