ގދ. ގައްދޫގައި މަސްދޯނިން މަހަށް ގޮސް އުޅުނު
މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އޭނާ މަރުވެފައި
އޮއްވައި ފެނިއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ދެއްވި މައުލޫމާތުގައިވާ
ގޮތުން މަސްދޯނިން މަހަށް ގޮސް އުޅުނު މީހަކު ގެއްލިފައިވާ ކަމުގެ މައުލޫމާތު މިމަހުގެ
7 ވަނަ ދުވަހުގެ ފަތިހު 05:40 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ.
މި މައްސަލާގައި ގެއްލުނު މީހާ ހޯދުމަށް ފުލުހުން
ކުރި މަސައްކަތުން އޭނާ މޫދު އަޑީގައި އޮއްވާ ފެނިގެން ވަނީ ގދ. ގައްދޫއަށް ގެންގޮސްފައެވެ.
އެމީހާ ގދ. ގައްދޫ ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ސިއްހީ
މަރުކަޒުން މައުލޫމާތު ދީފައިވެއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ އޭޝިޔާ ގދ. ގައްދޫ،
އިސްޙާޤު ރަޝީދު ނަމަކަށް ކިޔާ 44 އަހަރުގެ މީހެކެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.