Live 6,010 stories Updated Sep 3, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ސަރުކާރުގެ ވެރިން ބޭނުންވަނީ ބާރުތައް ނުހައްގުން ހޯދައި، ރޫހާނީ ލީޑަރުންގެ ގޮތުގައި ތިބެން: ޝަމްހީދު

ދައުލަތުގެ ވެރިން ބޭނުންވަނީ ބާރުތައް ނުހައްގުން ހޯދައި, ރޫހާނީ ލީޑަރުންގެ ގޮތުގައި ތިބެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

އެފްޑީސީ ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ސަލާމަތަށް އިތުރު ފިޔަވަޅުތަކެއް އަޅަނީ

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ އަމާން އުދަރެސް އަދި އަމާން ދޯދި ފުލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ސަލާމަތަށް އިތުރު ފިޔަވަޅުތަކެއް އެޅުމާ ގުޅޭ ގޮތުން މަޝްވަރާކުރަމުންދާ ކަމަށް އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެއްޖެ އެވެ.

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ތިނަދޫގެ ރަޖިސްޓްރީގައި ނުތިބޭ ކަމަށް ބެލެވޭ ފަރާތްތަކުގެ ލިސްޓުގައި އުމުރުން 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިއްސާކުރި މައްސަލަ ތަހުގީގު ކުރުމަށް ތިނަދޫ ސިޓީ ކައުންސިލް އިން ފުލުހުގައި އެދިއްޖެ އެވެ.

ތައިލޭންޑަށްދާ ދިވެހިންނަށް ވިސާއާނުލައި ތިބެވޭނީ 30 ދުވަހަށް

ތައިލޭންޑް ސަރުކާރުން އެ ގައުމުގެ ވިސާ ޕޮލިސީއަށް ގެނައި ބަދަލުތަކާ ގުޅިގެން، މި ސެޕްޓެމްބަރު މަހުގެ 15 އިން ފެށިގެން ދިވެހިންނަށް ވިސާއާ ނުލައި އެ ގައުމުގައި 30 ދުވަހުގެ މުއްދަތަށް ތިބެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފި އެވެ.

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ބޭއިންސާފުން ވަކިކުރުން ކުށްވެރިކޮށް، މެމްބަރު ޝާކިރު ރައީސް މުއިއްޒު އަށް ސިޓީއެއް ފޮނުއްވައިފި

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ބޭއިންސާފުން ވަކިކުރުން ކުށްވެރިކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް އެޑްރެސްކޮށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު އަހުމަދު ޝާކިރު ސިޓީއެއް ފޮނުއްވައިފި އެވެ.

ޕީއެންސީއަށް ސޮއިކުރަން މުވައްޒަފުންނަށް މަޖުބޫރުކުރާކަން ހާމަވުމުން ސްޓެލްކޯއިން އެޗްއާރް މުވައްޒަފު ބަދުނާމުކޮށް، އޭނާ ސަސްޕެންޑުކޮށްފި!

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ މުވައްޒަފުންނަށް އެ ކުންފުނީގެ ހިއުމަން ރިސޯސް (އެޗްއާރު) ޑިޕާޓްމަންޓުން ގުޅައި، ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ވަނުމަށް މަޖުބޫރު ކުރަމުންދާކަން ރާއްޖެޓީވީން ފަޅާއަރުވާލުމާ ގުޅިގެން، އެ މުވައްޒަފު ވަޒީފާގެ މަސައްކަތް…

ފަތުރުވެރިކަމުގެ ސިނާއަތް އެއްވެސް މީހަކަށް ވާނުވާ ނޭނގޭ ހާލަށް ރައީސް މުއިއްޒު ދުއްވަވާ ލައްވައިފި: މެންބަރު ދީދީ

ފަތުރުވެރިކަމުގެ ސިނާއަތް އެއްވެސް މީހަކަށް ވާނުވާ ނޭނގޭ ހާލަށް ރައީސް ޑރ މުހައްމަދު މުއިއްޒު ދުއްވަވާ ލައްވަވަފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ރަސްމާލެ މަޝްރޫޢުގެ ޚަރަދުތައް ހާމަކުރުމަށާއި، އިޤްތިޞާދީ މައްސަލަތަކަށް ޙައްލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިލްޔާސް ލަބީބް ގޮވާލައްވައިފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ޙަވާލުކޮށްގެން ސަރުކާރުން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ތަފުސީލާއި، އެ ސަރަޙައްދު ގުޅާލުމަށް އަޅާ ބްރިޖަށް ހިނގާނެ ޚަރަދުތައް ރައްޔިތުންނަށް ސާފުކޮށްދިނުމަށް އިލަޔާސް ގޮވާލައްވައިފިއެވެ.

ނައުޝާދުގެ މަރު: ހައިކޯޓުން ނިންމީ ފައިހުއާ ސިރުހާންގެ މައްޗަށް ޝަރުތުކުރަންޖެހޭ ސަބަބެއް ނެތްކަމަށް

ސ. ހިތަދޫ، އިޒުމީރު، މުޙައްމަދު އަޙްމަދު ދީދީ (ނައުޝާދު) އަށް ތޫނު ހަތިޔާރުން ހަމަލާދީ މަރާލި މައްސަލައިގެ އިސްތިއުނާފު ރައްދުވާ ފަރާތްތައް ބަންދުގައި ތިބޭއިރު އެމީހުންގެ މައްޗަށް ޝަރުތު ކުރަންޖެހޭ ސަބަބެއް ނެތްކަމަށް ހައިކޯޓުން ނިންމައިފި އެވެ.

Loading fresh headlines…