Live 340,812 stories Updated Mar 26, 2026
Browse topics All stories

Latest stories

Live feed

މެޑްރިޑުން އެމްއާރުއައި ހެދީ އެމްބާޕޭގެ ތަދުނުވާ ކަކޫތަ؟

ރެއާލް މެޑްރިޑުން އެމްއާރުއައި ހެދީ އޭނާގެ ތަދުނުވާ ކަކުލުގައި ކަމަށް ދެކެވޭ ވާހަކަ ފްރާންސްގެ ފޯވަޑް ކީލިއަން އެމްބާޕޭ ދޮގުކޮށްފި އެވެ. އޭނާ މިހެން ބުނީ ބްރެޒިލާ ދެކޮޅަށް ފްރާންސްގެ ކުޅޭ އެކުވެރިކަމުގެ މެޗުގެ ކުރިން ނޫސްވެރިން މިކަމާ ބެހޭ ގޮތުން ސުވާލު ކުރުމުންނެވެ. "އެއީ ރަނގަޅު ވާހަކައެއް ނޫނ…

ނޭޕާލް، ފީފާގެ ސަސްޕެންޝަނެއްގެ ތުންފަތް މަތީގައި

ސާފުގެ 20 އަހަރުނެ ދަށުގެ ފުޓްބޯޅަ މުބާރާތް ކުޅެން މިވަގުތު މާލޭގައި ތިބި ގައުމުތަކުގެ ތެރެއިން ނޭޕާލް، ފީފާގެ ސަސްޕެންޝަނެއްގެ ތުންފަތް މައްޗަށް ވެއްޓިއްޖެ އެވެ. މުބާރާތުގ ސެމީ ފައިނަލަށް އެންމެ ފުރަތަމަ ހޮވުނު ގައުމަށް މި މައްސަލަ ދިމާވީ އެ ގައުމުގެ ނެޝަނަލް ސްޕޯޓްސް ކައުންސިލުން ނޭޕާލް ފުޓްބޯޅަ…

އޭޕްރީލް ހަތަރުވަނަ ދުވަހު ނަގާ ފެންނަ ނުފެންނަ ވޯޓަކީ ރައްޔިތުންނަށް ޗޮއިސް އެއް ނުދީ މަޖުބޫރުން ލައްވާ ވޯޓެއް: ސައިފް

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ފެންނަ ނުފެންނަ ވޯޓަކީ ދިވެހި ރައްޔިތުންނަށް އެއްވެސް އިޚުތިޔާރެއް ނުވަތަ ޗޮއިސް އެއް ނުދީ، މަޖުބޫރުން ލައްވާ ވޯޓެއް ކަމަށް މާލެ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސައިފް ފާތިހު ވިދާޅުވެއްޖެ އެވެ.

އުރްބާނީގެ ރައްދު: ފުރަތަމަ މާހައުލެއް ގާއިމު ކޮށްދީ، އޭގެ ފަހުން އުންމީދު ކުރޭ!

ޒުވާން ކުޅުންތެރިންނާ މެދު ބޮޑެތި އުންމީދުތަކެއް ކުރުމުގެ ކުރިން އެ ކުޅުންތެރިން ރަނގަޅަށް ތައްޔާރު ކުރާނެ މާހައުލެއް ގާއިމު ކޮށްދިނުމަށް ކޯޗު އިސްތަވާން އުރްބާނީ ރާއްޖޭގެ ކުޅިވަރު ކުރިއަރުވާ އިސްބޭފުޅުންގެ އަރިހުގައި ރޭ އެދިއްޖެ އެވެ.

ފެންނަނުފެންނަ ވޯޓާ ގުޅޭ ގަރާރު ބާތިލްކުރަން ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ނިންމައިފި

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބޭއްވުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމަށް ނިންމެވި ރިޔާސީ ގަރާރު ބާތިލްކުރަން އެމްޑީޕީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން ނިންމައިފި އެވެ.

ރާއްޖެ އިން އެމެރިކާގެ ވައިގެ ސިފައިންނާ ގުޅިގެން ތަމްރީނުތަކެއް ބޭއްވުމަށް ތައްޔާރުވަނީ

ކޮލަމްބޯގައި ހުންނަ އެމެރިކާ އެމްބަސީން ހާމަކޮށްފައިވާ ގޮތުގައި، ކާރިސާތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތައް ހަރުދަނާކުރުމުގެ ގޮތުން ސްރީލަންކާ، ދިވެހިރާއްޖެ އަދި އެމެރިކާގެ ވައިގެ ސިފައިން ގުޅިގެން ތަމްރީނުތަކެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. 'އެޓްލަސް އެންޖެލް' ގެ ނަމުން ނަންދީފައިވާ މި ތަމްރީ…

"ލަންކާ މެޗަށް ނުކުންނާނީ 3 ޕޮއިންޓްގެ އަމާޒުގައި"

ރާއްޖެއާ ދެކޮޅަށް ގަލޮޅު ދަނޑުގައި ކުޅުނު މެޗަކީ އުނދަގޫ މެޗެއް ކަމަށާއި، ދެން އޮތް މެޗަށް ނުކުންނާނީ ސްރީލަންކާ އަތުން 03 ޕޮއިންޓު ހޯދަން ކަމަށް ބޫޓާންގެ ކެޕްޓަން ތަންޑިން ޕެންޖޯ ބުނެފިއެވެ. 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް 2026 ގެ ގުރޫޕް ސްޓޭޖުގައި ކުޅުނު ދެވަނަ މެޗުގައި ބޫޓާނުން ރާއްޖެއާ …

ޢީދު ބައިބަލާ: 6 ޓީމެއް 3 ވަނަ ބުރަށް

ޢީދު ބައިބަލާ ޗެލެންޖު 1447ގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ، 6 ޓީމެއް 3 ވަނަ ބުރަށް ދަތުރުކޮށްފިއެވެ. ހުޅުމާލޭގައި ކުރިއަށްދާ ބައިބަލާ މުބާރާތުގައި ރޭ ލޫޒާސް ފަޅީގައި ކުޅުނު 6 މެޗުގެ ތެރެއިން ބައެއް މެޗުތައް ސީދާ ދެ ގޭމުން ޓީމުތަކުން ކާމިޔާބުކުރިއިރު، ބައެއް ޓީމުތައް މެޗު ކާމިޔާބުކުރީ ގަދަ ހިފުމާ…

އޭޝިޔާގެ ބައެއް ޤައުމުތަކުން ޚަރަދުކުޑަކުރަން ޚާއްޞަ ފިޔަވަޅުތަކެއް

ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު މަޤުބޫލު ސަބަބެއް ނެތި އީރާނަށް ޙަމަލާދީ ޔަހޫދީންނާއި އެމެރިކާއިން ފެށި ހަނގުރާމަ 25 ދުވަހަށް ދިގުލައިގެން ގޮސްފައިވާއިރު، ހަނގުރާމައިގެ އަސަރު މުޅި ދުނިޔެއަށް ދަނީ ކުރަމުންނެވެ. އެންމެ ބޮޑު އަސަރެއް ކޮށްފައި ވަނީ ތެލާއި ހަކަތައިގެ ދާއިރާއަށެވެ. ތެލާއި ޤުދުރަތީ ގޭސް އ…

ހޫނުގަދަވުމަކީ ދިމާވާ އުނދަގުލެއް، އެކަމަކުވެސް އަމާޒަކީ ތަށި: އިންޑިއާގެ ކޯޗު ގަވާލީ

ރާއްޖޭގެ މޫސުން އޮންނަ ގޮތުން އުނދަގޫތަކެއް ކުރިމަތިވާކަމަށާއި ނަމަވެސް އެކަމަށް ހޭނިގެންވެސް އަމާޒަކީ މުބާރާތުގެ ތަށިކަމަށް އިންޑިއާގެ ޒުވާން ގައުމީ ޓީމުގެ ކޯޗު، މަހޭޝް ގަވާލީ ބުނެފިއެވެ. އިންޑިއާއަކީ މި މުބާރާތަށް އެންމެ ފަހުން ރާއްޖެ އައި ގައުމެވެ. އެހެން ގައުމުތަކުން މި މަހުގެ 21 ވަނަ ދުވަހު ރ…

ކުޅުންތެރިންގެ ފިޓްނަސްގެ މައްސަލަތަކެއް އެބައުޅޭ: އުރްބާނީ

ޒުވާން ގައުމީ ޓީމުގެ ފިޓްނަސްގެ މައްސަލަތަކެއް އެބައުޅޭކަމަށާއި، އެކަންކަން ހަމައަކަށް އެެޅެން ދުވަސްކޮޅެއް ނަގާނެކަމަށް ގައުމީ ޓީމުގެ ކޯޗު އިސްތަވާން އުރްބާނީ ބުނެފިއެވެ. މިހާރު ކުރިއަށްދާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ބޫޓާންއާ އެއްވަރުވެ ރާއްޖެއަށް މުބާރާތުގައި ކުރިއަށްދިއުމަށް ގޮން…

Loading fresh headlines…