Live 340,995 stories Updated Mar 22, 2026
Browse topics All stories

Latest stories

Live feed

އީރާނާއެކު ދެމިއޮތްކަމުގެ ޔަޤީންކަން ރަޝިޔާއިން ދީފި

އީރާނަށް މި ވަގުތު ކުރިމަތިވެފައިވާ އުނދަގޫ އަދި ބިރުވެރި ދަނޑިވަޅުގައި، ސާބިތުކަމާއެކު އީރާނާ އެކު އޮތްކަމުގެ ޔަޤީންކަން ރަޝިޔާއިން ދީފިއެވެ. މިދިޔަ ފެބްރުއަރީ މަހުގެ 28އިން ފެށިގެން އެމެރިކާ އާއި ޔަހޫދީން ގުޅިގެން އީރާނާ ދެކޮޅަށް ފަށާފައިވާ ނިރުބަވެި ޢުދުވާނުގައި، އީރާނާ އެންމެ ގާތް އެއް ޤައުމުކަ…

ރެފަރެންޑަމްއާ ގުޅޭގޮތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާމެދު ކަންކުރާ ގޮތުން ކޯޓުގެ މިނިވަންކަން އެނގޭނެ: ޔައުޤޫބް

އެމްޑީޕީގެ ވެރިކަން ނޫން އެހެން ވެރިކަންތަކުގައި އަބަދުވެސް ފެންނަނީ ސުޕްރީމް ކޯޓު އެއްކޮށް ހަލާކުކޮށްލާ މަންޒަރުކަމަށް ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔައުޤޫބް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ޤައުމީ ޓީމު ނަސަންދުރައިގައި ކޭމްޕް ކޮށްފި

20 އަހަރުން ދަށުގެ ސާފު ޗެމްޕިއަންޝިޕްގައި ވާދަކުރާ ދިވެހިރާއްޖޭގެ 20 އަހަރުން ދަށުގެ ޤައުމީ ފުޓުބޯޅަ ޓީމު ބާސެލޯ ނަސަންދުރައިގައި ކޭމްޕްކޮށްފިއެވެ. މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން ރާއްޖެ، ސްރީލަންކާ، ބަންގްލަދޭޝް އ، ނޭޕާލް އަދި ބޫޓާން ޓީމު މިހާރުވަނީ ނަސަންދުރައިގައި ކޭމްޕްކޮށްފައެވެ. …

ފެންނަ ނުފެންނަ ވޯޓުގައި ނޫނެކޭ އާ ދިމާލުގައި ޖަހާ ހެޔޮ ފާހަގައަކީ ރައްޔިތުންނަށް ނުހަނު ހެޔޮ ފާހަގައަކަށް ވެގެންދާނެ: އިހުސާން

އޭޕްރީލް 4 ގައި އޮންނަ ފެންނަ ނުފެންނަ ވޯޓުގައި ނޫނެކޭ އާ ދިމާލުގައި ޖަހާ ހެޔޮ ފާހަގައަކީ ރައްޔިތުންނަށް ނުހަނު ހެޔޮ ފާހަގައަކަށް ވެގެންދާނެ ކަމުގެ ޔަޤީންކަން ދޭކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު މުހައްމަދު އިހުސާން ވިދާޅުވެއްޖެ އެވެ.

ބަންގްލަދޭޝް ޓީމުވެސް މާލޭގައި

20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ބައިވެރިވާ ބަންގްލަދޭޝް ޓީމު ރާއްޖެ އަތުވެއްޖެއެވެ. ބަންގްލަދޭޝް ޓީމުވެސް ތިބުމަށް ހަމަޖެހިފައިވަނީ ބާސެލޯ ނަސަންދުރައިގައެވެ. ބަންގްލަދޭޝް ޓީމަކީ އެންމެ ފަހުން 2024 ވަނަ އަހަރު ނޭޕަލްގައި ބޭއްވި 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންޓީމެވެ. …

ހޮރްމޫޒް ކަނޑޯޅިން ދަތުރުކުރެވޭ ގޮތް ހެދުމުގައި ބައިވެރިވާނެ ކަމަށް 22 ގައުމަކުން ބުނެފި

އިޒްރޭލާއި އެމެރިކާއިން އީރާނަށް ދޭ ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން އީރާން ބަންދުކޮށްފައިވާ ހޮރްމޫޒް ކަނޑުއޮޅިން ރައްކާތެރިކަމާ އެކު ދަތުރުކުރެވޭނެ މަގު ފަހިކުރުމުގެ މަސައްކަތުގައި ބައިވެރިވާނެ ކަމަށް 22 ގައުމަކުން މިއަދު ބުނެފި އެވެ.

ސަރުކާރުން ދެ އިންތިޚާބު އެއްކުރަން އުޅޭ ގޮތް ގޯސް، ރެފަރެންޑަމްގައި ނޫނެކޭ ބުނަން ޖެހެނީ އެހެންވެގެން: މާރިޔާ

މި ސަރުކާރުން ދެ އިންތިޚާބު އެއްކުރަން އުޅޭ ގޮތް ގޯސް ކަމަށާ ރެފަރެންޑަމްގައި ނޫނެކޭ ބުނަން ޖެހެނީ އެހެންވެގެން ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

އައްޑޫގައި ހިނގި ކާރު އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެ އެކެއްގެ ހާލު ސީރިއަސް

އައްޑޫ ހިތަދޫގެ ހިއްކި ސަރަހައްދުގައި ބާރު ސްޕީޑުގައި ދުއްވި ކާރެއް ފުރޮޅާލައި ހިނގި އެކްސިޑެންޓެއްގައި އެކެއްގެ ހާލު ސީރިއަސްވެ ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

އެސްޓީއޯއިން ތެލުގެ އައު ޝިޕްމަންޓެއް ރާއްޖެ ގެނެސްފި

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯއިން ރާއްޖެއަށް ތެލުގެ އައު ޝިޕްމަންޓެއް ގެނެސްފިއެވެ. މެދުއިރުމަތީގައި މިހާރު ހިންގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގުވަނީ އުފުލިފައެވެ. ބާޒާރުގައި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު އުފުލިގެން ގޮސްފައިވާއިރު، ރާއްޖެއަށ…

Loading fresh headlines…