މި ވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ ވާދަވެރި އިންތިހާބުގެ ވޯޓުލުން ފަށައިފި އެވެ.
އެ އިންތިޚާބުގެ ވޯޓުލުން ފަށާފައި ވަނީ މިއަދު މެންދުރު 2:30 ގައެވެ.
އެ ޕާޓީން ބުނީ 2:30 ގައި ވޯޓުލުން ފަށާފައި ވާއިރު މިރޭ 8:30 އާ ހަމައަށް ވޯޓުލުން ކުރިއަށް ދާނެ ކަމަށެވެ.
މި އިންތިޚާބުގައި ވާދަކުރައްވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމެވެ.
މީކާއިލް ނުކުމެވަޑައިގެން ހުންނެވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ތާއީދާ އެކުއެވެ.
އެ އިންތިހާބުގެ ވޯޓުލުން، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރިއަށްދާއިރު ސްރީ ލަންކާގައި ދިރިއުޅޭ އެ ޕާޓީގެ މެމްބަރުންނަށް ވޯޓުލެވޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ. އެގޮތުން ލަންކާގައި އެއްފޮށި ހިމެނޭހެން ޖުމްލަ 241 ފޮށި ވަނީ ބަހައްޓާފައެވެ.
ޗެއަރޕާސަން އިންތިހާބަށް އެ ޕާޓީން ވަނީ ފޯރިގަދަ ކެމްޕޭނެއްކޮށްފައެވެ. އެ ކެމްޕޭނުގައި ދެ ފަރާތުން ދޭތެރެ ދޭތެރެއިން ބަހުގެ ހަމަލާތައްވެސް ވަނީ އަމާޒުކޮށްފައެވެ.