ރައްޔިތުންގެ މަޖިލީހުގެ ހަ މެމްބަރެއްގެ ދާއިރާއަށް އިންޑިއާ ހައި ކޮމިޝަނުގެ ފަރާތުން ލެޕްޓޮޕްތަކެއް ހަދިޔާކޮށްފިއެވެ.

މަޖިލީހުގެ ހަ މެމްބަރެއްގެ ދާއިރާއަށް އިންޑިއާ ހައިކޮމިޝަންގެ ފަރާތުން ލެޕްޓޮޕްތައް ރަސްމީކޮށް ހަދިޔާކޮށްފައި ވަނީ މަޖިލީހުގެ އިދާރާގައި އެކަމަށް ޚާއްސަކޮށްގެން މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިއްޔާތުގައި ލެޕްޓޮޕް ހަވާލުކޮށްފައި ވަނީ މަޖިލީހުގައި ޕީއެންސީއަށް ނިސްބަތްވާ މެންބަރުން ހިމެނޭ ހަ ދާއިރާއަކަށެވެ. އޭގެތެރޭގައި ހިމެނެނީ:

  • ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ

  • މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް
  • ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަފޫ ހާމިދު
  • ކުރެންދޫ ދާއިރާ މެންބަރު މުހައްމަދު ޝާމިން ހަބީބު
  • ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް
  • ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ

އެ ރަސްމިއްޔާތުގައި އިންޑިއާ ހައި ކޮމިޝަނުގެ ފަރާތުން އެ ލެޕްޓޮޕްތައް ހަވާލުކުރެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު ޖީ. ބަލަ ސުބްރަމަނިއަމްއެވެ. އަދި މަޖިލީހުގެ ފަރާތުން އެ ތަކެއްޗާ ހަވާލުވެފައި ވަނީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއެވެ.

އިންޑިއާގެ ހައި ކޮމިޝަނުގެ ފަރާތުން ވަނީ މިއީ 'މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޯމޭޝަން' ތަސައްއްވުރާ އެއްގޮތަށް ޓެކްނޮލޮޖީގެ އެހީގައި ދާއިރާތައް ތަރައްގީއަށް މަގުފަހިކޮށްދީ ދެގައުމުގެ ދެމެދުގައި އޮތް ގާބިލުކަން އިތުރުކުރުމުގެ ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ބުނެފައެވެ.