Live 340,806 stories Updated Mar 26, 2026
Browse topics All stories

Latest stories

Live feed

ސެނެގާލް އިން ކާސް އަށް މައްސަލަ ހުށައަޅައިފި

އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން) ގެ ޗެމްޕިއަންކަން ސެނެގާލް އަތުން ނެގުމަށް ކޮންފެޑަރޭޝަން އޮފް އެފްރިކަން ފުޓްބޯލް އިން ނިންމުމުން އެ މައްސަލަ ކުޅިވަރުގެ އެންމެ މަތީ ކޯޓަށް ސެނެގާލް އިން ހުށައަޅައިފި އެވެ. ކުޅިވަރުގެ އެންމެ މަތީ ކޯޓު ކަމުގައިވާ ކާސް އަށް ސެނެގާލް އިން މި މައްސަލަ ހުށައަޅާ…

މިއީ އަހަރެންގެ ހަޔާތުގެ އެންމެ ބޮޑު މެޗު: ގަޓޫސޯ

ވޯލްޑްކަޕް ކޮލިފައިންގެ ޕްލޭއޮފް ސެމީ ފައިނަލުގައި ނޮދަން އަޔަލޭންޑާއި ދެކޮޅަށް މިއަދު އިޓަލީ ކުޅޭ މެޗަކީ އިޓަލީގެ ކޯޗު ޖެނާރޯ ގަޓޫސޯގެ ހަޔާތުގައި ކުޅެވޭ އެންމެ ބޮޑު މެޗު ކަމަށް އޭނާ ބުނެފި އެވެ. 2006 ވަނަ އަހަރުގެ ވޯލްޑްކަޕް އިޓަލީ އިން ކާމިޔާބު ކުރި ޓީމުގައި ހިމެނުނު ގަޓޫސޯ ބުނެފައިވަނީ ނޮދާން އ…

ހަނގުރާމައިގެ ހިޔަނި އެޅުނު މެޗުތައް ސައޫދީގައި ކުޅެނީ

އިރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ފެށި ހަނގުރާމައިގެ ސަބަބުން ނުކުޅެވުނު އޭޝިއަން ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ މެޗުތައް ސައޫދީ އަރަބިއާގެ ޖިއްދާގައި ކުޅެން އޭއެފްސީން ހަމަޖައްސައިފި އެވެ. މި ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ ގައުމުތަކަށް ދަތުރު ކުރުމުގައި ދިމާވި މައްސަލަތަކާ ގު…

ބްރެޒިލަކީ ފެވަރިޓުންނެއް ނޫން، އެކަމަކު ވާދަކުރާނަން: ވިނީޝިއުސް

ބްރެޒިލަކީ އަންނަ ޖޫން މަހު ބާއްވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފެވަރިޓެއް ނޫން ނަމަވެސް މުބާރާތުގައި ރަނގަޅު ވާދައެއް ކުރާނެ ކަމަށް ބްރެޒިލްގެ ފޯވަޑް ވިނީޝިއުސް ޖޫނިއާ ބުނެފި އެވެ. މުބާރާތުގެ ކުރިން ކުޅޭ އެންމެ ފަހުގެ ފަރިތަކުރުންތަކުގެ ދެ މެޗުގެ ތެރެއިން ފްރާންސާ ދެކޮޅަށް ނުކުތުމުގެ ކުރިން ވި…

ކޮންމެ ސަރުކާރެއް އޮތް ނަމަވެސް އެމްޑީޕީގެ ކައުންސިލެއް އޮވެގެން ނޫނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ހިދުމަތެއް ނުދެވޭނެ: ރައީސް ސޯލިހު

ކޮންމެ ސަރުކާރެއް އޮތް ނަމަވެސް އެމްޑީޕީގެ ކައުންސިލެއް އޮވެގެން ނޫނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ހިދުމަތެއް ނުދެވޭނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މެޑްރިޑުން އެމްއާރުއައި ހެދީ އެމްބާޕޭގެ ތަދުނުވާ ކަކޫތަ؟

ރެއާލް މެޑްރިޑުން އެމްއާރުއައި ހެދީ އޭނާގެ ތަދުނުވާ ކަކުލުގައި ކަމަށް ދެކެވޭ ވާހަކަ ފްރާންސްގެ ފޯވަޑް ކީލިއަން އެމްބާޕޭ ދޮގުކޮށްފި އެވެ. އޭނާ މިހެން ބުނީ ބްރެޒިލާ ދެކޮޅަށް ފްރާންސްގެ ކުޅޭ އެކުވެރިކަމުގެ މެޗުގެ ކުރިން ނޫސްވެރިން މިކަމާ ބެހޭ ގޮތުން ސުވާލު ކުރުމުންނެވެ. "އެއީ ރަނގަޅު ވާހަކައެއް ނޫނ…

ނޭޕާލް، ފީފާގެ ސަސްޕެންޝަނެއްގެ ތުންފަތް މަތީގައި

ސާފުގެ 20 އަހަރުނެ ދަށުގެ ފުޓްބޯޅަ މުބާރާތް ކުޅެން މިވަގުތު މާލޭގައި ތިބި ގައުމުތަކުގެ ތެރެއިން ނޭޕާލް، ފީފާގެ ސަސްޕެންޝަނެއްގެ ތުންފަތް މައްޗަށް ވެއްޓިއްޖެ އެވެ. މުބާރާތުގ ސެމީ ފައިނަލަށް އެންމެ ފުރަތަމަ ހޮވުނު ގައުމަށް މި މައްސަލަ ދިމާވީ އެ ގައުމުގެ ނެޝަނަލް ސްޕޯޓްސް ކައުންސިލުން ނޭޕާލް ފުޓްބޯޅަ…

އޭޕްރީލް ހަތަރުވަނަ ދުވަހު ނަގާ ފެންނަ ނުފެންނަ ވޯޓަކީ ރައްޔިތުންނަށް ޗޮއިސް އެއް ނުދީ މަޖުބޫރުން ލައްވާ ވޯޓެއް: ސައިފް

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ފެންނަ ނުފެންނަ ވޯޓަކީ ދިވެހި ރައްޔިތުންނަށް އެއްވެސް އިޚުތިޔާރެއް ނުވަތަ ޗޮއިސް އެއް ނުދީ، މަޖުބޫރުން ލައްވާ ވޯޓެއް ކަމަށް މާލެ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސައިފް ފާތިހު ވިދާޅުވެއްޖެ އެވެ.

އުރްބާނީގެ ރައްދު: ފުރަތަމަ މާހައުލެއް ގާއިމު ކޮށްދީ، އޭގެ ފަހުން އުންމީދު ކުރޭ!

ޒުވާން ކުޅުންތެރިންނާ މެދު ބޮޑެތި އުންމީދުތަކެއް ކުރުމުގެ ކުރިން އެ ކުޅުންތެރިން ރަނގަޅަށް ތައްޔާރު ކުރާނެ މާހައުލެއް ގާއިމު ކޮށްދިނުމަށް ކޯޗު އިސްތަވާން އުރްބާނީ ރާއްޖޭގެ ކުޅިވަރު ކުރިއަރުވާ އިސްބޭފުޅުންގެ އަރިހުގައި ރޭ އެދިއްޖެ އެވެ.

ފެންނަނުފެންނަ ވޯޓާ ގުޅޭ ގަރާރު ބާތިލްކުރަން ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ނިންމައިފި

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބޭއްވުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމަށް ނިންމެވި ރިޔާސީ ގަރާރު ބާތިލްކުރަން އެމްޑީޕީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން ނިންމައިފި އެވެ.

Loading fresh headlines…