Live 340,498 stories Updated Mar 31, 2026
Browse topics All stories

Latest stories

Live feed

"ޢާޠިފް އަކީ ނަމޫނާ މޭޔަރެއް, ރައީސް މުޢިއްޒުގެ ސަރުކާރުން އެންމެ ޖެހިލުންވާ އެއް ބޭފުޅަކީވެސް އެއީ": ރައީސް ޞޯލިޙް

ކުޅުދުއްފުށި ސިޓީގެ މޭޔަރ, މުޙައްމަދު ޢާޠިފް އަކީ ނަމޫނާ މޭޔަރެއް ކަމަށާއި, އެކަން މުޅި ރާއްޖެއަށް ދައްކައި, ރައީސް މުޢިއްޒުގެ ސަރުކާރުން އެންމެ ޖެހިލުންވާ އެއް ބޭފުޅަކީވެސް މޭޔަރ ޢާޠިފް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު ވަކިން ބޭއްވުމަކީ ޤާނޫނުއަސާސީ އެކުލަވާލިއިރު ބަލައިގަނެފައިވާ އެންމެ ރަނގަޅު ހަމަ: ސަލީމް

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު ވަކިން ބޭއްވުމަކީ ޤާނޫނުއަސާސީ އެކުލަވާލިއިރު ބަލައިގަނެފައިވާ އެންމެ ރަނގަޅު ހަމަކަމަށް ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެމްބަރުކަން ކުރައްވާފައިވާ މަޝްހޫރު ލިޔުންތެރިޔާ، ހޯރަފުށީ މުޙައްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ދެ އަހަރު ކަންގަތި އެވޯޑު ނުބާއްވާ އުޅެނިކޮށް ކައުންސިލުތަކުގެ ދައުރު ހަމަވަނީ: އެވޯޑު ނުބޭއްވުނު ސަބަބަކަށް ބުނަނީ ބަޖެޓުގެ ތާށިކަން!

ކައުންސިލުތަކުގެ މަސައްކަތް ފާހަގަ ކުރުމަށް ކޮންމެ އަހަރަކުވެސް ދޭ ކަންގަތި އެވޯޑު ހަފްލާ ނުބޭއްވުނީ ބަޖެޓުގެ ތާށިކަމުގެ ސަބަބުންކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފިއެވެ.

ރެފަރެންޑަމް ވޯޓު ހުއްޓުވައިދިނުމަށް އެދި ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް!

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށްޓަކައި ނަގާ ރެފަރެންޑަމް ވޯޓު ހުއްޓުވައިދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފިއެވެ.

ފުވައްމުލަކުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތު ކުރެވޭ ނިއުޝާދާއި އާޒިމް ޝަރީއަތް ނިމެންދެން ބަންދަށް!

ފުވައްމުލައް ސިޓީގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަނީ ލޯންޑަރ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާކަމަށް ތުހުމަތުކުރެވޭ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ޓެކްސީ ލައިންގައި އެކި ސައިޒުގެ ކާރު، ހަނި މަގުތަކުގައި ދުއްވަން ކުދި ކާރު

އާއްމު ޚިދުމަތްތަކުގެ ތެރެއިން ޓެކްސީ ދަތުރުފަތުރުގެ ޚިދުމަތަކީ ރައްޔިތުން އެންމެ ބޮޑަށް ބަރޯސާވާ އެއް ޚިދުމަތެކެވެ. ޚާއްސަކޮށް ހުޅުމާލޭގެ އާބާދީ އިތުރުވުމާއި، ބުރިޖުން އެ ދެމެދުގެ ވިއުގަ ގުޅާލުމާއެކު މި ޑިމާންޑް އިތުރުވެގެންދިޔައެވެ. މިއާއެކު މި ޚިދުމަތާ ގުޅޭގޮތުން ރައްޔިތުންގެ ޝަކުވާތައްވެސް އިތ…

ތިން ވަނަ ވޯލްޑްކަޕެއް އިޓަލީ އަށް ގެއްލުވާލާނީ ބޮސްނިއާތަ؟

ވިދިވިދިގެން ތިން ވަނަ ފަހަރަށް ވޯލްޑް ކަޕް ކުޅުމުގެ ފުރުސަތު ގެއްލުނުނަ ނުދިނުމަށް މިރޭ ބޮސްނިއާއާ ދެކޮޅަށް ކުޅޭ މެޗަކީ އޭނާގެ ހަޔާތުގައި ވެސް އެންމެ މުހިންމު މެޗު ކަމަށް އިޓަލީގެ ގޯލްކީޕަރު ޖިއާން ލުއިޖީ ޑޮންނަރޫމާ ބުނެފި އެވެ. އެމެރިކާގައި އަންނަ ޖޫން މަހު ފަށާ ވޯލްޑް ކަޕަށް ކޮލިފައިވާނީ ބޮސްނި…

Loading fresh headlines…